ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ ތިންމަސްދުވަހުގެ ތެރޭ އާސަންދައަށް 628 މިލިއަން ހަރަދުކޮށްފި

ބޭސްފިހާރަތަކެއްގެ ނަން ބޯޑުތަކެއް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި އާސަންދަ އަށް 628.1 މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.

އާސަންދައަށް މިއަހަރުގެ ބަޖެޓްގައި އެއް ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ނިމުނު އިރު އާސަންދަ ބަޖެޓުން 60 ޕަސެންޓް ވަނީ ހަރަދުކޮށްފައެވެ.

އާސަންދައަށް މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ބޮޑު ހޭދައެއް ކުރެވިފައިވާއިރު، މިދިޔަ އަހަރުގެ އާސަންދަ އަށް ކަނޑައެޅި ބަޖެޓް ހުސްވީ އަހަރުގެ މެދުތެރެއިންނެވެ.

އާސަންދަ އަށް މިދިޔަ އަހަރު 730.9 މިލިއަން ރުފިޔާ ވަނީ ކަނޑަޅާފައެވެ. އާސަންދަ ބަޖެޓް ހުސްވުމާއެކު ސަރުކާރުން ވަނީ ސަޕްލިމެންޓްރީޫ ބަޖެޓެއް ހުށަހަޅައި މިދިޔަ އަހަރުގެ އާސަންދަ ބަޖެޓްގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ކަނޑައަޅާފައެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނު އިރު އާސައިންދައިގެ ހަރަދު 1.8 ބިލިއަން ރުފިޔާ އަށް އަރައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: