ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ އުޅަނދުން ދިރާސާއެއް ނުކުރާނެ: ފޮރިން މިނިސްޓްރީ

ޗައިނާގެ އަހަރީ ދުވަސް ފާހަގަކުރުމުގަ އިންތިހާބީ ރައީސް ޑރ. މުއިއްޒު އަދި ޗައިނާ ސަފީރު -- ފޮޓޯ: ޗައިނާ އެމްބަސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބަނދަރުކުރުމަށް ހުއްދަ ދީފައިވާ އުޅަނދަކީ ދިރާސާތައް ކުރުމުގެ އިތުރުން ޖާސޫސްކުރުމަށްވެސް ބޭނުންކުރާ އުޅަނދެއްކަމަށްވުމުން އިންޑިއާ ދެމެދު ހޫނުވެފައިވާ މައްސަލަ އިތުރަށް ގޯސްވެގެންދިއުމުގެ ފުރުސަތު އޮތްކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވަނިކޮށް، ދިރާސާތަކެއް ނުކުރާނެކަން ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ހާމަކޮށްފިއެވެ.

އިންޑިއާގެ މަޝްހޫރު ނޫހެއްކަމަށްވާ ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓުކުރާގޮތުން، އެ ގައުމުން ޗައިނާގެ އުޅަނދާއިމެދު ކަންބޮޑުވުންތައް ފާޅުކޮށްފައިވާނަމަވެސް ޗައިނާގެ އުޅަނދަށް ރާއްޖޭގައި ބަނދަރުކުރުމަށް ހުއްދަ ދީފައިވާކަން ސަރުކާރުން އިއުލާނުކޮށްފައިވުމުން އެ ގައުމާއި ރާއްޖޭގެ ދެމެދު އޮތް ގުޅުމަށް ނޭދެވޭ އަސަރުތައްކުރުމުގެ ފުރުސަތުއޮވެއެވެ. އިންޑިއާއިން ތުހުމަތުކުރާގޮތުން ރާއްޖޭގައި ބަނދަރުކުރުމަށް ހުއްދަ ދީފައިވާ އުޅަނދަކީ ދެ މަސައްކަތެއް އެއްފަހަރާ ކުރިއަށް ގެންދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޖާސޫސީ އުޅަނދެކެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ހިއްސާކޮށްފައިވާގޮތުން ޗައިނާގެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ މަގުސަދަކީ އުޅަނދުގެ މުއައްޒަފުން ބަދަލުކުރުމާއި އެއަށް ބޭނުންވާ ސަޕްލައި ބަރުކުރުމެވެ. އަދި އެ އުޅަނދު ރާއްޖޭގައި އެއްވެސް ދިރާސާއެއް ނުކުރާނެކަމަށާއި ބޭނުންތައް ފުއްދުމަށްފަހު އަނބުރާ ދިއުމަށް ކަނޑައެޅިފައިވާކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

“ޒިއޭންގް ޔޭންގް ހޮންގް 03” ކިޔާ މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން ސްރީލަންކާގައި ބަނދަރުކުރުމަށް އެދިފައިވެއެވެ. އެހެންނަމަވެސް އެ ގައުމުގެ ސަރުކާރުންވަނީ އިންޑިއާގެ ކަންބޮޑުވުންތަކާއި އިރުޝާދުގެ ސަަބަބުން އެ ކަމަށް ހުއްދަ ދިނުމުން ދެކޮޅު ހަދާފައިކަން ފާހަގަކުރެވެއެެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން ރާއްޖެއަކީ އެކުވެރި ގައުމެއްކަމަށާއި ސުލްހަވެރިކަމާއިއެކު ޒަރޫރީ ބޭނުންތައް ފުއްދުމުގެ ބޭނުމުގައި އަބަދުވެސް އަސްކަރީ އަދި އާންމު އުޅަނދުތަކަށްވެސް ރާއްޖޭގައި ބަނދަރުކުރުމަށް ޖާގަ ދޭކަމަށް ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން އެ ގޮތުގެ މަތިން ބަނދަކުރުމަށް އެދޭ އެދުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގެ ގުޅުން އިތުރަށް ބަދަހިވެގެންދާކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގައި އޮންނަ މަރުހަބާ ކިޔުމުގެ ސަގާފަތުވެސް ފެނިގެންދާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: