ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަ އިންތިހާބު ރައްޔިތުންގެ ވޯޓުން ކާމިޔާބު ކުރިން، ފޯމިއުލާ މާ ރަނގަޅަށް އެނގޭނެ: ރައީސް

އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ރިޔާސީ އިންތިހާބާއި، އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ވެސް ކާމިޔާބު ކުރައްވާނީ ބޮޑު ތަފާތަކުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ރައީސް ސޯލިހުގެ އިތުރުން ދެން ވާދަ ކުރައްވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

ބޮޑު ވާދަވެރިކަމެއް އުފެދިފައިވާ، އިންތިހާބުގެ ކެމްޕެއިން ޖަލްސާތައް ފެށިގެން ކުރިޔަށް ދާއިރު މިރޭ އޮތީ ރައީސް ސޯލިހު ބައިވެރިވާ ހަރުގެ ޖަލްސާއެވެ.

މިރޭގެ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނު ނިކުމެ ހުންނެވީ އެމްޑީޕީއަށް އިތުރު ދައުރެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންގެ ވޯޓާއި އެކު ފަސް އިންތިހާބު ކާމިޔާބު ކުރައްވާފައިވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިންތިހާބުތައް ކާމިޔާބު ކުރާނެ ފޯމިއުލާ އާއި ރައްޔިތުންގެ ވޯޓު ހޯދާނެ ގޮތް އެމަނިކުފާނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބާއި މެދު އެއްވެސް ޝައްކެއް ނެތްކަމަށާއި، އިންތިހާބު ކާމިޔާބު ކުރައްވާނީ ބޮޑު ތަފާތަކުންކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ވެސް ކާމިޔާބު ކުރަން ޖެހޭއިރު ރިޔާސީ ޓިކެޓު ހޯއްދަވާނީ ވެސް ބޮޑު ތަފާތަކާއި އެކުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

”އެއް އަހަރަކަށް ނޫން، ދެ އަހަރަކަށް ވެސް ނޫން.. ތިން އަހަރަކަށް ވެސް ނޫން.. ފަސް އަހަރަށް ވެރިކަމަށް ކުރިމަތިލުމަށް ނިކުމެ މިހުރީ“ ރައީސް

އިންތިހާބާއި ގުޅޭގޮތުން ރައީސް ސޯލިހު މީގެ ކުރިން ވެސް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންނާއި ވީހާވެސް ގާތުން ވެރިކަމެއް ކުރުމަށްކަމަށެވެ. އަދި ހާއްސަކޮށް އެހެން ސިޔާސީ ވިސްނުން ހުރި ޕާޓީތަކާއި އެކު ގުޅިގެން މަސައްކަތް ކުރެވެން އޮތީ އެމަނިކުފާނަށްކަމަށް، ވެސް ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: