ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމްޕެއިނުގައި ދައުލަތުގެ މުދާތައް ބޭނުން ކުރާނަމަ، ރަނގަޅު ގޮތަކީ ހެއްކާއި އެކު އޭސީސީއަށް ހުށަހެޅުން: ފުއާދު

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭންގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބުތަކުގެ ކެމްޕެއިނަށް ދައުލަތުގެ މުދާތައް ބޭނުން ކުރާނަމަ، އެކަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު އިލްތިމާސް ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕެއިނުތައް ފަށައި، ފޯރިއާއި އެކު ކުރިޔަށް ދާއިރު އިދިކޮޅުން ސަރުކާރުގެ މައި ޕާޓީ އެމްޑީޕީއަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމެވެ. އެގޮތުން ދާއިރާގެ ރަށްތަކަށް ދަތުރު ކުރުމުގައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ލޯންޗުތައް ބޭނުން ކުރާކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

ދަތުރުތަކުގައި ދައުލަތުގެ އިސް ވެރިން ބައިވެރިވާއިރު، ދާއިރާގެ ދަށްތަކަށް ވަޑައިގަންނަވަނީ ރަސްމީ މަސައްކަތުގެ ނަމުގައި ނަމަވެސް ކުރަނީ ކެމްޕެއިންކަމަށާއި ރަސްމީ ބައްދަލުވުންތަކުގައި ވެސް ދައްކަވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް އިންތިހާބު ކާމިޔާބުކޮށްދިނުމުގެ ވާހަކަތަށްކަމަށް ބުނެ އިދިކޮޅުން ވަނީ އެ މައްސަލަ ވެސް އޭސީސީއަށް ހުށަހަޅާފަ އެވެ.

އިންތިހާބުގެ ކެމްޕެއިނަށް ދައުލަތުގެ މުދާތައް ބޭނުން ކުރާ މައްސަލައަށް ހުއްޓުމެއް ނާންނަކަމަށާއި މިއީ ވޯޓަށް ފޯރުވާ ނުފޫޒެއްކަމަށް ފާހަގަކޮށް މައްސަލަ ބެލުމަށް ގޮވާލީ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ.

އެ ޓުވީޓާއި ގުޅިގެން ފުއާދު ވިދާޅުވީ ދައުލަތުގެ މުދާތައް ނަހަމަ ގޮތުގައި ބޭނުން ކުރާ މައްސަލައެއް ފާހަގަ ކުރެވިފައިވާނަމަ އެކަން އޭސީސީއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި އިންތިހާބުތަކަށް އެފަދަ މޭރުމަކުން ފޯރުވާ ނުފޫޒުގެ ތަފްސީލާއި އެކު ހެކިތައް ހުށަހެޅުމަށް ވެސް ފުއާދު ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައް ކުރިއިރު، އެންމެ ފަހުން ބޭއްވި ށ. ކޮމަންޑޫ ދާއިރާއަށް ވެސް ނުފޫޒުގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވުނެވެ.

ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕެއިން ކުރުމުގެ އިތުރުން، އިންތިހާބަށް އިއުލާނު ކުރި ފަހުން ކޮމަންޑޫގައި މަޝްރޫއުތައް ހިންގުމަށް އިއުލާނު ކުރުމާއި، ސަރުކާރުގެ ކުންފުނިތަކުން ވަޒީފާތައް ދިން މައްސަލަ ފެންމަތިވި އެވެ. އަދި އެކަން މީޑިއާތަކުން ވެސް ފާހަގަ ކުރި އެވެ.

މީގެއިތުރުން އެމްޑީޕީގެ އެތެރޭގެ ދެ އިންތިހާބުގައި ވެސް ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރިކަމަށް ބުނެ، ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ވެސް މައްސަލަތައް ހުށަހެޅި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: