ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ހިއްސާވާ ކުންފުނިތައް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރަމުންދަނީ އިންތިހާބުތަކަށް ނުފޫޒު ފޯރުވަން: އާޒިމް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހް، ސަރުކާރު ހިއްސާވާ ކުންފުނިތައް ބޭނުންކުރަނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތައް ރާއްޖޭގައި ގިނަވެގެން ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް އިތުރުވެ އެކުންފުނިތައް މެދުވެރިކޮށް އިންތިހާބުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތައް ހިންގަމުން ދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އިންތިހާބުތަކަށް އެކި ގޮތްގޮތުން  އެކިއެކި ނާޖައިޒު ފައިދާ ނުވަތަ ނާޖައިޒު ފައިސާ ހޯދުމަށްޓަކައި ސަރުކާރުން ދަނީ ކުންފުނިތައް ބޭނުންކުރަމުން ކަމަށް އާޒިމް ވިދާޅުވިއެވެ.

ބެލުމެއް ނެތި ހިތަށް އެރިގޮތަކަށް ފައިސާ ހޯދަން، ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން އެތިބެނީ ތައްޔާރަށް. ކުންފުނިތަކަށް އެ ދަނީ މީހުން ދުވަހެއް ދުވަހަކަށް އެތަނަށް ނުބައްދަލު އަދަދަށް މީހުން އެދަނީ ވައްދަމުން. އެމީހުންނަށް އޮންނަހާވެސް ކަމަކީ ހެނދުނު ގޮސް އިނގިލިޖައްސާލާފައި ދިޔައިމަ ދެން އެހިސާބުން އެމީހުންނަށް އެ ނިމުނީ. 30،000، 40،000 ރުފިޔާ އެމީހުންގެ މުސާރައަށް ލިބޭ. އެމީހުން އިށީންނާނެ ތަނެއް ނުހުރޭ. މިއީ މިއަދުގެ ހަގީގަތް.

ދ އަތޮޅު ރަށެއްގެ މީހަކާ އަޅުގަނޑު ގުޅާލާފައި އެހިން ފެނަކައިގައި ކިތަށް މުވައްޒަފުންތިބޭ ތޯއޭ. ބުނީމަ ބުނީ އަސްތަގްފިރުﷲ އޭ. ތިވާހަކަ ދައްކަން ނޫޅޭށޭ. ކޮންމެ ކިލޯވޯޓަކަށް މީހަކު ހުންނާނޭ. އެހެންވީމަ ދެން ވިސްނާ އެހެން ރަށެއްގެ ކަންކަން ގޮސްފައި ހުންނާނެ މިންވަރު.

އާޒިމް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ނުކަތާ ވަރަށް މުވައްޒަފުން އިތުރުކުރަނީ ވަކި އިންތިހާބަކަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކަމަށެވެ.

ރައީސްގެ ގަރާރަކުން ކުންފުނި ހެދުނު ކަމަށްވި ނަމަވެސް ކުންފުނީގެ ފަހަތަށް ސަބްސިޑަރީ އެހެން ކުންފުނިތައް ހަދަމުން ގެންދަނީ  އެއްވެސް އުސޫލެއް، ހަމައެއް ނެތިކަމަށް އާޒިމް ވިދާޅުވިއެވެ.

ނިކަން ބައްލަވާލައްވާ އިކޮނޮމިކް މިނިސްޓްރީގެ ތެރޭގައި ކިތަށް ކުންފުނި އޮތްތޯ. ބަލާލާއިރުގައި އަޅުގަނޑުމެންނަށް ވަރަށް ދަތި ޖުމްލަ ކުންފުނީގެ އަދަދު ބަލައިލާފައި ބުނަން. އެހެންނަމަވެސް އިކޮނޮމިކް މިނިސްޓްރީގެ ތެރޭގައި އެކަންޏަށް ބަލާލާއިރުގައިވެސް، 18 ކުންފުންޏަށް ވުރެން ގިނައިން އެބައޮތް. އެއްބަޔަކު މަސައްކަތް ކުރަމުން ދަނީ. ސީދާ މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުން އެދަނީ 14 ކުންފުނި ނޫނީ 18 ކުންފުނީގެ މަސައްކަތް ކުރަމުން މުސާރަ ނަގަމުން. ދެން ވިސްނާ އަޅުގަނޑުމެންގެ ޓެކްސް ޕޭޔަރުންގެ ފައިސާ. އަޅުގަނޑުމެން ރައްޔިތުން މިތަނަށް ފޮނުވާފައި މިތިބެނީ އިންތިހާބުކޮށްފައި މިތިބެނީ އެފަދަ ކަންކަން ބަލައި އެވާހަކަ ދެއްކުމަށް. އެހެންނަމަވެސް ކުންފުނިތަކުގެ ނާޖައިޒު ފައިދާ ނަގައިގެން ކޮރަޕްޝަންގެ އަމަލުތައް ހެސްކިޔާފަ ހިންގަމުންދާއިރު، އަޅުގަނޑުމެން ހަމައެކަނި މިތާ ސަރުކާރަށް ސަނާ ކިޔާލަ ކިޔާލާ ތިބެންވީތޯ؟ އެއީތޯ އަޅުގަނޑުމެންނަށް މިއަދު އޮތް ދައުރަކީ ބަލަންޖެހޭ. އިކޮނޮމިކް މިނިސްޓްރީގައި 14 ކުންފުނި އޮތްއިރުގައި ދެން އިތުރަށް ކިތަށް ކުންފުނިތޯ މިހާރު އުފެދިފައި އޮތީ ބަލަން މަސައްކަތްކޮށްކޮށް އެއީ އަޅުގަނޑުމެންނަށް އެނގޭނެ އެއްޗެއް ނޫން.

އާޒިމް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީގައި އުފައްދާފައިވާ ކުންފުނިތަކުގެ އަދަދު ނޭނގުނު ނަމަވެސް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ބަލައިލާފައި ބުނަން ފަސޭހަވާނެ ކަމަށެވެ.

އަޅުގަނޑަށް އެނގުނީ ސަރުކާރު ހިއްސާވާ 111 ކުންފުނި ހަދާފައި އޮތްކަން. މިއީ އަޅުގަނޑުމެންގެ ވޯޓްލާ މީހުންގެ ނިސްބަތަށް ބަލައިލާއިރު، ވޯޓްލާ އުމުރަށް ބަލާލާއިރު ކޮންމެ 3000 މީހަކަށް ކުންފުންޏެއް، (ސަރުކާރު ހިއްސާވާ ކުންފުންޏެއް) މިރާއްޖޭގައި އުފެދިފައި އެބައޮތް.

އާޒިމް ވިދާޅުވީ ރައްޔިތުން މަޖިލީހަށް މެމްބަރުން އިންތިހާބު ކުރީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: