ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ ރިޔާސީ ރޭހުން ދުރުވާން ނަސޭހަތް ދިނުން: ތާރިގު

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅުން އެމަނިކުފާނަށް ރިޔާސީ ރޭހުން ދުރުވުމަށް ނަސޭހަތްތެރިވުމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު އިލްތިމާޒް ކުރައްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދު ހޯއްދެވުމުގެ ގޮތުން އައްޑޫގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި 357 ރަށެއްގައި ފްލެޓު އަޅާ ނިމިފައިވާކަމަށް ރައީސް ސާލިހު ވިދާޅުވުމާއި އެކު، އެމަނިކުފާނަށްވަނީ ސިޔާސީ ބޭފުޅުންގެ އިތުރުން އާންމުވެސް ފާޑުވިދާޅުވެފައެވެ.

ރައީސް ސާލިހު ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވާ ތާރިގުވަނީ އެމަނިކުފާނަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅުން އެމަނިކުފާނަށް ރިޔާސީ ރޭހުން ދުރުވުމަށް ނަސޭހަތްތެރިވުމަށް އިލްތިމާޒް ކުރައްވާފައެވެ. އެނާ ވިދާޅުވީ، އެސީ އެމަނިކުފާނުގެ ތިމާގެ ބޭފުޅުންނަށްވެސް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮ ކަންކމަަށެވެ. އަދި އެމަނިކުފާނު ގޮތް ދޫ ނުކުރެއްވުމަށްވެސް މަސައްކަތް ކުރައްވާނެކަމަށް އެނާ ވިދާޅުވިއެވެ.

ތާރިގު ވިދާޅުވީ، ގޮތް ދޫ ނުކުރެއްވުމަށް އުޅުން ނަމަވެސް،  ކުޑަކުދިންނަށްވެސް ބޭނުންހާ ކަމެއް ކުރުމުގެ ފުރުސަތު މައިންބަފައިން ނުދެނީ އެ ކުދީންގެ ހެވާ ލާބައަށް ވިސްނުމަށްފަހުކަމަށެވެ.

އައްޑޫގައި ވާހަކަދައްކަމުން ރައީސް ސާލިހު ވިދާޅުވީ، އެމަނިކުުފާނު ގެންގުޅުއްވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް 357 ރަށެއްގައި ފްލެޓު އަޅާ ނިމިފައިވާކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި މީހުން ދިރިއުޅެނީ 200 އަށް ވުރެ މަދު ރަށެއްގައިކަމަށްވުމުން، އެކި ފަރާތްތަކުންދަނީ އެމަނިކުފާނަށް ފާޑުވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: