ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީގެ ޓިކެޓަށް ވާދަވެރިކަމެއް އޮންނަންޖެހޭކަމަށް ގަބޫލެއް ނުކުރަން: އިއްސެ

ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރައިމަރީއެއްގެ ބަދަލުގައި ހަގީގަތުގައި މަސައްކަތްކުރަންވީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށާއި، ޕާޓީގެ ތެރޭގައި ކެނޑިޑެސީއަށް ވާދަވެރިކަމެއް އޮންނަންޖެހޭކަމަށް ގަބޫލުނުކުރައްވާކަމަށް މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިންތައް ފަށައި ކުރިޔަށް ދާއިރު އެތެރޭގެ ބޮޑު ވާދަވެރިކަމެއް ވަނީ އުފެދިފަ އެވެ. އިންތިހާބުގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހުގެ ކެމްޕެއިން ޓީމުތަކުގެ ދެމެދުގައި ދަނީ ބަހުގެ ހަމަލާތައް ރައްދުކޮށް ތަފާތު އެކި ތުހުމަތުތައް ވެސް އަމާޒު ކުރަމުންނެވެ. ދެ ރައީސުން ވެސް މިވަގުތު ކެމްޕެއިނަށް އަތޮޅު ތެރޭގައި ތިއްބެވި އިރު ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާ ރޭ ބޭއްވީ ރ. މީދޫގަ އެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން އިސްމާއިލް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި އިންތިހާބަށް ނިކުތުމަށް އެންމެ އެކަށީގެންވާ ކެނޑިޑޭޓަކީ ރައީސް ސޯލިހުކަން ފާހަގަކުރައްވާފަ އެވެ. އެނާ ވިދާޅުވީ، ރާއްޖެ މުޅިން އެހެން މިސްރާބަކަށް ގެންގޮސް ރައްޔިތުންގެ އެތައް އުންމީދުތަކާއި ބޭނުންތައް ފުއްދައިދޭ ލީޑަރެއް އެމްޑީޕީން ފެނުނީ މިއަދު ކަމަށެވެ.

އިސްމާއިލް ވިދާޅުވީ، ފާއިތުވެދިޔަ ހުރިހާ ދައުރެއްގައި ވެސް ރ. އަތޮޅު އޮތީ ބިކަވެ ބާކީވެފައިކަމަށެވެ. އަދި އެ އަތޮޅަށް ރަނގަޅު ބަދަލުތަކެއް ގެނެސްދެއްވާފައި ވަނީ ރައީސް ސާލިހުގެ ވެރިކަމުގައިކަމަށް ވިދާޅުވިއެވެ. އެހެންކަމުން ގައުމާއި ޕާޓީގެ ކަންކަންވެސް ކުރިއަށް ގެންދިއުމަށްޓަކައި، ބޮޑު ތަފާތަކުން ކުރިއަށް އޮތް ޕްރައިމަރީ އެމަނިކުފާނަށް ކާމިޔާބުކޮށްދިނުން މުހިންމުކަމަށް އިސްމާއިލް ފާހަގަކުރެއްވިއެވެ.

އަތޮޅަށް ގެންދެއްވާފައިވާ ތަރައްގީގެ ބަދަލުގެ ގޮތުގައި އެ އަތޮޅުން ރައީސް ސާލިހަށް އަގުލަބިއްޔަތު ވޯޓު ހޯދައިދެއްވާނެކަމުގެ ޔަގީންކަން އަރުއްވާކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން އިސްމާއިލް ވިދާޅުވީ، އަތޮޅަށް އައިސްފައިވާ ބަދަލުތައް ސާފުވެގެންގޮސްފައި ވަނީ ރައީސް އަތޮޅު ކައުންސިލާއިއެކު ކުރިއަށް ގެންދާ ބައްދަލުވުމުގެ ތެރެއިންކަމަށެވެ.

އެނާ ވިދާޅުވީ، އިވިގެންދިޔައީ ކުރިން ހަތަރު ބިލިއަނުގައި އޮތް ތަކުލީފުތައް މިއަދު ބިލިއަނަކަށް ތިރިވެފައި އޮތް އަޑުކަމަށެވެ. އަދި ތަފާތު ފިކުރުތަކުގެ ކައުންސިލަރުންގެ ކަންބޮޑުވުންތަކަށް ރައީސް ވަނީ ލުއިތަކެއް ގެނެސްދެއްވާފައިކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ، ޒަމާނީ އެތައް ބަދަލުތަކަކާއި އަސާސީ އެތައް ހިދުމަތެއް މިއަދު ފުރިހަމަކޮށްދެއްވާފައިވާކަމަށެވެ. އެހެންކަމުން އެކަންކަމަށްޓަކައި ކުރިއަށް އޮތް ޕްރައިމަރީގައި އެމްޑީޕީގެ ޓިކެޓު ހޯދައިދިނުމާއި 2023ގެ ރިޔާސީ އިންތިހާބުވެސް ރައީސް ސާލިހަށް ކާމިޔާބުކޮށްދެއްވުން މުހިންމުކަމަށާއި މަޖުބޫރުކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ ރިޔާސީ ޕްރައިމެރީއަށް އިއުލާނު ކުރުމުގެ ކުރިން ވެސް އެމްޑީޕީގެ އެތޭގައި ބޮޑު ވާދަވެރިކަމެއް އޮތީ އުފެދިފަ އެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި، ވާދަވެރިކަމާއި ދެ ބަސްވުންތަކަށް ފަހު ވެސް ރިޔާސީ އިންތިހާބާއި ހަމައިން އެމްޑީޕީ އޮންނާނީ އެކަތިގަނޑެއްގެ ގޮތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: