ގދ މަޑަވެލީގައި ޒުވާން އަންހެނަކު ގެއަކުން ނެރެ މަގުމަތީގައި ދަމާކޫއްތާ، ތަޅާ އަނިޔާކޮށްފިއެވެ.
ފުލުހުންވަނީ އެ އަންހެންމީހާ އަށް އަނިޔާ ކުރި 33 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ މަޑަވެލީގައި އަންހެނަކަށް އަނިޔާކޮށްގެން އެރަށު ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދާ ކަމަށާއި އެ މައްސަލަ ތަހުގީގް ކުރަމުންދާ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އަންހެންމީހާ ގެއަކުން ނެރެ ތަޅާއަނިޔާ ކޮށް އެއް އަތުގައި ހިފައިގެން ގަދަކަމުން މަގުމަތީގައި ދަމާ ކޫއްތާފައި ގެންދާ މަންޒަރު ފެނެއެވެ.
އަނިޔާކުރަމުންދިޔަ ފިރިހެން މީހާ ހުއްޓުވާފައިވަނީ އަނިޔާ ކުރާ މަންޒަރުބަލަން ތިބި މީހުންނެވެ.

