ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިސްނުމެއް ނެތި ދައްކާ ވާހަކައިގެ ދަޅައިގައި ޖެހިއްޖެނަމަ އުމުރު ދުވަހު ހިތާމަ ކުރަން ޖެހޭނެ: މަވޯޓާ

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިސްނުމެއް ނެތި ސިޔާސީ ބޭފުޅުން ދައްކަވަމުންދާ ވާހަކަތަކެއްގައި ދިވެހި ރައްޔިތުން ޖެހިދާނެތީ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރޭވުންތެރިކަމެއް ނެތި ގައުމު ހިންގުމުގެ ސަބަބުން، އިގްތިސާދު އިނދަޖެހި، ގައުމެއް ހަލާކުގެ ތެރެއަށް ވެއްޓިގެންދާކަމަށް ސިފަކުރައްވާ ޝަރީފް ވިދާޅުވީ، ވެނަޒުއޭލާ އަށް ވެގެންދިޔަ ގޮތް ދިވެހިރާއްޖޭއަށް ވެގެންދިއުމަށް އެނާ އަދި އެއްކޮށް ތިއްބެވި ބޭފުޅުންވެސް ނޭދޭކަމަށެވެ.

ޝަރީފް ވިދާޅުވީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަކީ ވެނަޒުއޭލާގައި ވެރިކަން ކުރެއްވި މީހެއްކަމަށްވާ ހިއުގޯ ޗާވޭޒް އާއި އެއް ޒާތެއްގެ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ނަޝީދުވެސް ދައްކަވަނީ މަގުބޫލު ވާހަކަތަކެއް ކަމަށާއި ވެނަޒުއޭލާގައި ބާރު ހޯދުމުގެ ގޮތުން ޗާވޭޒް ވެސް އެމަނިކުފާނު ދައްކަވާ ފަދަ ވާހަކަތައް ދެއްކެވިކަަމަށް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ޗާވޭޒް ވެރިކަމަށް ވަޑައިގަތުމަށްފަހު، ތަންފީޒު ކުރި ސިޔާސަތުތަކުގެ ސަބަބުން، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ތެލުގެ ވިޔަފާރި ގެންގުޅުނު ގައުމުގެ ގޮތުގައި އޮތުމަށްފަހު، އެ ގައުމު ބަނގުރޫޓުވެގެންދިޔަކަމަށެވެ.

އެނާ ވިދާޅުވީ، ބާރު ރޭޓެއްގައި ކުރިއަރަމުންދިޔަ ވެނަޒުއޭލާ އެހިސާބުން ވެގެންދިޔައީ އިގްތިސާދީ ބޮޑު ކާރިސާއެއް ހިނގާފައި އޮތް ތަނަކަށް ކަމަށެވެ. އަދި މިހާރު ރައީސް ނަޝީދުވެސް ދައްކަވަމުންދާ ގޮތަށް ޗާވޭޒްވެސް ދެއްކެވީ ހައްދެއް ނެތް ގޮތުގައި ސަބްސިޑީ ދިނުމާއި، ހިލޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ވާހަކަ ކަމަށް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ޗާވޭޒް އަކީ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށް އެ ގައުމުގެ ރައްޔިތުން ގަބޫލު ކުރިކަމަށެވެ. އެހެންނަމަވެސް އެނާގެ ވެރިކަމުގައި ރައްޔިތުންނަށް ލިބިގެންދިޔައީ އިންތިހާއަށް ތަކެތި އަގުބޮޑުވުމާއި، ކާބޯތަކެތީގެ ދަތިކަން ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

ވިސްނުމެއް ނެތި އިގްތިސާދާއި ގުޅުން ހުރި ވާހަކަތައް ދެކެވެމުންދާކަމަށް އިޝާރާތްކުރައްވާ ޝަރީފް ވިދާޅުވީ، ވިސްނުމެއް ނެތި ދައްކަމުންދާ ވާހަކަތަކުގެ ދަޅައިގައި ޖެހިއްޖެ ނަމަ، މުޅި އުމުރުގައިވެސް އެކަމުގެ ހިތާމަތައް ތަހައްމަލު ކުރަން ޖެހިދާނެކަމަށެވެ.

އެނާ ވިދާޅުވީ، ހައްދެއް ނެތި ސަބްސިޑީ ދިނުމަކީވެސް އެފަދަ ވާހަކައެއް ކަމަށެވެ. އަދި އެގޮތުގެ މަތިން ސަބްސިޑީ ދިނުމުން، ވާނެ ގޮތް އަވައްޓެރި ސްރީލަންކާއަށް ބެލުމުން ފެނިގެންދާނެކަމަށްވެސް އެނާ ވިދާޅުވިއެވެ. އަދި ކުރިން ސްރީލަންކާ އޮތީ ތަނަވަސް ހާލަތެއްގައިނަމަވެސް، މިހާރު ހާލަތު ގޯސްވެފައިވާކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ސިޔާސީ މަސްރަހުގެ ތެރޭގައި ދެކެވެމުންދާ ބައެއް ވާހަކަތަކާއިމެދު ޝަރީފްގެ ކަންބޮޑުވުންތައް ހުންނެވިކަމަށް ފާހަގަކުރައްވާފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން ރައީސް ނަޝީދުވަނީ ފުވައްމުލަކުގައި ރިސޯޓެއް ބިނާ ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން، އެ ރިސޯޓުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: