ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ލީޑަޝިޕުން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ތައުބާވުން: ބޮންޑެ

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ލީޑަޝިޕުން އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ތައުބާވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ކުރިއަށްދިޔަ ކުނި މެނޭޖް ކުރުމުގެ ބިލްގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން އިބްރާހިމް ރަޝީދު ވިދާޅިވީ ކުނި މެނޭޖުކުރުމުގެ ގާނޫނަށް ރައީސް ޞާލިހްގެ ސަރުކާރުން ގެނައި އިސްލާހުގެ ސަބަބުން އެތަކެއް ރައްޔިތުންނަކަށް ތަކުލީފު އުފުލަން ޖެހިފައިވާކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޒިންމާ އެމްޑީޕީން ނެގުމުގެ ބަދަލުގައި އެހެން ބައެއްގެ ބޮލުގައި ކަންކަން އެޅުވުމުގެ އުސޫލު އެޕާޓީއިން ގެންގުޅޭތީ ހިތާމަކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

އިބްރާހިމް ރަޝީދު އިތުރަށް ވިދާޅުވީ ގޯހެއް ހެދުނީމާ އޭގެ ޒިންމާ އެހެން ބަޔަކު އުފުލަން ޖެއްސުމަކީ އެމްޑީޕީން މިފަހަކަށް އައިސް ކަންކަން ކުރަމުން އަންނަ ގޮތް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ބަދަލުކުރީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުކަމަށް އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ވިދާޅުވެ ދައްކަވަމުންދާ ވާހަކަތަކަށް ވެސް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ވެރިކަން ގެއްލިގެން ދިޔައީ ހެދުނު ބޮޑެތި ގޯސްތަކެއްގެ ސަބަބުން ކަމަށާއި އެކަން ރައީސް ނަޝީދުގެ އިސްތަށިފުޅުގައި އަޅުވައިގެން ވާހަކަ ދެއްކުމަކީ ތައުބާވާން ޖެހޭ ވަރުގެ ކަމެއް ކަމުގައެވެ. ވެރިކަމަކީ މާތް الله ދެއްވާ އެއްޗެއްކަމަށާއި، އެ ވެރިކަން އަތުލައްވަނީ ވެސް އެކަލާނގެކަން މުސްލިމުން ގަބޫލުކުރާ ކަމަށާއި، އެ ނޫން ގޮތަކަށް އެ ވާހަކަތައް ދެއްކުމަކީ ކުށެއްކަމަށް ބޮންޑާ ވިދާޅުވިއެވެ.

“ރިޔާސީ އިންތިޚާބުން ބަލިވީމާ އެ ބުނީ މާތް ރަސްކަނލާންގެއޭ ވެރިކަން ދެއްވީ، އެހެނަސް ރައީސް ނަޝީދޭ ވެރިކަން ގެންދެވީ، ރައީސް ނަޝީދު ނޫން ގޮތެކޭ. މި ކުފުރުވީ ނޫން ތޯ؟ ފުރަތަމަ ތައުބާވާން ޖެހޭނީ މި މީހުން” އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އިބްރާހިމް ރަޝީދު ވަނީ އެމްޑީޕީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ އެ ޕާޓީގެ ހުރިހާ ލެވެލްއަކަށް ވެސް މި ބަދަލުތައް ގެނެސްގެން ނޫނީ އެމްޑީޕީއަށް ކުރިއެރުމެއް ނެތްކަން އޭނާގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: