ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ހުރީ އެމްޑީޕީއިން ވަކިވާން ތައްޔާރަށް: އިބްރާހިމް ޝަރީފް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން“ އޮތީ އެމްޑީޕީއިން ވަކިވެގަތުމަށް ތައްޔާރުވެފައިވަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއިން އިސްވެ އޮވެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި، ފިކުރެއްގެ ދިރުމާއި އެ ޕާޓީގެ ޕީޖީ ގުރޫޕެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، އިބްރާހިމް ޝަރީފް ވަނީ އެ ފެކްޝަނަށް ފާޑުވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ، ރައީސް ނަޝީދުގެ ފެކްޝަން އޮތީ ޕީޕީއެމްގެ ތެރެއިން އެމްއާރްއެމް ވަކިވިގޮތަށް ވަކުމުވަށް ވައްތާރުވެފައިކަމަށެވެ.

އޭނާ ވިދާޅުވީ، ފިކުރެއްގެ ދިރުމުގެ އަމާޒަކީ ރައީސް ނަޝީދަށް ވެރިކަން ނުލިބޭނަމަ އެމްޑީޕީއަށް ވެރިކަން ގެއްލުވާލުންކަމަށެވެ. އެހެންކަމުން އެ ޕާޓީގެ މެމްބަރުން ސަމާލުވުމަށް އެނާ އެދިވަޑައިގަތެވެ.

އެމްޑީޕީގެ ތެރޭގައި ބޮޑެތި މައްސަލަތައް އުފެދިފައިވާ އިރު ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތައް ސަރުކާރުގެ މަގާމުތަކުގައި ތިއްބެވިކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރާ ބަޔަކު ތިބުމުން ސަރުކާރު ހިންގާނެ ގޮތާއިމެދު އެނާ ސުވާލުއުފެއްދެވިއެވެ.

ޝަރީފް ވިދާޅުވީ، ސަރުކާރެއް ހެޔޮ ގޮތުގައި ހިންގޭނީ އެއް އަމާޒަކަށް ރައީސްގެ ސިޔާސަތުތައް ތަންޒީފުކުރާނެ ބަޔަކު ސިޔާސީ މަގާމުތަކުގައި ތިއްބަވައިގެންކަމަށެވެ. އެހެންކަމުން ރައީސް ސާލިހާއި ދެކޮޅަށް މަސައްކަތްކުރަމުންދާ ބަޔަކު މަގާމުތަކުގައި ބައިތިއްބައިގެން ސަރުކާރު ހިންގުން ވަރަށް ދަތިކަމަކަށްވެގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: