ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިނަރެސް ފްލެޓާއި ގުޅޭ މައުލޫމާތު ދޭން ކޯޕަރޭޝަނުގެ ނަންބަރު ނޫން އިތުރު ނަންބަރަކުން ނުގުޅާނެ: އެޗްޑީސީ

އެޗްޑީސީ/ ފޮޓޯ:- އެމްވީ ޕްލަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިނަރެސް ފްލެޓާއި ގުޅޭ މައުލޫމާތު ދޭން ކޯޕަރޭޝަނުގެ ނަންބަރު ނޫން އިތުރު ނަންބަރަކުން ނުގުޅާނެކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ފްލެޓާއި ގުޅުވައި މަކަރާއި ހީލަތުން ފައިސަ ހޮދުމަށް މަސައްކަތް ކުރަމުންގެންދާތީ، ނެރުން ނޫސް ބަޔާނެއްގައި އެޗްޑީސީ އިން ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ވިނަރެސް ހައުސިންގ މަޝްރޫޢޫއިން ފުލެޓް ބައްލަވައިގަތުމަށް ފޯމް ހުށަހެޅި ފަރާތްތަކުން އެޗް.ޑީ.ސީގެ ފައިނޭންޝަލް އިވެލުއޭޝަންއަށް ހޮވިފައިވާ ފަރާތްތަކަށް ބޭނުންވާ އިތުރު ލިޔެކިއުން ހުށަހެޅުމަށާއި މިކަމާއި ބެހޭ މަޢޫލޫމާތު ދިނުމަށް ބާއްވަން ހަމަޖެހިފައިވާ އޯޕަން ޑޭ މާދަމާ 06 ޑިސެމްބަރު 2022 އިން ފެށިގެން ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ދާނެކަމަށެވެ.

މި އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ވޯޓާސްއެޖްގައެވެ. އަދި ވަކިން ކޮންމެ ފަރާތަކަށްވެސް އެޕޮއިންޓްމަންޓް ގަޑިއެއް ކަނޑައެޅިފައިވާ އިރު، މިކަމާ ބެހޭ ހުރިހާ މަޢުލޫމާތެއް ވެސް ހިއްސާ ކުރެވިގެން ދާނީ މިކަމަށް ޙާއްސަކޮށްފައިވާ މައި ހުޅުމާލޭ ހައުސިންގ ޕޯޓަލް މެދުވެރިކޮށްކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އެޗް.ޑީ.ސީން ވިނަރެސް އާ ގުޅޭ ހުރިހާ މަޢޫލޫމާތެއް ވެސް ކުރިއަށް ގެންދާނީ ޕޯޓަލް މެދުވެރިކޮށް ކަން ފާހަގަކޮށް ބުނެފައިވަނީ އަދި އެއްވެސް ލިންކެއް އަދި ފައިސާގެ މުޢާމަލާތެއް ފޯނުން ގުޅައިގެން ނުހިންގާނެކަމަށެވެ. ވެސް މައިހުޅުމާލެ ޕޯޓަލް އިން ވިނަރެސް އެޕްލިކޭޝަންގެ ސްޓޭޓަސް ބަދަލުވާކަމުގެ ނޮޓިފިކޭޝަން އެސްއެމްއެސް މެދުވެރިކޮށް އާންމުންނަށް ލިބިގެންދާނެކަމަށް ވަނީ ބުނެފައެވެ. އަދި ވިނަރެސް އާއި ބެހޭގޮތުން އިތުރު މަޢޫލޫމާތެއް ހިއްސާ ކުރާނަމަ ހަމައެކަނި ގުޅާނީ އެ ކޯޕަރޭޝަނުގެ ނަންބަރުންކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

މި ދުވަސް ވަރަކީ އޮޅުވާލައިގެން ސްކޭމްތައް އާއްމު ވެފައިވާ ދުވަސްވަރަކަށް ވެފައި، މި ފަދަ މަސައްކަތްތަކަށް ބޭނުން ކުރާ މަޢޫލޫމާތުގެ ހައްސާސް ކަމުން، މި ހުރިހާ ކަމަކަށް ވެސް ސަމާލުވުމަށް އެޗްޑީސީއިން ވަނީ އިިޢުތިމާސް ކޮށްފައެވެ.ވިނ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: