ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު ޗައިނާ ބޮޑުފާރު ބައްލަވާލައްވައިފި

ރައީސް މުއިއްޒު ޗައިނާގެ ބޮޑުފާރު ހުންނަ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަަދު މުއިއްޒު އާއި އަނބިކަންބަލުން ސާޖިދާ މުހައްމަދު ޗައިނާގެ ބޮޑު ފާރު ހުންނަ ސަރަހައްދަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް އޮފީހުން ހިއްސާކޮށްފައިވާގޮތުން، ރައީސް މުއިއްޒުވަނީ ޗައިނާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ޗައިނާގެ އެންމެ ޒަމާންވީ މުހިންމު އެއް ބިނާކަމަށްވާ ބޮޑުފާރު ހުންނަ ސަރަހައްދު ބައްލަވާލެއްވުމަށް ވަޑައިގެންފައެވެ. މި ފުރުސަތުގައި ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ އެ ތަނަކީ އިންސާނީ ހިތްވަރާއި ކުރިއެރުމާއި އެއްބަައިވަންތަކަން ރަމްޒުކޮށްދޭ ތާރީހީ ނިޝާނެއްކަމަށް ވިދާޅުވެފައެވެ./

ޗައިނާގެ ބޮޑުފާރަކީ 21000 ކިލޯމީޓަރަށް ދެމިގެންދާ ބިނާއެކެމެވެ. އަދި އެތަނަކީ ޔުނެސްކޯއިން ހެރިޓެޖް ސައިޓެއްގެ ގޮތުގައިވެސް ކަނޑައަޅާފައިވާ ތަނެއްކަން ފާހަގަކުރެވެއެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރައްވަމުންދާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޝީ ޖިންގ ޕިންގގެ ދައުވަތަކަށް ކުރެއްވި ޒިޔާރަތެކެވެ. ރައީސް މުއިއްޒު އާއިއެކު އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން ދިވެހިރާއްޖޭގެ މިނިސްޓަރުންވެސް ހިމެނޭޙެން ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ވަރަށް ގަދަ
86%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: