ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނި ދަނީ ބޮޑުވަމުން، ދައުލަތަށް ލިބެންޖެހޭ ފައިސާ ހާދަން އެއްވެސް މަސައްކަތެއް ނުކުރޭ: އަހުމަދު ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ދައުލަތުގެ ދަރަނި އެއްދުވަހުން އަނެއް ދުވަހަށް ދަނީ ބޮޑުވަމުން ކަމަށާއި ނަމަވެސް އެކިއެކި ގޮތް ގޮތުން ދިވެހި ދައުލަތަށް ލިބިންޖެހޭ އެތައް ބިލިޔަން ރުފިޔާއެއްވާއިރު އެ ފައިސާ ހޯދަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަޖެޓް ދިރާސާކުރާ ކޮމެޓީން ދިރާސާ ކުރުމަށްފަހު ހުށަހެޅި ކޮމެޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން އަހުމަދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް ސަރުކާރުން ކަނޑައަޅާފައި ވީނަމަވެސް އިގްތިސާދީ ގޮތުން އިތުރު ކުރިއެރުމެއް ލިބޭނެ މާ ގިނަ މަޝްރޫއުތަކެއް ނެތް ކަމަށެވެ.

އަހުމަދު ވިދާޅުވީ ބަޖެޓަށް ބަލާއިރު ބަޖެޓުގައި އެކިއެކި ކަންކަން ކުރުމަށް ކަނޑައަޅާފައިވާއިރު ތަފްސީލް ހިމަނަން ޖެހޭ މިންވަރަށް ކަންކަމުގެ ތަފްސީލް ބަޖެޓުގައި ހިމަނާފައި ނެތް ކަމަށެވެ. އަދި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ ދަރަނި ބޮޑު ބަޖެޓެއް ކަމަށާއި ބަޖެޓަށް ބަލާއިރު ބަޖެޓުގެ ސަބަބުން އިގްތިސާދީ ގޮތުން ކުރިއެރުންތަކެއް ލިބިދާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވޭނީ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ދެން ހުރި ދާއިރާތައް ވެސް ކުރިއަރުވައިގެން ކަމަށާއި ނަމަވެސް މަސްވެރިކަމުގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރުން އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް އަހުމަދު ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ވާހަކަ ދައްކާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ތަަރައްގީޚޮށް ނުނުނިމޭ ކަމަށާއި އަދި މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ ނިސްބަތަށް ބަލާއިރު ބަޖެޓުގައި ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވާ އާންމުދަނީ ލިބޭނެ ކަމަށް ގަބޫޅު ނުކުރެވޭ ކަމަށް ވެސް އަހުމަދު ވިދާޅުވިއެވެ.

މީގެއިތުރުން ޖީއެސްޓީ ބޮޑުކުރުމުން މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ވެސް އަހުމަދު ވިދާޅުވިއެވެ. އެގޮތުން  ޖީއެސްޓީގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ކަންމަތީ ވިޔަފާރިތަކަށް ކަމަށާއި ހޯލްސޭލްކޮށް ތަކެތި ގަންނަ ފަރާތްތަކަށް ބޮޑު އަސަރު ނުކުރިނަމަވެސް ކުދި ވިޔަފާރިތަކަށް އޭގެ ނޭޑެވޭ އަސަރު ކުރާނެ ކަމަށް އަހުމަދު ވިދާޅުވިއެވެ.

މީގެއިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި އެތައް ބިލިޔަން ރުފިޔާއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު އެ ފައިސާ ނުލިބިއްޖެނަމަ ދެން ވާނެ ގޮތަކާއިމެދު އަހުމަދު ސާވުލު އުފެއްދެވިއެވެ. އަދި ވިދާޅުވީ ސަރުކާރުން ޓީބިލާއި ބޮންޑު ވިއްކައިގެން ބޭންކްތަކުގައި ހުރި ފައިސާ ނެގުމުން އޭގެ އަސަރުކުރާނީ ރާއްޖޭގެ ވިޔަފާރިތަކަށް ކަމަށާއި ބޭންކްތަކުގައި ވެސް ފައިސާ ހުރީ ވަކި ވަރަކަށްކަން އަހުމަދު ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: