އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓެއް ނެރޭނެކަމަށާއި މައިޕާޓީގެ ގޮތުގައި ދެމި އޮވެވޭނެ ހަމައެކަނި ގޮތަކީ އެއީކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ރިޔާސީ ކެނޑިޑަސީގެ ސައްހަ ކަމާއިމެދު ސުވާލު އުފެދި، އިދިކޮޅު ލީޑަރޝިޕުން އެ ވާހަކަތަކަށް ރައްދު ދެއްވަމުންދާއިރު، އިބްރާހިމް ޝަރީފް ވަނީ ޕީޕީއެމްއަށް ކުރިމަތިޖެހިފައިވާ ގޮންޖެހުމަށް އަލިއަޅުއްވާ ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ”އަދުރޭ“ އެ ވިދާޅުވާ އެއްޗެއްވެސް އޭގެ ޒާތުގައި ރަނގަޅުކަމަށެވެ.
އޭނާ ވިދާޅުވީ، ޕީޕީއެމްގެވެސް ކެނޑިޑޭޓެއް ހުންނާނެކަމަށެވެ. އަދި ރައީސް ޔާމީން އަށް ކުރިމަތިލެއްވޭނެ ގޮތެއް ފެނޭތޯ ފަހުވަގުތާއިޖެހެންދެންވެސް މަސައްކަތް ކުރާނެކަމަށް ވީނަމަވެސް، އެ ޕާޓީ ރާއްޖޭގެ މައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދެމި އޮތުމަށް ބޭނުންވާނަމަ، އެމަނިކުފާނަށް ކުރިމަތި ނުލެއްވޭ ހާލަތުގައި އެހެން ކެނޑިޑޭޓެއް ނެރޭނެކަމަށް އޭނާ ވިދާޅުވާކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
Adhurey evidhaalhu vaa ehcheh ves eyge zaathuga ragalhu. PPM candidate hunnaane. PYah kurimathi leyveyne gotheh oithoa fahuvaguthaa hamayah masakkaiy kuraane Abadhuves alhugadu bunaa vaahakaeh mai siyaasee partyegge gothuga PPM dhemi othumah beynunvaa nama candidateeh nereyneyey.
— Ibrahim Shareef (@AdduShareef) March 16, 2023
މީގެ އިތުރުން ޝަރީފް ވިދާާޅުވީ، ސިޔާސީ މަސްރަހުގައި ކަން ހިނގަމުންދާ ގޮތަށް ބަލާއިރު، ރައީސް ޔާމީންނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވުމުގެ މަގުފަހިވިނަމަވެސް، ރައީސް ސާލިހަށް އެކަމުގެ ސަބަބުން ކުރިމަތިވާ އެއްވެސް އުނދަގޫތަކެއް ނެތްކަމަށެވެ.
އޭނާ ވިދާޅުވީ، ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން އިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ފަހަތަށް އަރައި ކޯލިޝަން ހަދާނެކަމަށް މިހާރު ބެލެވޭކަމަށެވެ. އެހެންނަމަވެސް އެއީވެސް ހުރަހެއްކަމަށް ގަބޫލުނުކުރައްވާކަމަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވީ، ރައީސް ސާލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ހިސާބު ޖެއްސެވީ ފިކުރެއްގެ ދިރުން އިން ޖޭޕީ އާއިއެކު ކޯލިޝަން ހަދާނެކަމަށް ބަލައިގެންކަމަށެވެ.

