ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ފަހަތަށް އަރަން ކިރިއާވެސް ވިސްނާނެ ގޮތެއް ނެތް: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޯސްގެ މައްސަލައިގައި މޮރިޝަޝްއަށް ފޮނުވި ސިޓީ އަނބުރާ ގެނައީމަ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ފަހަތަށް އެރުމާއި ގުޅޭ ގޮތުން ވިސްނާނެކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ މަޖިލީހުގެ ބައެއް މެންބަރުންނަށް، މަސްއޫލިއްޔަތު އޮޅިފައިވާކަމަށާއި، މަޖިލީހަކީ ރައްޔިތުން ތަމްސީލުކުރަންޖެހޭ ތަނެއްކަމަށެވެ. އަދި މަޖިލީހުގައި ތަމްސީލުކުރަން ޖެހޭނީ ސަރުކާރު ނޫންކަމަށާއި، ނިސްބަތްވާ ޕާޓީއެއްގެ ފަރާތުން މެންބަރު ހޮވުނު ނަމަވެސް އެ މެންބަރަކު އަބަދު ސަރުކާރު ދިފާއުކުރަން ނުޖެހޭނެކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ސަރުކާރުންވެސް ގޯސްކަމެއް ކޮށްފިނަމަ އެކަމެއްގެ ވާހަކަދައްކަން ޖެހޭނެކަމަށާއި، މެންބަރުން މަޖިލީހުގައި ދައްކަންޖެހޭނީ އެ މެންބަރެއްގެ ދާއިރާއަށް ބޭނުންވާ ކަންކަމުގެ ވާހަކަކަމަށް ފާހަގަކޮށް އިބްރަހީމް ރަޝީދު ވިދާޅުވީ ގިނަ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ކޮންސެޕްޓްވެސް އޮޅުން ނުފިލާކަމަށެވެ. އަދި މެންބަރުންނަކީ ރައީސް އޮފީހުން، ގުލާނުކުރުމަށް ވައްދާފައި ތިބޭ ބައެއްކަމަށް ހީވާ ފަހަރުދާކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ހަގީގަތުގައި މެންބަރުންނަށް ނޭނގެނީ ތިމަންނަމެންނަކީ ރައްޔިތުން ތަމްސީލުކުރަން ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ވައްދާފަ ތިބި ބައެއްކަން. ހުރިހާ ރައްޔިތުންނަކަށް މަޖިލީހަކަށް ނުވަދެވޭނެ، 5 ލައްކަ ރައްޔިތުންނަކަށް. އެހެންވީމައި ދާއިރާތަކަށް ބަހާލައިގެން ގުރޫޕު ގުރޫޕަށް ބަހާލައިގެން އެންމެ މީހަކު މި ފޮނުވަނީ. ދެން މެންބަރުން ދާއިރާއަށާއި މުޅި ރާއްޖެއަށް ކަން ކޮށްދޭންޖެހޭނީ. އެގޮތަކަށް ނޫން މިކަން މިކުރަނީ.

ސަރުކާރުން އުޅެނީ ރައްޔިތުންނާއި ޖައްސާލައިގެންކަމަށާއި، ސަރުކާރުން އަންނަނީ ރައްޔިތުންގެ މާލިއްޔާތުން ވައްކަންކޮށް ހިޔާނާތްވަމުންކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. ޕްރޮޖެކްޓްތައްވެސް ހަވާލުކުރަނީ ސަރުކާރާއި އަރިސް މެންބަރުންނަށްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ނާކާމިޔާބު ލިބިވަޑައިގަތުމުން ރައީސް ނަޝީދު ފެއްޓޭވި “ފިކުރެއްގެ ދިރުން” ހަރަކާތަށް އިޝާރާތްކުރައްވާ، އެ ހަރާކާތުގައި އުޅުއްވާ އިބްރާހީމް ރަޝީދު ވިދާޅުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްކުރައްވަނީ ވެރިކަން ހޯދުމަށް ނޫންކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ސާލިހަށްވެސް ވެރިކަން ނުލިބޭކަމަށެވެ. ވެރިކަމެއް ލިބުމަކީ ރައްޔިތުންނާއި ގުޅިގެން އެމީހުންނާއި ގުޅިގެން މަސައްކަތްކުރުން، އަދިވެސް ހިތްތަކުގެ ވެރިއަކީ ރައީސް ނަޝީދުކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. އަދި ރައްޔިތުން ރައީސުލްޖުމްހުރިއްޔާކަމަށް ބަލަނީވެސް ރައީސް ނަޝީދުކަމަށާއި، ޖޯޝާއި ފޯރި ރައީސް ނަޝީދު ނިކުތުމުން ފެންނަކަމަށް އޭނާ ފާހަގަކުރިއެވެ. ރިޔާސީ ޓިކެޓުވެސް ރައީސް ސާލިހު ހޯއްދެވީ މަކަރާއި ހީލަތުންކަމަށާއި، އެހެން ކަންތައް ކުރެއްވުމަށްފަހު ރިޔާސީ ކެނޑިޑޭޓަށްވީތީ ފަހަތްޕުޅަށް އެރުމަށް ގޮވާލި ނަމަވެސް ނާރާނެކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ރައީސް ސާލިހުގެ މި ސަރުކާރުން ގައުމަށް ގައްދާރުވެއްޖެކަމަށް ވިދާޅުވެ، އިބްރާހީމް ރަޝީދު އިޝާރާތްކުރެއްވީ ޗާގޯސްގެ މައްސަލައަށެވެ. އަދި ވިދާޅުވީ ރައީސް ސާލިހުގެ ފަހަތްޕުޅަށް އެރުމާއި ގުޅޭ ގޮތުން ކިރިއާވެސް ވިސްނާލާނީ ޗާގޯސްގެ މައްސަލައިގައި މި ސަރުކާރުން މޮރިޝަޝްއަށް ފޮނުވި ސިޓީ އަނބުރާ ގެނައިސްގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: