ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރެންގެ ބޭންކުން ކުރަނީ ވައްކަން

ޝެއާރކޮށްލާ ކަހަލަދޯ؟

އަަހަރެންގެ ބޭންކް ދިވެހިންގެ ބޭންކް އޭ ބުނުމުން ހިތަށް ސިފަގެންދަނީ ވަރަށް ފުރިހަމަ ބޭންކެއް ކަމަށެވެ. ނަމަވެސް ސަތޭކަ އިންސައްތަ ސަރުކާރު ހިއްސާވާ ބޭންކް އޮފް މޯލްޑިވްސް އިން މިހާތަނަށް ރައްޔިތަކަށް މަންފާ ކުރާ އެއްކަމެއް ވެސް ކޮށްދީފައެއް ނުވެއެވެ.

މުޅިން ވެސް އަޑު އިވެނީ ސްކޭމް ކޯލް ތަކާއި މަކަރާއި ހީލަތުން ފައިސާ ނަގާ ވާހަކައެވެ.

މިއީ ވެސް ބޭންކް އިން ދޭ ހިދުމަތެއްހެން ހީވާފަދައެވެ. ލުއި އަދި މައިކްރޯ ލޯން ބޭންކް އިން ދޫކުރަނީ ވަކި ޝަރުތު ތަކަކާއެކުގައެވެ. ލޯނު އަނބުރާ ދައްކަން ޖެހެނީ ވަކި މުއްދަތެއްގެ ތެރޭގައެވެ. ނަމަވެސް ހިތާމައަކީ ގަވާއިދުން ފައިސާ ދައްކަ ދައްކާ ތިއްބާ ވެސް ކުއްލިއަކަށް ޖޫރިމަނާވި ވާހަކަ ބޭންކްއިން ކަސްޓަމަރަށް ގުޅައި ބުނުލާނެއެވެ. ސުވާލު ކުރުމުން ބުނަނީ އެއީ އުސޫލު އޮތް ގޮތް ކަމަށެވެ.  ލުއި ލޯން އަދި މައިކްރޯ ލޯން ދައްކަން ޖެހެނީ ކޮންމެ މަހެއްގެ ހަތް  ވަނަ ދުވަހުގެ ކުރިންނެވެ. އެ މުއްދަތުގައި ލޯންު ނުދެއްކި ނަމަ އެ ލޯނަށް ޖޫރިމަނާ ވެއެވެ.

އުސޫލެއްގެ ގޮތުން ލުއި އަދި މައިކްރޯ ލޯނަކީ މުސާރައިން އަމިއްލަ އަށް ކެނޑިގެންދާ ފައިސާ އަކަށް ވާއިރު އެ ފައިސާ ކެނޑުމުގައިވެސް ހައްދެއް ނެތްކަމަށް ބުނާ މީހުން މަދެއް ނޫނެވެ. އެކަކުގެ ނަންމަތީ ބޭންކްގައި 4 އެކައުންޓް ހުރެއްޖެނަމަ އެ ހުރިހާ އެކައުންޓަކުން ވެސް ލޯނަށް ކަނޑާކަން ފާހަގަ ކުރެވެއެވެ. ބޭންކުން ބުނާ ގޮތުން އެގޮތަށް ފައިސާ ކަނޑަނީ ލޯނަށް ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ނުދައްކާތީއެވެ. ފަހަރުގައި އެއީ ތެދަކަށް ވެސް ވެދާނެއެވެ. ލޯނަށް ކެނޑި ތަފްސީލު ހޯދުމަށް ގުޅާލުމުން ޖަވާބެއްގެ ގޮތުގައި ބުނަކީ ކުރީ މަހުގެ ބާކީ އިން ނުކެނޑި އިން ބައި ކަމަށެވެ. ބަރާބަރަށް ގަވާއިދުން ދައްކަމުންދާ ފައިސާ އެއްގައި ބާކީ ބައެއް އިނދެގެން ނުވާނެއެވެ. ހަގީގަތަކީ ބޭންކުން އަމަލުކުރާ ގޮތް އެންމެ ރަނގަޅަށް ސާފުނުވާ ކަމެވެ.

ނުދެއްކި ބާކީ ބައެއް އިން ކަމަށް ބުނެ އިތުރަށް ފައިސާ ކެނޑުމަކީ ބޮޑު ހިޔާނާތެކެވެ. ހަމަ ހަގީގަތުގައި ވެސް ވާނީ ސްކޭމަށެވެ. އެކަން އެގޮތަށް ކުރެވޭ ނަމަ ބޭންކް އިން އެ ވެވެނީ ވަރަށް ބޮޑު އިހުމާލެކެވެ. އެކަން އެކަންޏެއް ނޫނެވެ. އުމުރުން 65 އަހަރުން މަތީގެ ގިނަ މީހުންނަކީ އިންޓަރނެޓް ބޭންކިންގ ހަދާފައި ތިބޭ ބައެއް ނޫނެވެ.

އުމުރުން 65 އަހަރު ވެ ބީއެމްއެލްގައި އެކައުންޓް ހުޅުވާފައި ތިބޭ ބައެއް މީހުންގެ ފައިސާ ވާނުވާ ނޭނގި މަދުވަނީ ކީއްވެކަން ހުދު އެ އެކައުންޓް ތަކުގެ ވެރިފަރާތަށް ވެސް ނޭނގެއެވެ. އެނގޭނެ ގޮތެއް ވެސް ނޯވެއެވެ. އިންޓަރނެޓް ބޭންކިންގ ހަދާފައި ނެތް ނަމަ ބޭންކް އިން އެ މީހުންގެ ފައިސާ ކަނޑަނީ ކޮން ގަވާއިދެއްގެ ދަށުން ކަމެއް ސާފެއް ނޫނެވެ. މިފަދަ ކަންކަމަކީ މަކަރާއި ހީލަތުގެ ތެރެއިންވާ ކަންކަމެވެ.

ބީއެމްއެލްއިން ފްރޯޑް ކޯލް ހުއްޓުމަށް މަސައްކަތްކުރި ނަމަވެސް އެކަން މަދުވާ ތަނެއް ނުފެނެއެވެ، ދުވަހެއް ދުވަހަކަށް ފެނިގެންދަނީ ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ ނަމުގައި ފޭކް ކޯލް ތައްކުރާ ތަނާއި ފައިސާ ގެއްލޭ ތަނެވެ. އަދި ގެއްލޭ ފައިސާ އަކި އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ. ނިކަމެތި ރައްޔިތު މީހާއަށް އުފުލަން މި ޖެހެނީ ވަރަށް ބޮޑު ތަކުލީފެކެވެ.

ބައެއް ފަހަރު ބޭންކް އަށް ނޫނީ ނޭނގޭ މައުލޫމާތު ފްރޯޑް ކޯލްތައް ކުރާ ފަރާތްތަކަށް އެނގެނީ އިއްތިފާގަކުން ބާއޭ ވެސް ހިތަށް އަރައެވެ. ކޮންމެ ގޮތެއް ވިޔަސް މިއަދު ބޭންކް އޮފް މޯލްޑިވްސް އަކީ އިތުބާރު ކުރެވޭ ބޭންކެއް ކަމަށް ބުނެވޭކަށް ނެތެވެ. ސަބަބަކީ އެކައުންޓް ގައި ހުރި ފައިސާ ގެއްލިގެން ދާނީ ކޮންދުވަހަކުން ކަމެއް ވެސް ނޭނގެއެވެ. މާޒީގައި ބޭންކްތެރެއިން އެތައް ކަމެއް ހިނގާފައި ހުރުމަކީ މީގެ ހެއްކެކެވެ. ބޭންކުގައި މަަސައްކަތް ކުރި ދެ މުވައްޒަފަކު އެތައް މިލިޔަން ރުފިޔާއެއް ނަގަމުން ދިޔައެވެ. އެކަމުގެ ބޭންކުގެ އިސްވެރިންނަކަށް ނޭނގެއެވެ. މައްސަލަ ފުލުހުންނަށް ވެސް ހުށަހެޅުނެވެ. ފައިސާ ގެއްލުނު މީހުންނަށް އެ ފައިސާ އަނބުރާ ނުލިބެއެވެ. ބޭންކުގައި ރައްކާކުރަން ބަހައްޓާ ޑޮލަރުކޮޅު ނަގަން ބޭނުންވީމާ ދައްކާ ބަހަނާތައް އެހާމެ ގިނައެވެ. ބޭންކުގެ ކަޑުތަކަށް ނުވަތަ ކާޑުތަކަކަށް ބޮޑު އަދަދެއްގެ ފީއެއް ދައްކާ އެންމެ ބޮޑު ޕެކޭޖް ނެގިޔަސް ވާ ފައިދާއެއް ނެތެވެ. ހުންނަނަނީ ލިމިޓްކޮށްފައެވެ. އެކަމަކު ދައްކަން ޖެހޭ ފީ ކުޑައެއް ނުވެއެވެ. މިހެން ގޮސް އެތައް ކަމެކެވެ.

ފާހަގަ ކުރެވޭ އެއްކަމަކީ ސްކޭމް ކޯލްތައް ކޮށް ނުވަތަ އޮޅިގެން މުސާރަ ޖަމާވަނީ ބޮޑެތި އަދަދުން ފައިސާގެ މުއާމަލާތްތައް ކުރާ ފަރާތްތަކުގެ އެކައުންޓް ތަކުންނެވެ. އެއީ އެމީހުންނަށް އެކަން ފާހަގަ ނުވާނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް ބަރާބަރަށް ސްޓޭޓްމެންޓް ނަގާ ހަދާ މީހުން ވެސް ބޭންކް ގައި އުޅެއެވެ. އެފަދަ މީހުންނަށް އެފަދަ ކަމެއް ދިމާ ނުވަނީ ފަހަރުގައި ވަގުންނާއި ބޭންކާއި ގުޅުމެއް އޮތުމުގެ ސަބަބުން ކަމަށް އާއްމުންގެ ތެރެއިން ބައެއް މީހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
74%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 3%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 3%ވަރަށް ދެރަ 16%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

10 Responses

  1. ލޯނެއް ނަގާފަ އޮތިއްޔާ ކޮންމެ ދުވަހަކު ރުފިޔާ އިތުރުވޭ. ލޯން ނަގާ ދުވަހު އިންޓަރެސްޓޭ ކިޔާ އެއްޗަކާ ލޯން ފައިސާ އެއްކުރީމަ ހުންނަ ޖުމްލަ ޢަދަދު ނަގަން ޖެހެނީ . އޭގެ 4ޑަބަލް ޢަދަދު އިތުރަަށް ނަގާ.. މޮބައިލް އެޕް އިން ބަލާފަ މިބުނީ.

  2. ޢަޅުގަނޑު ނަގާފައިވާ ލުއި ލޯނުން ތިންމަސްވެޖެ ލޯނުގެ ބެލޭންސް އިން މަދު ނުވެ ކެނޑެމުންދާތާ،ނަމަވެސް މިހާތަނަށް އަޅުގަނޑުގެ ލޯނު ޑިފޯލްޓް ވެފައެއް ނުވާނެ، މީ އޮޅުވުން ނޫން ދެން ކޮންކަމެއްތޯ

  3. ކޯވިޑް 19 ޕެންޑެމިކުގަ މޮރެޓޯރިއަމް ދީފަ އޮތީ ނަމަކަށް. ލޯނުތަކަށް އިންޓެރެސްޓު އެ އިންނަ އިންސައްތަ އަށް ބީއެމްއެލް އިން ދިޔައީ ނަގަމުން. އެންމެ ދަތި ހާލުގަ ރައްޔިތުން ފެލާލީ ހަމަ. ބީއެމްއެލް އަށް ނޫނެކޭ ބުނަން މާ ލަސްވެސް ވެއްްޖެ!

  4. ސުކޭމް ކޯލްތަކުން ނާއި ފޮނަށް ލިބޭ މެސެޖު ތަކަށް ސަމާލުވާށޭ ކިޔާފަ މި ހުރިހާ ޖަރީމާއެއް ހިންގަނީ ބޭންކް ތެރެއިން. ޢެތަނުން ލުއި ލޯނެެއް ނެންގެވިޔަސް އުމުރު ދުވަހު އުޅެން ޖެހެނީ އެ ބޮލުއަޅައިގެން. ސުކޭމް ކުރަނީ އެ ތާގެ މުވައްޒަފުން. މެއިލް އާއި ފޯން ނަންބާރ ބޭނުންކޮއްގެން ނޫނީ އިންޓަނެޓް ބޭންކިން އަށް އެހެން ފަރާތަކަށް ލޮގިން ވެވިގެން ނުވާނެ. ޢެކަމު މި އިން އެއްޗަކަށް އިސާރާތެއް ނުވެ އެކައުންޓް އެބަ ދޮވޭ. މިގޮތަށް ކަންތައްދިމާވާނަމަ އިނގިލި ދިއްކުރެވޭނީ ކޮންފަރާތަކަށްބާ! ދެން ބޭންކަށް ގުޅާލީމަ ބުނާނެ ދާށޭ ޕޮލިހަށް މައްސަލަ ހުށަހަޅަން، އެތަނަށް ދިޔައީމަ ބުނާނެ ތި އެއް ނުލިބޭނޭ ތިކަމަށް ބޭންކުން އެއްބާރުލުމެއް ނުދޭ، އެއީ ރައްޔިތުން ފެލަން ހުޅުވާފަ ހުރި ތަނެއް، ރައްޔިތުންގެ އިތުބާރު ގެއްލިފަ ވާ ތަނެއް، ހުރިހާކަމެއް ކުރަނީ އެތާ އެތެރެއިން، އެކަމު އެތާގެ ބޭނުން ނުކޮއް ވާނެ ގޮތެއް ވެސް ނެތް�

  5. ސްކޭމް ކޯލާއި ބޭންކާ ގުޅުން އެބަ ހުށްޓެވެ.
    އިންޒާރު ދިނަސް، ކޮންމެ އެއްޗެކޭ ބޭންކުން ކިޔަސް މިކަން،އޮތީ މިހެންނެވެ.
    ބޭންކަށް ނޫނީ ނޭނގޭނެ މަޢުލޫމާތު ކޯލް ކުރާ ފަރާތަށް އެނގެނީ އެއީ ކިހިނަކުން ހިނގާ ކަމެއްކަން ބޭންކަށް ބުނެދެވިފައެއް ނެތެވެ.

  6. އާޓިކަލް ވަރަަށް ފުރިހަމަ މިހާރު ބޭންކުގެ އެއްވެސް ނިޒާމެއް ނެތް. ބޯޑުމެމްބަރުން އިގިރޭސި ވިލާތަށް ދިޔައިިމީހަކަށް 150000 ދީފަ ޓިކެޓެއްނަގައިގެން މީ ބޮޑުވަރު އަހަރެމެނެގެ ފައިސާ މިވެރިން ބޭނުން ގޮތަކަށް ބޭނުންކުރެވެނީ ކޮންޤާނޫނަކުން ތޯ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: