ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ އާސިމް ރައީސް ސާލިހަށް ތާއީދު ކުރައްވައިފި

އދ ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ނައިބުރައީސް ޑރ އަހްމަދު އާސިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ނައިބުރައީސް ޑރ އަހްމަދު އާސިމް، ރައީސް އިބްރާހިމް މުހައްމަދު ސާލިހްއަށް ތާއީދު ކުރުމަށް ނިންމަވައި އެކަން ހާމަކޮށްފިއެވެ.

އާސިމް ޓްވީޓްކުރައްވާފައިވަނީ ރައީސް ސާލިހްގެ ޒައާމަތުގައި ރާއްޖެއަށް ގެނެސްދެއްވާފައިވާ ތަރައްގީ އާއި ކުރިއެރުމާއި އިޖްތިމާއީ ހަމަޖެހުން ދެމެހެއްޓުމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އާސިމްއަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސަރުކާރުގެ މަގާމެއްގައި ހުންނެވި ބޭފުޅެކެވެ. އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް ޑރ އަހުމަދު އާސިމް އިންތިހާބު ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

ޑރ އާސިމް އަކި ޖެނީވާގައި ހުންނަ އދ ގެ މަރުކަޒުތަކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބެވެ.

ޑރ އާސިމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ފަރާުތުން މި ސަރުކާރުގެ މަގާމްތަކުގައި ތިބި ގިނަ ބަޔަކު ވަނީ ރައީސް ސާލިހަށް ތާއީދުކޮށް ޖޭޕީ އިން ވަކިވެފައެވެ. އެގޮތުން ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަލީރު އާއި އެމްޓީސީސީ އެމްޑީ އާދަމް އާޒިމް އާއި އެމްޑަބްލިޔުއެސްސީ އެމްޑީ ހަސަން ޝާހް ފަދަ ބޭފުޅުން ވަނީ ރައީސް ސާލިހަށް ތާއީދުކޮށްފައެވެ. އެބޭފުޅުން ޖޭޕީން ވަކިވެފައިވަނީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ކާމިޔާބުކޮށްދިނުމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: