ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނުމުން ޖަވާބުދާރީއެއް ނުކުރެވޭނެ: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ).
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގައި އޮންނަ ޕާޓީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނުމުން، ސަރުކާރު ޖަވާބުދާރީކުރުވުމުގައި ދަތިތައް ހުންނާނެކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ރޭ ދަ ޑިމޮކްރެޓްސްއިން ބޭއްވި ހަރުގެ ޖަލްސާގައި އިބްރާހީމް ރަޝީދު ވަނީ މަޖިލީސް އިންތިހާބާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން މަޖިލީހުގެ ގޮނޑިތައް ދޭނީ ކޮން ބަޔަކަށްތޯ ރައްޔިތުންގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދިފައިވާކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އެގޮތުން މިހާރު އޮތް އެމްޑީޕީ ސަރުކާރަށް މެޖޯރިޓީ ދީގެން މައްސަލަތައް ހައްލުވާނެތޯ ސުވާލުއުފައްދާއިރު، ދެން އަންނަ މަޖިލީހަކަށް މި ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ބަލަންޖެހޭނެކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އިބްރާހީމް ރަޝީދު ވިދާޅުވީ އެމްޑީޕީ ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން މަސައްކަތްކޮށް، މައްސަލަތައް ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވި ނަމަވެސް، ރައްޔިތުން އެކަން ގަބޫލުނުކުރާކަމަށެވެ. މަޖިލީސް އިންތިހާބުގައި ދަ ޑިމޮކްރެޓްސްއިން ހުރިހާ ގޮނޑިއަކަށް ވާދަކުރަންޖެހޭނެކަމަށާއި، މިކަން މުހިންމުވާ ސަބަބުތަކެއް އެބަހުރިކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ރައްޔިތުން ޕީޕީއެމް/ޕީއެންސީއަށް ވޯޓު ދިނީ ވަކި މީހަކަށް ބަލާފައި ނޫންކަމަށާއި، މިހާރު މިއޮތް ވެރިކަން ބަދަލުކުރުމަށްކަމަށް ފާހަގަކުރައްވާ އިބްރާހީމް ރަޝީދު ވިދާޅުވީ، މާލެ ސިޓީ އޮތް ހާލަތަށް ބަލާފައިވެސް، މާލޭގެ މެޔަރކަމުގައި ހުންނަވާ ވެރިކަމަށް ވާދަކުރެއްވި ޑރ މުހައްމަދު މުއިއްޒަށް ވޯޓުނުދެއްވާނެކަމަށެވެ.

މިހާރުގެ އިންތިހާބީ ރައީުސް ވަރަށް ކުޑަ މުއްދަތެއްގައި އަޅުގަނޑުމެންނަށް ފެނިގެން ދިޔައީވެސް، ރައްޔިތުންނަކަށް މާ ބޮޑަކަށް ނޭނގެ. އެއީ މާލެ ސިޓީގެ މޭޔަރކަން އަޅުގަނޑުމެންނަށް އިނގޭ. އެހެން ނަމަވެސް މާލެ ސިޓީ އޮތް ހާލަތު ތިބޭފުޅުންނަށް ފެންނިލައްވާނެ. ރައްޔިތުން ބޭނުންވަނީ ބަދަލަކަށް އަނެއްކާވެސް.

އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އިބްރާހީމް ރަޝީދު ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދީފައި އޮތުމުން، ބަޖެޓު ފާސްކުރުމުގައި އާއި އެހެން ކަންކަމުގައިވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ދަތިތަކެއް އެބަހުރިކަމަށެވެ.

އެހެންކަމުން އެކަން ތަކުރާރުނުވާނެގޮތަށް ކަންކަން ބައްޓަންކުރުމަކީ މުހިންމުކަމަށާއި، ޑިމޮކްރެޓްސްގައި ތިބީ ހިތްވަރުގަދަ މީހުންކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. މެންބަރޝިޕް އިތުރުކުރުމުގެ މަސައްކަތްތައް ކުރުން ޑިމޮކްރެޓްސްއަށް މުހިންމުކަމަށާއި، އަދި ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުން މުހިންމުކަމަށް ވިދާޅުވިއެވެ. ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އުސޫލުތައް ހަރުދަނާވާނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: