ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރުގެ ބާކީ އޮތްބައި ރިބަން ކަނޑަން ހުސްކުރިއަސް އެކަން ނުވާނެ: ރައީސް ސާލިހް

ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ގިނަކަމުން ދައުރުގެ ބާކީ އޮތްބައި ހަމައެކަނި ރިބަން ކަނޑަން ހުސްކުރިއަސް އެކަން ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ  ޕްރައިމަރީގައި ރައީސް އއ ތޮައްޑޫ އަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވައި ދެއްވި ވާހަކައިގައި ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުގެ ވާހަކަ ދައްކަން ވެއްޖެ ނަމަ 30 މިނެޓް ހޭދަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ތޮއްޑޫ ދާއިރާ އޮތީ މި ޕްރައިމަރީގައި އެމަނިކުފާނާ އެކުގައި ކަމަށެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ތަފާތު ބޮޑުކޮށް ރައީސް ސާލިހް ކާމިޔާބު ކުރުމުގައި ތޮއްޑޫގެ ހިއްސާ ހިމެނިގެންދާމެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތޮއްޑޫ، އުކުޅަސް، ރަސްދޫ ހިމެނޭގޮތަށް މިދާއިރާއިންވެސް މިފަހަރު ތަފާތު ބޮޑު ކާމިޔާބީ އެއް ލިބޭނެ ކަމީ އަޅުގަނޑު ޝައްކު ކުރާ ކަމެއް ނޫން.

ސަރުކާރު އެކުލަވާލުމަށްފަހުގައި ދަނީ ރައްޔިތުންނަށް ބޭނުންވެފައިހުރި އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުންދާ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ. އެ މަސައްކަތް ކުރަނީ ވަކި ރަށެއް ތަފާތު ނުކޮށް އަމާޒެއް އޮވެގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބޭނުންވަނީ ކޮންމެ ރަށެއްގައި ދިވެއްސަކު އުޅުނު ކަމުގައި ވިޔަސް ތަފާތު ކުރުމެއްނެތި ގާނޫނު އަސާސީ އިން  ސަރުކާރަށް ލާޒިމްކޮށްފައި އޮތް ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން. އެއީ ތޮއްޑޫ ކަމަށް ވިޔަސް، ރަސްދޫ ކަމަށް ވިޔަސް، އުކުޅަސް ކަމަށްވިޔަސް އަދި އުލިގަމު ކަމަށްވިޔަސް އަދި ތުރާކުނު ކަމަށްވިޔަސް އަދި އައްޑޫ ސިޓީ ކަމަށްވިޔަސް އަދި އެއީ މާލެ ކަމަށް ވިޔަސް އޭގައި ތަފާތު ކުރެވޭކަށް އަޅުގަނޑަކަށް ނެތް. އެހެންވެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ ފުރަތަމަވެސް ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން ފެށިން.

ރައީސް ސާލިހު ވިދާޅުވި ގޮތުގައި ވެރިކަމަށް އައި އިރުގައި ފެނާއި ނަރުދަމާގެ ހިދުމަތް ލިބެނީ މަދު ރަށެއްގައި ކަމަށެވެ. އޭގެ ތެރޭގައި މާލެ ހިމެނޭ ކަމަށާއި އެރަށްތަކަކީ އަތުން ގުނާލެވޭހާ މަދު ރަށްތައް ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ފެނާއި ނަރުދަމާ ގާއިމްކުރުމުގެ ބުރަ ބޮޑު މަސައްކަތް ފަށައިގެން ކުރަން މިސަރުކާރަށް މަޖުބޫރުވީ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.

ހަރަދު ހިނގާނެ. އެހެންވިޔަސް މިއިން ކޮންމެ ކަމެއްގެ ފަހަތުގައި އޮތީ ފައިދާ. އިގްތިސާދީ ފައިދާ. ރައްޔިތުންނަށް ވަޒީފާ. އާމްދަނީ ވަކި ވަކި ފަރުދުންނަށް ލިބުން. އެހެންވެ މިހާރުވެސް 144 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ހިނގަމުންދަނީ.

އަޅުގަނޑުމެން ވީ ވައުދާ އެއްގޮތަށް މިދައުރުގެ ފުރަތަމަ ދައުރާ އަޅުގަނޑުމެންގެ ފަސް އަހަރު ނިމޭއިރުގައި ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭ އެއްވެސް ރަށެއް އެއްވެއް ރައްޔިތެއް އިރާދަ ކުރެއްވިއްޔާ މިރާއްޖެއަކު ނުހުންނާނެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްތައް އުފެދިފައި ހުރިގޮތުން ލަފާ ފުރުމުގެ ދަތިކަން ހުރި ރަށްތައް އެބަހުރި ކަމަށެވެ.  އަޅާނުލެވި ދޫކޮށްލެވިފައި ހުރި ބައެއް ރަށްރަށް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި އެއީ ބޭކާރު ހަރަދު. އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރު ކަމެއް ނޫން. އެހެން ނަމަވެސް އެއިން ރަށެއްގައި ދިރިއުޅޭ މީހަކަށް އެނގޭނީ. އޮޑި ދޯނިފަހަރު ގެންގުޅޭ މީހުންނަށް އެކަން އިނގޭނީ.

ބަނދަރުތައް ރަނގަޅު ފެންވަރުގައި ހެދި އެކަމުގެ ފައިދާ ރައްޔިތުންނަށް ހާއްސަކޮށް އޮޑިދޯނި ފަހަރު ގެންގުޅޭ މީހުންނަށް މިއަދު ލިބެމުންދާ ކަން ރައީސް ފާހަގަކުރެއްވިއެވެ.

ތަރައްގީގެ މަޝްރޫއުތައް އެކި ރަށްރަށުގައި ފެށިގެން ކުރިއަށް ގޮސް ނިމިފައިވާ ކަމަށާއި ބައެއް ރަށްރަށުގައި މަޝްރޫއުތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މަނިކުފާނު 4 އަހަރު ނިމެންދާއިރު ހއދިއްދޫއަށް 3 ނޫނީ 4 ފަހަރު ވަޑައިގެންފި، އެންމެފަހުން މިދިޔަ ހަފުތާގަ ދިއްދޫއަށް ވަޑައިގެންފަ ރިބަންކަނޑާނެ ނިމިފަހުރި އެއްވެސް މަޝްރޫޢްއެއްނެތުމުން އަމިއްލަ ކެމްޕެއިން ޖަގަހަހުޅުވަން ރިބަންކަނޑާފަ ތިދުރުވީދެއްތޯ، ދިއްދޫގަ ކުރާކަމެއްދަނީ ބަރަވެލި ދުވެލީގަ، ޓާރފް ދަނޑެއް އަޅަން 2އަހަރު، ދަނޑުގަ ލައިޓް ޖަހަން 2އަހަރު ވީއިރުވެސް ލައިޓްގެ ކޮންކުރީޓް ބުޑުއަޅާނުނިމޭ އަދިވެސް ދެންހުރިކަންތައްވެސް ހަމަމޮގޮތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: