ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޓޯ ރިކްޝާ އެތެރެކުރުމުގެ ހުއްދައެއް ނުދެން: ޓްރާންސްޕޯޓް މިނިސްޓްރީ

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އޮޓޯ ރިކްޝާ ދުއްވުމުގެ ހުއްދަ ނުދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް ގެނެވުނު އިސްލާހާ އެކު ތިން ފުރޮޅުލީ އުޅަނދު ދުއްވުމުގެ ހުއްދަ ދެވޭ ގޮތަށް ހާއްސަ ކެޓަގަރީއެއް ވަނީ އިތުރުކޮށްފައެވެ.

ތިން ފުރޮޅުލީ އުޅަނދަށް ހާއްސަ ކެޓަގަރީއެއް އިތުރުކޮށްފައިވަނީ ރިސޯޓުތަކާއި ބައެއް ރަށްރަށުގައި ބަގީގެ ގޮތުގައި ޕަސިންޖަރުން އުފުލަން ބޭނުންކުރާ އުޅަނދުތައް ރަޖިސްޓްރީކުރުމަށް ދިމާވަމުން އަންނަ ދަތިތައް ހައްލުކުރުމުގެ ގޮތުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ތިންފުރޮޅުލީ އުޅަނދެއްގެ ގޮތުގައި އޮޓޯ ރިކްޝާ ރަޖިސްޓްރީކުރުމަށް ހުއްދައެއް ނުދޭނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ކޮންމެ އުޅަނދެއްވެސް ރަޖިސްޓްރީކުރަނީ އުޅަނދުގެ ފޮޓޯއަށް ބެލުމަށްފަހުގައި ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

15 ޖުލައި 2021 ގައި ގެޒެޓްކޮށް އަމަލުކުރަމުންދާ ގަވާއިދުނަންބަރު އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގެ 14 ވަނަމާއްދާގައި ބަޔާންކޮށްފައިވަނީ ލައިސަންސްގެ ކެޓަގަރީތަކެވެ. މި ކެޓަގަރީ ތަކުގައި B3 ، B4 ، C3 އަދި C4 އުޅަނދު ބަޔާންކޮށްފައި ވުމާއި އަދި މި އުޅަނދުތަކުގެ ކެޓަގަރީތައް ރަޖިސްޓްރޭޝަން ގަވާއިދުގައި ބަޔާންކޮށްފައި ނެތުމުގެ ސަބަބުން ރަށްރަށުގައި ބޭނުންކުރާ 3 ފުރޮޅުލީ މީހުން އުފުލާ ”ބަގީ“ ތަކާއި ރަށު ޕިކަޕް ރަޖިސްޓަރީ ކުރުމުގައި ދަތިތައް ދިޔައީ ކުރިމަތިވަމުންނެވެ.

ލައިސަންސްއިން ގަވާއިދުގައި B3 ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ 3( ތިނެއް( މީހުންނަށް ވުރެ އިތުރުނުވާ، ފަސިންޖަރުން އުފުލާ، 3 (ތިނެއް) ފުރޮޅުލީ އުޅަނދެވެ. އެގޮތުން މި އުޅަނދުތަކަކީ މިހާރުވެސް މީހުން އުފުލާ ”ބަގީ“ ގެ ގޮތުގައި ފަސިންޖަރުން އުފުލުމަށް ރާއްޖޭގެ ރިޒޯޓުތަކުގައާއި ބައެއް ރަށްރަށުގައި ބޭނުންކުރާ އުޅަނދުތަކެވެ.

މި ގަވާއިދަށް މި ގެނެ ވުނު އިސްލާހުގެ މައިގަނޑު ބޭނުމަކީ ލައިސަންސް ކެޓަގަރީގައި މިދެންނެވި 3 ފުރޮޅުލީ އުޅަނދުފަހަރަށް ލައިސަންސް ދެމުންގެންދާއިރު މި އުޅަނދުތަކަކީ ކޮބައިކަން ރަޖިސްޓްރޭޝަން ގަވާއިދުން ބަޔާންކޮށް އެ ކެޓަގަރީތައް ރަޖިސްޓަރީތަކުން ފެންނާނެގޮތަށް ކެޓަގަރައިޒު ކުރުމެވެ. މިކަން މިގޮތަށް ކަނޑައެޅުމުގެ ކުރިން ލައިސަންސް ގަވާއިދާއި ރަޖިސްޓްރޭޝަންގަވާއިދާއި ފުށުއެރުންތައް ހުރުމާއި އަދި މި ދެންނެވި 3 ފުރޮޅުލީ މީހުން އުފުލާ ”ބަގީ“ އުޅަނދު ރަޖިސްޓަރީ ކުރުމުގައި ބޮޑެތި ފުށުއެރުންތަކެއް ރަޖިސްޓްރޭޝަން ސިސްޓަމުގައިވަނީ ފާހަގކުރެވިފައެވެ. ހަމައެހެންމެ ގަވާއިދުން 3 ފުރޮޅުލީ ”ބަގީ“ ތަކަށް ވަކި ކެޓަގަރީއެއް ނެތި އޮތް އޮތުމުގެ ސަބަބުން ރިޒޯޓުތަކުގައާއި ރަށްރަށުގައި މިހާރުވެސް ބޭނުންކުރަމުންދާ މިފަދަ އުޅަނދުތައް ވަނީ ރަޖިސްޓަރީ ނުކުރެވިއެވެ. މިގެނެވުނު ބަދަލާއެކު މިކަމަށް ހައްލެއް ގެނެވިގެން ދާނެއެވެ.

ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ގަރާޖުގެ ގޮތުގައި ޕާމިޓު ދޫކުރަމުންދާނީ 4 ފުރޮޅު ލީ އުޅަނދު ފަހަރަށެވެ. އަދި މިހާރު މިނިސްޓްރީއިން އުޅަނދުތައް ރަޖިސްޓަރީ ކުރާއިރު އެ އުޅަނދުގެ ފޮޓޯ ބަލައި އެ އުޅަނދަކީ ކޮންކަހަލަ އުޅަނދެއްކަން ޔަގީން ކުރަމުންދާކަންވެސް ފާހަގަކުރަމެވެ. އެހެންކަމުން ”އޮޓޯ ރިކްޝޯ“ އަދި ”އޮޓޯ“ ގެ ގޮތުގައި ބެލެވޭ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ނެތްވާހަކަ ދެންނެވީމެވެ. 3 ފުރޮޅުލީ އުޅަނދުގެ ގޮތުގައި ”އޮޓޯ ރިކްޝޯ“ އަދި ”އޮޓޯ“ ގެ ގޮތުގައި ބޭނުންކުރާ އުޅަނދުތައް ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި މިހާތަނަށް އޮޕަރޭޓް ކުރުމަށް ހުއްދަ ދީފައި ނުވެއެވެ. އަދި ކުރިޔަށް އޮތްތާގައިވެސް މި ދެންނެވި ބާވަތުގެ އުޅަނދު ރަޖިސްޓަރީ ކުރުމަށް ހުއްދަކުރެވިގެން ނުދާނެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: