ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ ހޯމަ ދުވަހު ބަޖެޓު ފާސްކުރުމަށްފަހު މަޖިލިސް ޗުއްޓީއަށް ދާނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު އަންނަ ހަފްތާގައި ފާސްކުރުމަށްފަހު މަޖިލިސް ޗުއްޓީއަށް ދިއުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ 2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާއި އަދި މިއަހަރުގެ ބާކީ މި އޮތް މުއްދަތަށް ބޭނުންވާ ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓު އަންނަ ހޯމަ ދުވަހުގެ ފާސްކުރުމަށް ވޯޓަށް އައްސަވާނެ ކަމަށެވެ. އަދި އެ ދުވަހު ބަޖެޓު ފާސްކުރުމަށް ފަހު މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދުއުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަންނަ ހޯމަ ދުވަހު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފާސްކުރުމަށް ނިންމާފައިވާއިރު މިހާރު ކުރިއަށް ދަނީ ބަޖެޓު ކޮމެޓީން ބަޖެޓު ދިރާސާ ކުރުމަށްފަހު ހުށަހެޅި ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމުގެ މަރުހަލާއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ޖުމްލަ 42.608 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓް ދިރާސާ ކޮމެޓީން ވަނީ ކޮމެޓީން ގެނައި އިސްލާހު ތަކުގެ ސަބަބުން އިތުރުވި 160 މިލިއަނަށްވުރެ ގިނަ ރުފިޔާ އިތުރު ކުރަން ފާސްކޮށްފައެވެ. މިއާއެކު ބަޖެޓްގެ ޖުމްލަ އަދަދު ވަނީ 42.8 އަށް އަރާފައެވެ. އެ އިސްލާހް ފާސްކޮށްފައި ވަނީ ކޮމެޓީއަށް ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ގާތްގަނޑަކަށް 70 ޕަސެންޓް ހޭދަކުރަނީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އާއި އޮފީސްތައް ހިންގުމަށެވެ. އެއީ ގާތްގަނޑަކަށް 29 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ޕީއެސްއައިޕީ އާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އެހެން މަޝްރޫއުތަކަށް ބަޖެޓުން ވަނީ 14 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ.

މިއަހަރުގެ ބަޖެޓަކީ މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އެންމެ ބޮޑު ބަޖެޓް ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

އިގްތިސާދީ ގޮތުން ދުނިޔެ އާއި ދިވެހިރާއްޖެ ހީނަރުކަމެއްގެ ތެރޭގައި އޮތުމަށް ފަހު އިގްތިސާދު ރަނގަޅުވަމުންދާ މި ދަނޑިވަޅުގައި ބޮޑު ބަޖެޓެއް ހުށައެޅުމާއެކު އެކަމަށް އާއްމުންނާއި ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: