ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު އިނދަޖައްސަން އެންމެ ގަދަޔަށް ކުރަނީ ބަނގުރޫޓުކުރުމާއި ބެންކު ސުންނާފަތިކުރުން: އިބްރާހިމް ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު އިނދަޖައްސާލުމަށް ކުރެވޭ ކެމްޕެއިންގައި އެންމެ ބޮޑަށް ކުރެވެމުންދަނީ އިގްތިސާދު ބަނގުރޫޓޫކުރުމުގެ މަސައްކަތާއި ބެންކް އޮފް މޯލްޑިވްސް ސުންނާފަތިކުރުމުގެ މަސައްކަތްކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ސައިބަރ ސެކިއުރިޓީ އާއި މެދު ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ރާއްޖެ މިހާރު އޮތް ވަރަށް ތަރައްގީވެ ކުރިއެރުމުގައި ބެންކުގެ ދައުރު ވަރަށް ފުޅާކަމަށެވެ. އެހެންނަމަވެސް ސިޔާސީ ހަސަދަވެރިކަމާއި ސަރުކާރު އިނދަ ޖައްސާލުމަށް ކުރެވެމުންދާ ކެމްޕެއިންގެ ތެރޭގައި އެންމެ ބޮޑަށް އަމާޒުކުރަމުންދަނީ އިގްތިސާދު ބަނގުރޫޓުކޮށްލުމަށާއި ބެންކޮ އޮފް މޯލްޑިވްސްއަށް ސުންނާފަތިކޮށްލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އެކަމާއި އެނާ ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، ބަޔަކު މީހުން ހިންގަމުންދާ އެ އަމަލުގެ ސަބަބުން އަރައިނުގަނެވޭނެ ފަދަ ފުން ނުރައްކާތެރި ވަޅުގަނޑަކަށް ރައްޔިތުން ވެއްޓިދިއުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރައްވާކަމަށެވެ.

އޭނާ ވިދާޅުވީ، ދުނިޔޭގައި ސައިބަރ ކްރައިމްގެ މައްސަލަތައް ދަނީ އިތުރުވެ ފުޅާވަމުންކަމަށެވެ. އަދި ދިވެހިރާއްޖޭގައިވެސް މިއަދު ފުޅާވެފައިވާކަމަށާއި އެހެންކަމުން އެކަމާއި ގުޅިގެން ގާނޫނުލްއަގޫބާތަށް ބަދަލުތަކެއް ގެނައުން މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެހެންކަމުން އެކި އެކި ކަންކަން ފާހަގަކޮށް އެކި އެކި އަދަބުތައް ކުށަށް ބަދަލުވާގޮތް ބަޔާންކޮށް ދެވޭނެ އަދަބުވެސް ގާނޫނުލްއަގޫބާތުގައި ބަޔާންކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމެއްކަމަށެ. އޭނާ ވިދާޅުވީ، ހުށައެޅުމާއި ދެކޮޅަށްވެސް ވާހަކަދެކެވިދާނެކަމަށެވެ. އަދި އެއީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުމުވުގެ ގޮތުން ކުރަމުންދާ މަސައްކަތެއްކަމަށްވެސް ބުނެވިދާނެކަަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ސައިބަރ ކްރައިމްގެ މައްސަލަތަކާއި އެފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތައްވެސް ދަނީ ގިނަވަމުންކަމަށެވެ. އެހެންކަމުން ކުށްކުރަމުންދާ ގޮތަށް އަންނަ ބަދަލާއިއެކު ގާނޫނުވެސް ފައިހަމަ ކުރާ ގޮތަކަށް ބަދަލުތައް ގެނައުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ މަސްލަހަތު ހިމެނޭ މުހިންމު ބިލެއް މަޖިލީހުގެ ތަޅުމަށް ގެނައުމުންވެސް ދެވެމުންދަނީ އިންތިހާބުގެ ވާހަކަތައް ކަމަށެވެ. ޝަރީފް ވިދާޅުވީ، އިސްލާހެއް ހުށައެޅިފައިވަނީ ޓްކްނޮލޮޖީ އަދި އިންޓަރނެޓު ބޭނުންކޮށްގެން އެކި އެކި ކްރިމިނަލް ހަރަކާތްތައް ހިންގަމުންދާތީ އެކަމަށް އޮތް އަބަދުތަކާއި ހާލަތްތައް ބަޔާންކުރުމަށްކަމަށެވެ.

ޝަރީފް ވިދާޅުވީ، ކުރީ ޒަމަނާއި ހިލާފަށް ދިވެހިރާއްޖޭގައި ޑިމޮކްރެސީ ތައާރަފްކުރެވުނު ފަހުން  ގާނޫނުގައި މަނާކުރާ ކަންކަން ފިޔަވާ އެހެނިހެން ކަންކަންވަނީ ހުއްދަ ކުރެވިފައިކަމަށެވެ. އެހެންކަމުން ހިނގަމުންދާ ކަންކަން ގާނޫނުގައި ކުށްތަކެއްގެ ގޮތުގައި ކަނޑަނޭޅޭ ކަމަށް ވާނަމަ ޝަރުއީ ނިޒާމުގެ ތެރެއިން އެއީ ކުށްތަކެއްގެ ގޮތުގައި ކަނޑައެޅިގެން ނުދާކަމަށެވެ.

އެހެންކަމުން ހުށައެޅިފައިވަނީ މުހިންމު އިސްލާހެއް ކަމަށާއި އެ ބިލާއިމެދު ފުޅާ ދާއިރާއެއްގައި ބަހުސްކުރުމަށްފަހު ކޮންމެހެން ފާސްކުރަންޖެހޭކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ އިސްލާހު ހުށައެޅުމުގެ ފަހަތުގައި އެއްވެސް ސިޔާސީ މަގުސަދެއް ނެތްކަމަށެވެ. އަދި ސަރުކާރުން އެ އިސްލާހު ހުށައެޅީ ދިވެހި ރައްޔިތުންގެ ހައްގުގައިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، އިސްލާހު ހުށައެޅުމުގެ މަގުސަދު އޮޅިގެންދާ ފަދަ ގޮތަކަށް ތުހުމަތުކޮށް ބެންކު ހިމާޔަތްކުރާކަމަށް ބުނެ ތުހުމަތުތައް ކުރުމުން ފިތުނަ އުފެއްދުމުގެ މަރުކަޒަކަށް މަޖިލިސް ވެގެންދާކަމަށެވެ. އޭނާ ވިދާޅުވީ، އެކަމާއި ހިތާމަކުރައްވާކަމަށެވެ.

ޝަރީފް ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތްކޮށް ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތްކުރުމަށް އެކުލަވާލެވިފައިވާ މަޖިލީސް މިއަދު ބޭނުންކުރެވެމުންދަނީ ގައުމު ބައިބައިކޮށް ”ޕޮލަރައިޒްކޮށް“ ފިތުނަ ފަސާދަ އުފައްދާ ސުންނާފަތިކުރަންކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، ދުނިޔޭގެ އެއްވެސް ތަނެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވަން ކުރާ މަސައްކަތްތައް، މުޅި ގައުމު ސުންނާފަތިކުރުމަށް ކުރާ މަސައްކަތަކަށް ނުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: