ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ މުއައްސަސާއިން ”ކޮމިއުނިޓީ ސޭފްޓީ ޕާޓްނަރޝިޕް“ ޕްރޮގްރާމެއް ހިންގަނީ

ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ފުލުހުންގެ މުއައްސަސާ
ޝެއާރކޮށްލާ ކަހަލަދޯ؟

”ކޮމިއުނިޓީ ސޭފްޓީ ޕާޓްނަރޝިޕް“ ޕްރޮގްރާމްގެ ނަމުގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރެވިފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން ހާމަކޮށްފިއެވެ.

ފުލުހުންގެ މުއައްސަސާއިން ހިއްސާކޮށްފައިވާއިރު، ‘’ކޮމިއުނިޓީ ސޭފްޓީ ޕާޓްނަރޝިޕް“ ޕްރޮގްރާމް ހިންގުމަށްޓަކައި އެ މުއައްސަސާއިންވަނީ ފަސް ފަރާތަކާއި ދެމެދު އެއްބަސްވުންތަކެއް ގާއިމުކޮށްފައެވެ. މި އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ އިސްކަންދަރު ބިލްޑިންގައެވެ.

ފުލުހުންގެ މުއައްސަސާގެ މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމިއުނިޓީ އެނގޭޖްމަންޓުގެ ގޯލްޑް ސްޕޮންސާރ ސޮލަރެލް އިންޝުއަރެންސް ކޮމްޕަނީ، އަދި މީޑިއާ ޕާޓްނާ އެސްއެސްޓީވީ، އެސޯސިއޭޓު ޕާޓުނަރ ސިމްޑީ، އެސޯސިއޭޓް ޕާޓްނަރ އައިކެއަރ، އަދި ޕާޓްނަރ އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީއާ އެކުގައި އެއްބަސްވުންތައް ގާއިމު ކުރެވިގެންދިޔައެވެ. ފުލުހުންގެ މުއައްސަސާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދުއެވެ.

ފުލުހުންގެ މުއައްސަސާއިން ބުނެފައިވާގޮތުން، އެއްބަސްވުންތަކުގެ ދަށުން، ކޮމިއުނިޓީ އެންގޭޖްމަންޓުގެ ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިއުނިޓީ ޕާޓްނަރުންގެ ގޮތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޑަބްލިޔުއެސްސީ އަދި ސީޕްރިޔާ މިހާރުވެސް ހަރަކާތްތެރިވަމުންދާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: