ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ދުވަސް ތެރޭ ދައުލަތް ބަނގުރޫޓު ވެއްޖެކަމަށް އިއުލާން ނުކޮށްފިނަމަ ބަނގުރޫޓު ވާނޭ ކިޔައިގެން މަޖިލީހުގެ ރިޔާސަތުން އެ ހަދަނީ ދޮގު: ޔައުގޫބް

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުން ފެށިގެމް ތިން ދުވަސް ތެރޭގައި ދިވެހި ދައުލަތް ބަނގުރޫޓު ވާނެ ކަމަށް މަޖިލީޙުގެ ރިޔާސަތުން ބުނެފައިވާ ކަމަށާއި އެކަން އެގޮތަށް ވެއްޖެނަމަ ދިވެހި ދައުލަތް ބަނގުރޫޓު ވެދާނެ ކަމަށް ބުނެ މަޖިލީހުގެ ރިޔާސަތުން ހަދަމުން ގެންދަނީ ދޮގު ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރުމަށްފަހު ބަޖެޓު ކޮމެޓީން ހުށަހެޅި ރިޕޯޓަށް ވާހަކަފުޅު ދައްކަވަމުން ޔައުގޫބު ވިދާޅުވީ މަޖިލީޙުގެ ރިޔާސަތުން ވަރަށް ގިނައިން ދިވެހި ދައުލަތް ބަނގުރޫޓު ވާނެ އުޅޭ ކަމުގެ ވާހަކަ ނުވަތަ ވެދާނެ ކަމުގެ ވާހަކަ ދައްކަވާ ކަމަށެވެ.

އެގޮތުން ޔައުގޫބް ވިދާޅުވީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ތިން ދުވަސް ތެރޭގައި ދިވެހި ދައުލަތް ބަނގުރޫޓުވެ އެކަން އިއުލާން ކުރައްވާނެ ކަމަށް މަޖިލީޙުގެ ރިޔާތުން ވިދާޅުވެފައިވާ ކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ޔަގުގޫބު ވިދާޅުވީ މަޖިލީޙުގެ ރިޔާސަތުން އެ ވިދާޅުވާ ގޮތަށް މިއަދުން ފެށިގެން ތިން ދުވަސް ތެރޭގައި ދިވެހި ދައުލަތް ބަނގުރޫޓޫވެ އެކަން ސަރުކާރުން އިއުލާން ކޮށްފިނަމަ ދައުލަތް ބަނގުރޫޓުވުމާއި އަދި ދެން ވެސް އެ ދައްކަވާފައިވާ ހުރިހައި ވާހަކަތަކަކީ ހަގީގަތެއް ކަމަށް އޭނާ ގަބޫލު ކުރައްވާނެ ކަމަށެވެ.

ޔައުގޫބު ވިދާޅުވީ ރިޔާސަތުން އެ ވިދާޅުވާ ގޮތަށް ތިން ދުވަސް ތެރޭގައި ދިވެހި ދައުލަތް ބަނގުރޫޓު ވެއްޖެކަމަށް ސަރުކާރުން އިއުލާން ނުކޮށްފިނަމަ ސަރުކާރުން މިހާތަނަށް ކަންކަން ކޮށްފައި ވަނީ ރަނގަޅަންކަން ސާބިތުވެ ދައުލަތް ބަނގުރޫޓު ވެދާނެ ކިޔައިގެން މަޖިލީހުގެ ރިޔާސަތުން ހަދަމުން ދަނީ ދޮގުކަން ހާމަވެގެންދާނެ ކަމަށެވެ.

ޔަގޫބް މިފަދައިން ވާހަކަފުޅު ދައްކަވާފައި މިވަނީ ރާއްޖެ ބަނގުރޫޓުވާ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ޖެހިވަޑައިގަތުމަކީ ލަދުވެތި ކަމެއް ކަމުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ. އެގޮތުން ކުރިއަށް އޮތް ހަފުތާތަކުގައި ދައުލަތުން ދައްކަން ހުރި ފައިސާ ބަލަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ

ތަކުރާރުކޮށް ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި ހުންނަވަނިކޮށް، އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަން އެމަނިކުފާނަށް ވެސް އުނދަގޫކަމަކަށް ވާނެ ކަމަށެވެ. އެހެންވެ ރައީސް ނަޝީދު ގޮވާލީ، މަޖިލީހުން އިސް ރާއްޖޭގެ މާލިއްޔަތާއި މެދު އުފެދޭ ސުވާލުތައް ސާފު ކުރުމަށެވެ. އަދި ރައްޔިތުންނަށް އެކަމުގެ އެންމެ ފުރިހަމަ ތެދު މައުލޫމާތު ފޯރުކޮށްދިނުން މުހިންމުކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކާޑުގެ ބާވަތްތަކާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާއިރު ތެލަށް ދައްކާނެ ފައިސާ ހުރިތޯ ބެލުމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: