ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސަތުން މަޖިލީހަކީ ސިޔާސީ ހަސަދަ ފިލުވާ ތަނަކަށް ހަދައިފި: މަވޯޓާ

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ހަސަދަ ފިލުވާތަނަކަށް ރިޔާސަތުން ހައްދަވައިފިކަމަށް މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޓުވީޓެއް ކުރައްވާ ޝަރީފް ވިދާޅުވެފައިވަނީ މަޖިލީހަކީ ރައްޔިތުންގެ ގެކަމަށާއި، އެ މަޖިލީހުގެ ތަޅުން ބޭނުންކުރެވެން ވާނީ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައިކަމަށެވެ. އަދި ގައުމުގެ ސަލާމަތްތެރިކަން ދެމެހެއްޓުމަކީ މަޖިލީހުގެ ހަގީގީ ޒިންމާކަމަށް ފާހަގަކުރައްވާ ޝަރީފް ވިދާޅުވެފައިވަނީ މުޅި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަކީވެސް މަޖިލީހުގެ ޒިންމާކަމަށެވެ.

ޝަރީފް ވިދާޅުވެފައިވަނީ ރިޔާސަތުން މަޖިލީސް އަކީ ސިޔާސީ ހަސަދަ ފިލުވާ ތަނަކަށް ހައްދަވައިފިކަމަށެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު ގިނަ ބަޔަކު އަންނަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީސް ހިންގަވަމުން އަންނަނީ ވަރަށް ހުތުމުހުތާރުކޮށްކަމަށް ބުނަމުންނެވެ. އެގޮތުން ރިޔާސަތުގައި އިންނަވައި މެންބަރުންގެ ވާހަކަ މެދުކަނޑާލުމަށްފަހު އަމިއްލަފުޅު ވާހަކަދެއްކެވުމަކީވެސް ރައީސްއަށް ލިބިގެންވާ ހައްގެއް ނޫންކަމަް މަޖިލީހުގައި ތިއްބެވި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އަރިސް މެންބަރުން އަންނަނީ ފާހަގަކުރަމުންނެވެ.

މީގެ އިތުރުން ބަހުސްގެ ވަގުތުގެ ތެރޭގައި ރައީސް ނަޝީދު ގެންދަވަނީ ރައީސް ސާލިހަށާއި، ސަރުކާރަށް ބަހުގެ ހަމަލާތައްވެސް އަމާޒުކުރައްވަމުންނެވެ.

އެގޮތުން މަޖިޅީހުގެ މި ދައުރުގެ ދެވަނަ ޖަލްސާގައި ނަފްސާނީ ދުޅަ ހެޔޮކަމާއި ގުޅޭ ގޮތުން ބަހުސްކުރެވެމުންދިޔަ ވަގުތުގައިވެސް ރައީސް ނަޝީދު ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި، އާސަންދައަށް ކޮށްފައިވާ ހަރަދުތަކާއިވެސް ގުޅުވާ ވާހަކަދައްކަވާފައެވެ. އަދި ތުހުމަތުކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު އާސަންދައިން ކުރި ހަރަދު ބޮޑެވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: