ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަކީ އިންޑިއާއި އޮންނަ ގުޅުން ދެމެހެއްޓުން: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރުގެ ގައުމުތަކާއި ގުޅުން ބޭއްވުން މުހިންމުކަމަށާއި އެހެންނަމަވެސް އިންޑިއާ އާއި އޮންނަ ގުޅުން ހާއްސަ ގޮތެއްގައި މުހިންމުކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ވިދާޅުވެއްޖެ އެވެ.

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަދި އެމަނިކުފާނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ދަނީ ރާއްޖޭގެ ކަންކަމުގެ ތެރެއަށް އިންޑިއާގެ ނުފޫޒު ވަދެ، އަޅުވެތިވަމުންދާކަމަށް ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރައީސް ޔާމީންވަނީ އެމަނިކުފާނުގެ ވާހަކަތަކުގެ ތެރެއިން ވެރިކަން ލިބިވަޑައިގެންފި ހާލަތެއްގައި އެ ގައުމާއި ދެމެދު ވެފައިވާ އެއްބަސްވުންތައް ބާތިލުކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ. މިހާރު އެމަނިކުފާނު ހުންނެވީ ޖަލު ހުކުމެއް ތަންފީޒުކުރެއްވުމުގައިނަމަވެސް އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބޮޑެތި ބައިބައިވުންތަކުގެ ސަބަބުން އެ ޕާޓީއަށް ވެރިކަން ގެއްލިދާނެކަމުގެ ވާހަކަތައްވެސް ދަނީ ދެކެވެމުންނެވެ.

ރާއްޖޭގެ ހާރިޖީ މަސައްކަތްތަކުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައި ކުރެއްވި ޓްވީޓެއްގައި ޝަރީފް ވިދާޅުވީ، މުޅި ދުނިޔެވެސް ވަނީ ގުޅި ލާމެހިފައިކަމަށެވެ. އެހެންކަމުން އެހެނިހެން ގައުމުތަކާއި ގުޅުން ނުބާއްވާނަމަ ރާއްޖެ އިންތިހާ ދަރަޖައަށް ނިކަމެއްތިވެ ފަގީރުވެގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އަވައްޓެރި ގައުމުތަކާއި ގުޅުން ބޭއްވުމަކީ މުހިންމު ކަމެއްކަމަށްވާއިރު، އިންޑިއާ އާއި އެކު ބަދަހި ގުޅުމެއް ބޭއްވުމަކީ ހާއްސަ ގޮތެއްގައި މުހިންމު ކަމެއްކަމަށެވެ.

އޭނާ ވިދާޅުވީ، އިންޑިއާ އަކީ ސަރަހައްދީ ގޮތުން އެންމެ ބާރުގަދަ އަދި ނުފޫޒު ގަދަ ގައުމުކަމަށާއި އެންމެ ބޮޑު އިގްތިސާދެއްވެސް އޮތީ އެ ގައުމުގައިކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެ ގައުމާއިއެކު އެކުވެރި ގުޅުމެއް ބޭއްވުންކަމަށެވެ. އަދި އެއީ އެންމެ ރައްކާތެރި ގޮތްކަމަށާއި މަސްލަހަތުވެސް ހިމެނެނީ އެ ގޮތުގެ މަތިން އަމަލު ކުރުމަށްކަމަށާއި އެހެންނަމަވެސް އެއީ ވަކި ގައުމެއްގެ ދަށުންވެދިއުން ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.

އިންޑިއާގެ ސަރުކާރާއި ރައީސް ސާލިހުގެ ސަރުކާރާއި ދެމެދު އޮންނަނީ ނޭދެވޭ ގުޅުމެއްކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރަމުންދާއިރު، ޝަރީފް ވިދާޅުވީ، ސިޔާސީ ގޮތުން އެ ގައުމާއި ރާއްޖެ ދެމެދު އޮތް ގުޅުމަށް ބުރޫ އަރައިގެންދާ ފަދަ ވާހަކަތައް ދެއްކުމަކީ ގައުމަށް ހެޔޮ އެދޭ ބަޔަކު ހިންގާނެ އަމަލެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތްތެރިކަމާއި ރާއްޖޭގެ ހަމަޖެހުމާއި ގުޅިފައިވާކަމަށެވެ. އަދި ސަރަހައްދީ ރައްކައުތެރިކަން ކަށަވަރުކުރުމުގެ އެންމެ އިސް ރޯލެއް އަދާކުރަމުންދަނީ އިންޑިއާ ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، ބައެއް ސިޔާސީ ލީޑަރުން މަސައްކަތްކުރަމުންދަނީ ރާއްޖެއަކީ ނޯތު ކޮރެއާ ފަދަ ގައުމެއްގެ ގޮތުގައި ބައްޓަންކުރުމަށް މަސައްކަތްކުރައްވާ ވަކާލާތު ކުރައްވާކަމަށެވެ. އެހެންނަމަވެސް އެގޮތުގެ މަތިން ބޭރުގެ ގައުމުތަކާއި ގުޅުން ކަނޑާލައި އެކަނިވެރިވެގަތުމަކީ ނުރައްކާތެރިކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: