ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް މި އަހަރު އެންމެ ގިނައިން އައީ ޗައިނާ ފަތުރުވެރިން!

ޗައިނާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މަންޒަރު: ފޮޓޯ/ ޗައިނާ އެމްބަސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް މި އަހަރު އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންކަން ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ފޮނުވާ ގައުމުގެ ގޮތުގައި މި ފަހުން ފާހަގަކުރެވިފައިވަނީ އިންޑިއާ ނަމަވެސް، ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ޝާއިއުކޮށްފައިވާ ތަފާސް ހިސާބުތަކުން އެ ހައިސިއްޔަތަށް ބަދަލުތައް އައިސްފައިވާކަން ފާހަަގަކުރެވެއެވެ. އެގޮތުން 2023 ވަނަ އަހަރު ދިވެހިރާއްޖެއަށް ތިން ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ފޮނުވި ގައުމުގެ މަގާމުގައި އޮތް ޗައިނާއިންވަނީ އެ މަގާމު ހާސިލުކޮށްފައިކން މި އަހަރުގެ ފެބްރުއަރީގެ ކުރީ ކޮޅާއި ހިސާބަށް ޝާއިއުކޮށްފައިވާ ހިސާބުތަކުން ދައްކައެވެ. ޗައިނާއިން އެއްވަނަ މާކެޓުގެ ޖާގަ ލިބިފައިވަނީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަަށް އެ ގައުމުން ރާއްޖެއަށް 23،972 ފަތުރުވެރިން އައިސްފައިވާކަަމަށްވުމުންނެވެ.

އެހެންނަމަވެސް 2023 ވަނަ އަހަރު ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުކަމަށްވާ އިންޑިއާއިން އައިސްފައިވާ ފަތުރުވެރިންގެ އަދަދުތަކަށް ހީނަރުކަމެއް އައިސްފައިވާކަންވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. މިހާރު އިންޑިއާ އޮތީ ފަތުރުވެރިން ފޮނުވާ ގައުމުތަކުގެ ލިސްޓުގެ ފަސްވަނައިގައި ކަމަށްވާއިރު ތަފާސް ހިސާބުތައް ޝާއިއުކުރުމުގެ ނިޔަލަށް އެ ގައުމުން ރާއްޖެއަށް އައިސްފައިވަނީ 16،563 ފަތުރުވެރިންކަން ފާހަގަކުރެވެއެވެ.

އިންޑިއާގެ މީޑީއާތަކުންވެސް މި ކަން ފާހަގަކޮށް ރިޕޯޓުތައް ޝާއިއުކޮށްފައިވެއެވެ. އެ ގައުމުގެ މީޑިއާތަކުން ބުނާގޮތުން މިއީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައުމާއިއެކު ދެ ގައުމުގެ ދެމެދު އުފެދިފައިވާ މައްސަލަތަކުގެ ނަތީޖާކަމަށެވެ. އަދި އެ ގައުމުން ފަތުރުވެރިން އަންނަ އަދަދުތައް ދަށްވެ އެއް ވަނައިން ފަސްވަނަ އަށް ވެއްޓިގެންދިއުމަށް ދިމާވެފައިވަނީ ބޮޑުވަޒީރު ނަރޭންދްރަ މޯދީއަށް ރައީސް މުއިއްޒުގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް ކުޑައިމީސްކުރި މައްސަލައިގައި ހިންގި ބޮއިކޮޓުކުރުމުގެ ކެމްޕެއިންގެ ސަބަބުންކަމަށްވެސް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.

ދިވެހިރާއްޖެ ބޮއިކޮޓުކުރުމަށް ގޮވާލާ ހިންގި ކެމްޕެއިންގައި އިންޑިއާގެ ސިޔާސީ އިސްވެރިންނާއި އެކްޓިވިސްޓުންވެސް ބައިވެރިވެފައިވާއިރު، އެ މައްސަލައިގެ ތެރޭގައި ގިނަ އަދަދެއްގެ ފިލްމު ސްޓާރުންނާއި އާންމުންވެސް ރާއްޖެއަށް ދަތުރުކުރުން ހުއްޓާލުމަށް ގޮވާލާ ސޯޝަލްމީޑިއާގައި ޕޯސްޓުތައްކޮށްފައިވެއެވެ. އެހެންނަމަވެސް ރާއްޖޭގެ ކަމާއި ބެހޭ ފަރާތްތަކުންނާއި އިންޑިއާގެ ވައިގެ ދަތުރުފަތުރުކުރާ ބައެއް ކުންފުނިތަކުންވެސް އެކަމުގެ ސަބަބުން ކެންސަލޭޝަންތައް އިތުރުވެފައިވާކަން ފާހަގަކުރެވިފައިނުވާކަމަށް މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގައިވެސް ދިވެހިރާއްޖެއަށް އަންނަ ޗައިނާގެ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާފައިވެއެވެ. އެގޮތުން ދިވެހިރާއްޖެއާއި ޗައިނާ ދެމެދު ޑައިރެކްޓް ފްލައިޓްތައް އިތުރުކުރުމާއިމެދުވެސް މަޝްވަރާތައް ކުރެވިފައިވެއެވެ. އަދި ދިވެހިރާއްޖެއާއި އިތުރު ގިނަ ގައުމުތަކެއް ދެމެދު ވިސާ އެޖްޒެމްޝަަން އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަން ޗައިނާއިން މީޑިއާތަކަށް ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: