ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްޑޭ ރޮޒައިނާއަށް: ”އަންހެން ކާޑު ކުޅެން ނުހަދާ“

މެމްބަރު ރޮޒައިނާ އަދި މެމްބަރު ވަހީދު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އުޅުއްވަނީ ”އަންހެން ކާޑު“ ކުޅުއްވުމަށް ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ފާހަގަކުރާ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން ރޮޒައިނާ ނެރުއްވި ބަޔާނުގައި،  ސޯޝަލް މީޑިއާގައި ސިޔާސީ މަސައްކަތް ކުރާ އަންހެނުންނާއި އަންހެން އެކްޓިވިސްޓުންނަށް ކުރާ ނަފްސާނީ އަނިޔާގެ ސަބަބުން ސިޔާސީ މައިދާނުގެ ތެރެއިން ހުރަސްތަކެއް އެޅިގެންދާކަމަށް އިޝާރާތްކުރެއްވުމާއި އެކު ވަހީދުވަނީ އެކަމާއި ނުރުހުން ފާޅުކުރައްވާފައެވެ.

ވަހީދު ވިދާޅުވީ، ރޮޒައިނާއަކީ ”ހަޑިހުތުރު“ ކޮށް އުޅުއްވާ ބޭފުޅެއްކަމަށެވެ. އަދި އެނާ އުޅުއްވަނީ އުޅުއްވާ ގޮތް ފުރުމަށްކަމަށާއި އެހެންކަމުން ”އަންހެން ކާޑު“ ކުޅުއްވުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ފާހަގަކުރައްވާ އެނާ ވަނީ އެ ކާޑު ކުޅެން ނޫޅުއްވުމަށާއި ރޮޒައިނާ ކުޅުއްވާ ”ޑްރާމާ“ އެންމެނަށްވެސް އެނގޭކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: