ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވައި ފެނުނު ނިޝާމާގެ މަރުގެ ތުހުމަތަށް ހައްޔަރު ކުރި އޭނާގެ ފިރިމީހާ، ފައިސަލް މިއަދު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަސް މައުލޫމާތު ދެމުން ފުލުހުން ބުނީ ފައިސަލް މަރުވެފައި ވަނީ މިއަދު ހެނދުނު 8.28 ގައި ކަމަށެވެ. އަދި ފައިސަލް މަރުވި ކަމުގެ މައުލޫމާތު ފުލުހުންނަށް ދިނީ ހދ ކުޅުދުއްފުށި ހޮސްޕިޓަލުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފައިސަލް މަރުވިއިރު އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް އަމިއްލައަށް ދަންޖެހުގެން މަރުވާން ވަނީ މަސައްކަތް ކޮށްފައެވެ. އޭނާ މަރުވިއިރު ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ.
ފައިސަލް އަމިއްލައަށް ދަންޖެހިގެން މަރުވާން މަސައްކަތް ކުރިއިރު އެކަން ހިނގި ގޮތުގެ އެއްވެސް މައުލޫމާތެއް މިހާތަނަސް ފުލުހުން މީޑިއާ ހިއްސާ ކޮށްފައެއް ނުވެއެވެ. އަދި ނިޝާމާގެ މަރާއި ގުޅޭ މައުލޫމާތުތަކެއް ވެސް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
ނިޝާމާގެ މަރާއި ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެނެވިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން “ސަންގުން” ޕޯސްޓް މޯޓަމް ހަދާނެ ވަކި ތާރީހެއް ހޯދުމަށް ތަކުރާރުކޮށް ފުލުހުންގެ ކިބައިން ސުވާލު ކުރުމުން ސުވާލުގެ ޖަވާބުގައި ބުނެފައިވަނީ ޕޯސްޓްމޯޓަން ހެދުމަށް ފޮނުވަން ކުރަންޖެހޭ މަސައްކަތް ތައް ކުރެވެމުން ދާ ކަމަށެވެ.
ނިޝާމާގެ މަރުގައި ޝައްކުތަކެއް އުފެދޭކަމަށާއި، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އޭނާގެ ފިރިމީހާ ފަސަލްކަމަށް އާއިލާއިން ބުނެފައިވެއެވެ. މި މައްސަލައިގައި އާއިލާއިން ބުނި ގޮތުގައި، ނިޝާމާ މަލާލާފައި ވަނީ ނޭވާ ހާސްކޮށްލައިގެން ކަމަށް ބެލެވޭ ކަމަށެވެ


2 Responses
ދެން އޭނަ ވެސް ޕޯސްޓް މޯޓަމް ހަދަން ޕޮނުވާ….
މިހާތަނައް ފުލުހުން ތިޔަކަހަލަކމެއްގަ ނެތް ރައްޔިތުންގެ އިތުބާރުކުރާވަރުގެ ކަމެއްކޮށްފަކާޔެއް ސްޓެޓިސްޓިކަލީ ހުރީމުޅިންވެސް އިހުމާލާ ފެއިލިޔާ އަދި ނާގާބިލްކަން