ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ހިއްކާ ފަސް ރަށާއިއެކު ފަތުރުވެރިކަން ފުޅާކުރެވޭނެ: އިބްރާހިމް ޝަރީފް

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، ރައީސުލްޖުމްހުރިއްޔާއާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސަރަހައްދުގައި ފަސް ރަށެއް ހިއްކުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ އެ ސަރަހައްދުގެ ފަތުރުވެރިކަމުގެ ސިނާއަތު ފުޅާ ކުރުމަށް އެޅި މުހިންމު ފިޔަވަޅެއްކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އައްޑޫ ތަރައްގީ ކުރުމަށާއި، އެއަރޕޯޓާއި ސީޕޯޓު ޕްރައިވެޓައިޒްކުރުމަށް ގޮވާލާ ގަރާރެއް ހުށައެޅިފައިވަނިކޮށް އިބްރާހިމް ޝަރީފް ވަނީ ސަރުކާރުން އައްޑޫގައި ހިންގަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާ ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ގަން އިންޓާރނެޝަނަލް އެއަރޕޯޓު ރަނގަޅު ގޮތުގައި ހިންގޭނީ އެ ސަރަހައްދުގެ ގެސްޓް ހައުސް އާއި ރިސޯޓުގެ އެނދުގެ ޖާގަ އިތުރުކޮށްގެންކަމަށެވެ.

ޝަރީފް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަމުންދަނީ އެއަރޕޯޓު ތަރައްގީ ކުރުމަށާއި އެނދުގެ ޖާގަވެސް އިތުރުކުރުމަށްކަމަށެވެ. އެގޮތުގެ މަތިން ފަސް ރަށެއް ހިއްކުމަށް ރައީސް ސާލިހު ކަނޑައަޅުއްވާ ދެއްވާފައިވާކަމަށާއި، އެކަމުގެ ސަބަބުން އައްޑޫއަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އައްޑޫގެ ހަނކެޑެ އަދި ހިއްކަމުންދާ ފަސް ރަށުގައިވެސް ރިސޯޓު ބިނާކުރުމުން، އެ ސަރަހައްދުގެ ފަތުރުވެރިކަމަށް ދިރުމެއް ލިބިގެންދާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން ގެސްޓްހައުސް ވިޔަފާރި އިތުރަށް ފުޅާކުރުމަށްވެސް ހިތްވަރެއް ލިބިގެންދާނެކަމަށާއި، ގެސްޓްހައުސްތައް ރަނގަޅަށް ހިނގާނީވެސް ރިސޯޓުތައް ކައިރީގައި ހުރެގެންކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، އެއަރޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ކޮންޓްރެކްޓުގައި ސޮއިކުރުމުގެ ވަގުތުވެސް ކަނޑައެޅިފައިވާކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ނިމުމާއިއެކު، ގަން އެއަރޕޯޓުން އަހަރަކު 1.5 މިލިއަން ޕެސެންޖަރުންނަށް ހިދުމަތް ދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މުޅިޤައުމު އެންމެ ސިނާޢަތަކަށް ގޮސް ހުސްވުމުގެ ނުރައްކާ ޝަރީފްމެނަަށް ވިސްނޭނެ ނަމަ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: