ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަލާފަ ހޯދާފަ، ކުށްވެރިވެފަ ތިބި މީހުން ހެކިންނަށް ގެނައީމަ ކަމަކުނުދޭ: ޖަމީލް

ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ބަލާފަ ހޯދާފަ، ކުށްވެރިވެފަ ތިބި މީހުން ހެކިންނަށް ގެނައީމައި އެކަން ބަލައިނުގަނެވޭނެކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން މިއަދު ފެށި ”ހޯޕް ކޮންފަރެންސް 2023“ ގައި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ ރާއްޖެއަށް ތަރައްގީ ގެނެސްދެއްވާ ގައުމުގައި ވެރިކަން ކުރެއްވި ބޭފުޅުން ޖަލަށްލުމަށްފަހު، ގަދަ ބާރުން ވެރިކަން ކުރުމަކީ ރާއްޖޭގެ ރައްޔިތުން ދަންނަ ނިޒާމެއް ނޫންކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީގެ މެންބަރުން އެ ތިއްބެވީ އެ ނިޒާމަށް ތަންދޭ ގޮތަކަށްނޫންކަމަށް ވިދާޅުވިއެވެ.

އަދުލުގެ ނިޒާމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ ރައްޔިތުންނަށް އެންމެ މުހިންމުވާނީ އެ ނިޒާމު އަދުލުވެރިވެ އަދި ރައްކާތެރިވުންކަމަށެވެ. އަދުލުވެރި ޝަރުއީ ނިޒާމެއް ގެއްލިފައި އޮންނަ ގައުމަކަށް ދިމާވާނެ އެންމެ ބޮޑު މުސީބާތަކީ އެ ގައުމެއްގެ ސިޔާސީ ވެރިންގެ ރައްކާތެރިކަން ގެއްލިގެން ދިއުންކަމަށް ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ ސިޔާސީ ވެރިންނަށް އަނިޔާކުރުމަށްޓަކައި ގެންގުޅޭ އެންމެ ވަރުގަދަ ހަތިޔާރަކީ އެއީކަމަށެވެ. ސިޔާސީ ވެރިންނާއި ދެކޮޅަށް އަދުލުގެ ނިޒާމު ބޭނުންކުރާ މަންޒަރު ދުނިޔޭގެ ފަތްފުއްތައް ކޮންމެ ގޮތަކަށް ދިރާސާ ކުރެއްވި ނަމަވެސް ފެންނާނެކަމަށް ޖަމީލް ވިދާޅުވިއެވެ.

ގައުމެއްގެ ސިޔާސީ މަސައްކަތްކުރުމަކީ އެބަޔަކަށް އަނިޔާ ދޭ ކަމަކަށް ވެގެން މިއުޅެނީ ކީއްވެގެންތޯ؟ ކޮންތާކުތޯ އެވާހަކަ އޮތީ. ކީއްގެންތޯ އަޅުގަނޑުމެން އެކަމަށް ފެން ބޮވައިގަނެގެން މިއުޅެނީ.

ޖަމީލް ވިދާޅުވި ގޮތުގައި ގައުމަކަށް ލިބޭނެ އެންމެ ބޮޑު ރައްކާތެރިކަމަކީ އެ ގައުމެއްގެ ޝަރުއީ ގެ ރައްކާތެރިވުމެވެ. ގައުމެއްގައި ތިބޭ ވެރިކަން އެމީހުންގެ ހަމައެކަނި ޒިންމާއަކީ ޖާލަތު ބޮޑުކުރުންކަމަށް ގަބޫލުކޮށްފި ނަމަ ގައުމުގެ ރައްކާތެރިކަން ގެއްލިގެންދާނެކަމަށް ޖަމީލް ވިދާޅުވިއެވެ. ގައުމުގައި ތިބޭ ފުލުހުންގެވެސް ހަމައެކަނި ޒިންމާއަކީ ގައުމުގެ އިދިކޮޅުގެ ލީޑަރުގެ މައްޗަށް ތަހުގީގު ހިންގުންކަމަށްވަނީނަމަ ކަމު ނުދާކަމަށް ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ، އަދި ކުށްވެރިން ހެކިވެރިންގެ ގޮތުގައި ގެނައުމުންވެސް ކަމުނުދާކަމަށް ޖަމީލް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފުލުހުންގެ މަސައްކަތަކީ ބަރުމާއާއި، ސޯމާލިއާއާއި، އެފްރިކާގެ ގައުމުތަކުގައި ހަރަކާތްތެރިވާ ގޮތަށް ދިވެހިރާއްޖޭގެ ފުލުހުންގެ މަސައްކަތް އަމާޒުވީމައި، އެ ކަމަކު ނުދެޔޭ

ޖަމީލް ވިދާޅުވީ ޕްރޮސެކިއުޓަރާއި، ދައުވާ ކުރާ މީހާ އިސްލާހުވާންޖެހޭކަމަށާއި، އަދި ދިވެހިރާއްޖޭގައި ހުރި މުއައްސަސާތަށް ރައީސުލްޖުމްހުރިއްޔާ އާއި އެހާ ގާތީ ކީއްވެގެންތޯ ސުވާލުއުފެދޭކަމަށެވެ.

މި ނިޒާމު އިސްލާހު ނުވާކަމުގެ ހެތްކަކީ ވަކި ބަޔަކުގެ މައްޗަށް ނިޒާމު ތަންފީޒުވާތީކަމަށް ވިދާޅުވެ ޖަމީލް ފާހަގަކުރެއްވީ ސަރުކާރު ކެބިނެޓުގައި ތިއްބެވި ވަޒީރުންނަށް ކުރެވިގެންދާ ތުހުމަތުތަކެވެ. ނަމަވެސް މިކަންކަމާއިމެދު އެޅުނު ފިޔަވަޅެއް ނެތްކަމަށް ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ، ޕާޓީގެ ސަރުކާރު އޮވެ ހަމައެކަނި ފިކުރު ތަފާތުވާ މީހުންނާއިމެދު ފިޔަވަޅު އެޅީމައި ގޯސްކަމަށެވެ. އަދި މިއީ ޕީޕިއެމް އިން ބަލައިގަންނާނެ ކަންތައްތަކެއް ނޫންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: