ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ރައީސް ނަޝީދަށް އެބަ ކެމްޕެއިން ކޮށްދޭ، އެމްޑީޕީ މެމްބަރުން ސަމާލުވޭ: މަވޯޓާ

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް/ ފޮޓޯ: ރައީސް ސޯލިހު ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ އިސް ލީޑަރުން ރާވައިގެން، ރައީސް ނަޝީދުގެ ކެމްޕެއިން އިވެންޓުތަކަށް އެ ޕާޓީގެ މެމްބަރުން ފޮނުވަމުންދާކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އިދިކޮޅު ކޯލިޝަނުން ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުންދާކަމަށް ފާހަގަކުރައްވާ، ޝަރީފް ވިދާޅުވީ، ރާވައިގެން ކަންކަން ކުރަމުންދަނީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ނާކާމިޔާބުކޮށްލުމުގެ މަގުސަދުގައިކަމަށެވެ. އެނާ ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން އެކަމަށް ސަމާލުވާންޖެހޭކަމަށެވެ.

ޝަރީފް ވިދާޅުވީ، އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެން އޮތީ ތަފާތު ފިކުރުގެ ސިޔާސީ ލީޑަރުންނާއިއެކު ކޯލިޝަން ހަދަން ޖެހުމުން އެކަން ކުރެއްވޭނެ ބޭފުޅަކަށް ޕްރައިމަރީ ކާމިޔާބު ކުރެވިގެންކަމަށެވެ. އެހެން ނޫންނަމަ އަނެއްކާވެސް އެމްޑީޕީއިން ކުރިއަށް އޮތް ފަސް އަހަރު ހޭދަކުރަންޖެހޭނީ މަގުމަތީގައިކަަމަށް އެނާ ވިދާޅުވިއެވެ.

މަރަދޫ ދާއިރާގެ މެމްބަރުގެ އިތުރުން އެމްޑީޕީގެ ރައީސްކަން ކުރައްވާފައިވާ ޑރ ޑީޑީވެސް ވަނީ އިދިކޮޅު ކޯލިޝަނުން ރިޔާސީ ޕްރައިމަރީއަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރައްވާފައެވެ. އެހެންނަމަވެސް އާދަމް ޝަރީފް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެނާ ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން އެއްވެސް ކެނޑިޑޭޓަކަށް ކެމްޕެއިންކޮށްދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 83%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މަވޯޓާވެސް ކޮންމެވެސް ހުރިހާ އޮޑިއަކަށް ފައިލައިގެން ނުގުރެ އިބޫއަށް ތާއީދު ހޯދަން އުޅެ. ޢެހެންމީހުންގެ ވާހަކަ ނުދައްކާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: