ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ަަވަޒީފާގެ ބިރު ދައްކަންޏާ “ފިކުރެއްގެ ދިރުން” އިން މަގުމައްޗަށްވެސް ނިކުންނާނެ: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާގެ ބިރު ދައްކަންނަމަ “ފިކުރެއްގެ ދިރުން” އިން މަގުމައްޗަށްވެސް ނިކުންނާނެކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިން ލިބިވަޑައިގެން ނާކާމިޔާބީ ގަބޫލުކުރެއްވުމަށް ދެކޮޅު ހައްދަވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސަރުކާރާއި ދެކޮޅަށް “ފިކުރެއްގެ ދިރުން” ނަމުގައި ހަރަކާތެއް ފަށާފައެވެ. މިއީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ހިލާފުކަމެއް ނަމަވެސް އެ ހަރަކާތުގައި ބައިވެރިވާތީކަމަށް ބުނެ އަދި މީހާތަނަށް އެއްވެސް މެންބަރަކަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ. ނަމަވެސް އެހެން ކަންކަމާއި މަތިކޮށް، މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ދެ މެންބަރެއް ވަނީ ސަރުކާރުގައި އަދާކުރައްވަމުން އައި ވަޒީފާއިން ވަކިކޮށްފައެވެ.

މިކަމާއި ގުޅިގެން ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ، ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރާ މީހުން ވަޒީފާއިން ކަނޑަމުންދާކަމަށާއި، ނަމަވެސް މިއީ ތަރިކަ މުދަލެއް ނޫންކަމަށެވެ. ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބޭނުންވުމުން ވަޒީފާތަކުން މީހުން ނުކެނޑޭނެކަމަށާއި، ސަރުކާރުން ދައްކާ ކޮންމެ މަންޒަރެއް ރައްޔިތުން ގަބޫލުނުކުރާނެކަމަށް ފާހަގަކޮށް އިބްރާހީމް ރަޝީދު ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ހޭލުންތެރި ބައެއްކަމަށެވެ.

“ފިކުރެއްގެ ދިރުން” ގައި ހަރަކާތްތެރިވާ މެންބަރުން މަޖިލީހުގެ ކޮމިޓީތަކުން ކަނޑައިގެން އެ މެންބަރުން ބަދަލުކުރެވޭނެކަމަށް ހީކުރުމަކީ ރައީސް ސާލިހު ކުރައްވާ ކުށްހީއެއްކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާގެ މަގާމުގައި ހުރި އިބްރާހީމް މުހައްމަދު ސާލިހަށް އެނގެން ޖެހޭނެ އަޅުގަނޑު. އެމަނިކުފާނު މަޖިލީހުގެ ދައުރެއް އަދާކުރެއްވިއިރު، ކައިރީގައި ހުންނާނެ. ކިހިނެއްކަން ރިޝްވަތާއި ފަސާދައާއި ހިންގި އިރު ކައިރީގައި އެއްޗެއްގައި އެމީހެއްގެ ވާހަކަދެއްކިތޯވެސް.

ރައީސް ސާލިހުގެ އެއްވެސް ހުށައެޅުމަކަށް “ފިކުރެއްގެ ދިރުން” ގެ މެންބަރުން ނުގަނެވޭނެކަމަށާއި، މައިތިރިކުރަން ބޭނުންވާނަމަ ސަރުކާރަށް ޖެހޭނީ އިންސާފާއި ހަމަތަކަށް ލޯބިކުރަންކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކާ އެހެނިހެން ގޮތް ގޮތުންވެސް ދަތިތަކާއި ކުރިމަތިވުމުން މަގުމައްޗަށް ނިކުނާނެކަމަށާއި، ހުދު އޭނާވެސް ނުކުންނާނަންކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) މެން ފަދަ ބޭފުޅުން ފޮނުވައިގެން ބިރު ނުދެއްކޭނެކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ މި ސަރުކާރަށް ބޯލަބާނެ ދިވެހި ރައްޔިތަކު ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: