ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު ޝާހިދު ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޖެންސީގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

މިނިސްޓަރު ޝާހިދު ޗައިނާގެ ވަފްދާއި ބައްދަލުކުރައްވަނީ: ފޮޓޯ/ ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާ އިންޓާރނޭޝަނަލް ޑިވެލޮޕްމެންޓު ކޯޕަރޭޝަން އެޖެންސީގެ ޗެއަރޕާސަންގެ ނައިބު ޑެންގް ބޯކިންގް އާއީ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނުވަނީ ދިވެހިރާއްޖޭގެ ހާރިޖީ މަސައްކަތްތަކުގެ ތެރޭގައި ޗައިނާ އާއި އެކު ކުރެވެމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. ޑެންގް ބޯކިންގް އާއި ބައްދަލުކުރެއްވިފައިވާކަމާއިމެދު އުފާ ފާޅުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ގުޅޭގޮތުން ފުރިހަމަ މަޝްވަރާއެއް ކުރެވިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޗައިނާ އަދި ރާއްޖެ ގުޅިގެން މަސައްކަތްތައް ކުރުމަށް އުންމީދު ކުރާކަމަށާއި، ދެ ގައުމުގެވެސް މަސްލަހަތު ހިމެނޭހެން ގެނައުމަށް ބޭނުންވާ ކުރިއެރުންތައް ހާސިލު ކުރުމަށް އުންމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ގާތްވެފައިވާއިރު، ރައީސް ސާލިހު އަދި މިނިސްޓަރު ޝާހިދުވެސް ގެންދަވަނީ ގިނަ އަދަދެއްގެ ބޭރު ގައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރަމުންނެވެ. އިދިކޮޅު ބައެއް ފަރާތްތަކުން ބުނާގޮތުން ސަރުކާރުން މަސައްކަތްކުރަމުންދަނީ ބޭރުގެ އެހީ އާއިއެކު އިންތިހާބަށް ނޫފުޒު ފޯރުވަންކަމަށްވާއިރު، ހަރަދު ކުޑަކުރުމަށް އަނގައި ފިނޭންސްގެ ސާކިއުލާއެއް ނެރިފައިވާއިރު، ދަތުރުތައް ކުރަމުންދިއުމާއި ގުޅިގެންވެސް ސަރުކާރަށްވަނީ ގިނަ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: