ރައީސް އިބްރާހިމް މުހައްމަދު ސާލިހާއިއެކު ކޯލިޝަން ހެދުމަށް ކުރީގެ ރައީސް މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމެންޓުން ވަކި ނިންމުމެއް ނިންމާފައިނުވާކަމާއިމެދު މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ނުރުހުން ފާޅުކުރައްވައިފިއެވެ.
އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އެމަނިކުފާނަށް ތާއީދުކުރައްވާ އެ ޕާޓީގެ މެމްބަރުން ޖުމްހޫރީ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންދާއިރު، ރައީސް ސާލިހު ކޯލިޝަން ދައުވަތު ފޮނުއްވާފައިވާ ޕާޓީއެއްކަމަށްވާ އެމްއާރްއެމްއިންވެސް އެމަނިކުފާނަށް ކޯލިޝަން ހަދާނެކަމުގެ ޔަގީންކަން ދީފައިނުވެއެވެ. އެ ޕާޓީއިންވެސް ވަނީ ޖޭޕީގެ އިސް ލީޑަރު ގާސިމް އިބްރާހިމް އާއިއެކު މަޝްވަރާ ބައްދަލުވުުންތަކެއް ކުރިއަށް ގެންގޮސްފައެވެ.
ރައީސް ސާލިހަށް ރިޔާސީ އިންތިހާބުގައި ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ނުރުހުން ފާޅުކުރައްވާ ޝަރީފް ވިދާޅުވީ، އެމްއާރްއެމްއިން ”މާ ހާސަރު ދިގު ކުރާނެ ކަމެއް“ ނެތްކަމަށެވެ. އަދި އެމްޑީޕީ އާއިއެކު ކޯލިޝަން ހަދަން ބޭނުން ނުވާ ނަމަ، އެ ވާހަކަ ބުނުމަށްފަހު މިހާރު އޮތް ކޯލިޝަނުން ވަކި ވުމުން ނިމުނީކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
MRM in ves maa haasaru dhigu kuraane kameh nei. MDP aa eku coalition hadhan beynun nethiyyaa e vaahaka bunefa coalition in vaki veemaa nimunee
— Ibrahim Shareef (@AdduShareef) March 27, 2023
ޝަރީވްވަނީ މީގެ އިތުރުންވެސް ކުރީގެ ރައީސް މައުމޫނުގެ މައްޗަށް އަލިއަޅުއްވާ ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ރައީސް މައުމޫނުގެ ވެރިކަމުގެ ދައުރު ނިމުމަކަށް ގެނެވެނުތާ 14 އަހަރު ވެފަވާނަމަވެސް ދިވެހިރާއްޖޭގެ ޑިމޮކްރެސީ އަދިވެސް އޮތީ ނާޒުކު ހާލަތެއްގައިކަމަށެވެ. އޭނާ ވިދާޅުވީ، ބަދަލުތަކެއްވެސް އަންނަމުންދާކަމަށެވެ. އަދި ޑިމޮކްރެސީގެ ދަތުރުގައި ކުރިއެރުންތަކެއްވެސް ލިބިފައިވާކަމާއިމެދު ޝައްކު ނުކުރައްވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެހެންނަމަވެސް ރަނގަޅުކުރަން ހުރި ބައިވަރު ކަންކަން ހުންނާނެކަމަށް ވިޔަަސް ރައީސް މައުމޫނުގެ ވެރިކަމުގައި އޮތްވަރަށްވުރެ މާ ބޮޑު ސިޔާސީ މިނިވަންކަމެއް ރައްޔިތުންނަށް ލިބެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

