ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ ރީސާޗު ބޯޓެއް ރާއްޖެ އަންނާތީ އިންޑިއާ އެލާޓަށް!

ޗައިނާއިން ޖާސޫސްކުރުމުގެ މަސައްކަތްތަކަށް ބޭނުންކުރާކަމަށް އިންޑިއާއިން ތުހުމަތުކުރާ އުޅަނދެއް: ފޮޓޯ/ ހިންދުސްތާންޓައިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކަނޑުގެ ދިރާސާތަކެއް ކުރުމަށްޓަކައި އައުމަށް ކަނޑައެޅިފައިވާ ޗައިނާގެ ރީސާޗު ވެސަލް އިންޑިއާއިން ޓްރެކް ކުރަމުންދާކަމަށް އެ ގައުމުގެ މީޑީއާތަކުން ރިޕޯޓުކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުން، ރާއްޖޭގައި ދިރާސާތަކެއް ކުރުމަށް ކަނޑައެޅިފައިވާ “ޒިއޭންގް ޔޭންގް ހޮންގް 03” ކިޔާ މި އުޅަނދުގައި ސަވޭލެންސް މަސައްކަތްތައް ކުރުމަށް ބޭނުންވާ އެންމެ ފަހުގެ ވަސީލަތްތައް ހަރުކުރެވިފައިވެއެވެ. މި އުޅަނދު ރާއްޖެއަށް ދަތުރުކުރަމުންދަނީ ސްރީލަންކާގައި ބަނދަރުކުރުމަށް ފުރުސަތު ނުދިނުމުގެ މައްސަލައެއް ޖެހިގެންދިއުމަށްފަހުކަން ފާހަަގަކުރެވެއެވެ.

ބޮޑެތި ކަނޑު އުޅަނދުތައް ޓްރެކް ކުރުމަށް ހަދާފައިވާ ވެބްސައިޓުތަކުން ދައްކާގޮތުން މި އުޅަނދު މިހާރު އޮތީ އިންޑިއާ ކަނޑުގެ ސަރަހައްދުގައިކަމަށްވާއިރު ދަތުރުކުރަމުން އައިސްފައިވަނީ އިންޑޮނީޝިއާ އާއި ދިމާލުންކަމަށް ދަތުރުގެ ތަފްސީލުތަކަށް ބެލުމުން ފެނިގެންދެއެވެ. އަދި މި އުޅަނދު ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ރާއްޖެއާއި ހިސާބަށް ފޯރާނެކަމަށް މީގެ ކުރިން ރާއްޖޭގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާނަމަވެސް މިހާރު އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާ ތާރީހު ތަފާތުކަން ފާހަގަކުރެވެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުން އެ އުޅަނދު ރާއްޖެއާއި ހިސާބަށް ފޯރާނެކަމަށް ބެލެވެނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައިކަމަށެވެ. އިންޑިއާގެ އިރުޝާދާއި އެއްގޮތަށް ލަންކާގައި ބަނދަރުކުރުމަށް ނުދިނުމުން ރާއްޖޭގައި ދިރާސާތައް ކުރުމަށް އެދިފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކުރުމުން އިންޑިއާއިން ރާއްޖޭގެ ސަރުކާރަށްވެސް ޗައިނާއަށް ދިރާސާތައް ކުރުމަށް ފުރުސަތު ނުދިނުމަށް ގޮވާލާފައިވެއެވެ. އިންޑިއާގެ ކަމާއި ބެހޭ ވުޒާރާތަކުން ރިޕޯޓުކުރާގޮތުން އެ ގައުމުން ދަނީ އުޅަނދުގެ ހަރަކާތްތައް ގާތުން މޮނީޓާރ ކުރަމުންނެވެ.

އިންޑިއާގެ އަސްކަރިއްޔާއިން މިފަދަ އުޅަނދުތަކުގެ ހަރަކާތްތައް ހުރި ގޮތް ބެލުމަށް ބޭނުންކުރަމުންދަނީ ދުރު ރާސްތާއަށް ދަތުރުކުރާ ކަނޑުމަގު ޕެޓްރޯލްކުރާ ވައިގެ އުޅަނދުގެ ފްލީޓެއްކަމަށާއި މަނަވަރުތައްވެސް ބޭނުންކުރާއިރު، ހަތިޔާރު ހަރުނުކޮށް އެމެރިކާއިން ދީފައިވާ އަސްކަރީ ޑްރޯންތަކެއްވެސް ބޭނުންކުރާކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް މެދުއިރުމަތީގައި މައްސަލަތައް ބޮޑުވަމުން އަންނަކަމަށްވުމުން އެފަދަ އިންޑިއާ ކަނޑުގެ ސަރަހައްދު މޮނީޓާރ ކުރުމަށް ބޭނުން ކުރާ ބައެއް ވަސީލަތްތައް އެ ސަރަހައްދުގައި ހިނގަމުންދާ ކަންކަން ބެލުމަށް ބޭނުންކުރާކަންވެސް ފާހަގަކޮށްފައިެވއެވެ.

އިންޑިއާއިން ރާއްޖެއަށް އައުމަށް ދަތުރުކުރަމުންދާ ޗައިނާގެ އުޅަަނދަށް ޖާގަ ނުދިނުމަށް މީގެ ކުރިން ގޮވާލާފައިވަނީ އެ ގައުމުން ޗައިނާގެ އުޅަނދުތައް އެ ގައުމަށް ޖާސޫސްކުރުމަށް ބޭނުންކުރަމުންދާކަމަށް ތުހުމަތުކޮށްފައިވަނިކޮށްކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
15%ވަރަށް ގަދަ 31%ވަރަށް ގަޔާވޭ 45%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 3%ވަރަށް ދެރަ 2%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. މެރިންޓްރެފިކުން ދައްކާގޮތުން ތިބޯޓު މިހާރުހުރީ ރާއްޖޭގެ އިރުން 1800 މޭލު ދުރުގައި އިންޑޮނީސިޔާ ސަރަހައްދުގައި. ދަތުރުކުރަނީ މާލެއާ ދިމާލަށް

  2. ތިބޯޓު މިހާރުހުރީ ރާއްޖެއާއި 1800 މޭލު އިރުމަތިން އިންޑޮނީސިޔާ ސަރަހައްދުގައި. ދަތުރުކުރަނީ މާލެއާއި ދިމާލަށް says:

    ތިބޯޓު މިހާރުހުރީ ރާއްޖެއާއި 1800 މޭލު އިރުމަތިން އިންޑޮނީސިޔާ ސަރަހައްދުގައި. ދަތުރުކުރަނީ މާލެއާއި ދިމާލަށް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: