ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓް ބިލުގައި ކުނި ބިލު ހިމެނުމަށް ބޭނުންވާ މައުލޫމާތު މި މަހުގެ 13 ގެ ކުރިން ދިނުމަށް އެދިއްޖެ

ވެމްކޯގެ މުވައްޒަފަކު ޚިދުމަތުގައި... ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ހަރުދަނާ ކުރުމަށް ވެކްމޯ އިން ނަގަމުންގެންދާ ފީ، ސްޓެލްކޯގެ ކަރަންޓް ބިލްގައި ހިމެނުމަށް ގޭބިސީތަކުގެ ކަރަންޓް މީޓަރުތަކުގެ މައުލޫމާތު މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ފޯރުކޮށްދިނުމަށް ވެމްކޯ އިން އެދިއްޖެއެވެ.

ވެމްކޯގެ ހިދުމަތްތަކުން ނަގާ ފީ ކަރަންޓް ބިލުގައި ހިމެނުމަށް ނިންމާފައިވަނީ ކުނި އުކާލުމުގެ ހިދުމަތް ހޯދާ ބައެއް ފަރާތްތަކުން ގަވާއިދުން ވެމްކޯގެ ބިލްތައް ދައްމަުން ނުދާ މައްސަލަ ހައްލުކުރުމުގެ ގޮތުންނެވެ.

ކުނި ނެގުމުގެ ހިދުމަތަށް ނަގާ ފީ މި އެޕްރިލް މަހުން ފެށިގެން ކަރަންޓް ބިލުގައި ހިމެނުމަށް ވެކްމޯ އިން ވަނީ ނިންމާފައެވެ.

މީޓަރުތަކުގެ މައުލޫމާތު މި މަހުގެ 5 ވަނަ ދުވަހުގެ ކުރިން ފޯރުކޮށް ދިނުމަށް ވެމްކޯ އިން މީގެ ކުރިންވެސް ވަނީ އަންގާފައެވެ.

ވެމްކޯއިން ބުނީ އާއްމު ގޭބިސީތަކުގެ ކަރަންޓް މީޓަރުތަކުގެ ތެރޭގައި ނުހިމެނޭ ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއް ހިމެނޭ ނަމަ އެފަރާތްތަކުން ޔޫޓިލިޓީ މީޓަރު އެކްސްކްލޫޝަން ފޯމް ފުރިހަމަކޮށް އެ ކޯޕަރޭޝަނަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ކޮމާޝަލް ރެސިޑެންޝަލް ކޮމްޕްލެކްސް ނުވަތަ ފްލެޓްތައް ބަލަހައްޓާ ފަރާތްތަކުން ޕްރައިމަރީ މީޓަރ އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިން ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް ވަނީ ވެމްކޯ އިން އެދިފައެވެ.

މީގެ އިތުރުން ވެމްކޯގެ ހިދުމަތް ހޯދާ އެކި މުއައްސަސާތަކާއި ވިޔަފާރިތަކާ ހިއްސާކޮށްފައިވާ އިންފޮރމޭޝަން އަޕްޑޭޓް ފޯމް ފުރިހަމަކުރުމަށް ފަހު މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.

މި މުއްދަތުގައި ފޯމް ހުށަނާޅާ މުއައްސަސާތަކާއި ވިޔަފާރިތަކަށް އަންނަ މަހުން ފެށިގެން ހިދުމަތް ދިނުން މެދުކެނޑިގެންދާނެ ކަމަށާއި އާއްމު ފަރާތްތަކުންވެސް އެންމެ އަވަހަކަށް އެ މައުލޫމާތުތައް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށްވެސް ވެމްކޯއިން  ވަނީ ބުނެފައެވެ.

ކަރަންޓް ބިލުގައި ކުނީގެ އަގު ހިމެނުނު  ނަމަވެސް ހިދުމަތުގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: