ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ ވިޔަފާރިތަކަށް ފައިސާ ނުދައްކައިގެން ފެނަކަ އޮފީސް ދޮރުމަތީ މުޒާހަރާކޮށްފި

ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ނުދޭތީ އެކުންފުނިތަކުގެ ފަރާތުން ފެނަކަ ކޯޕަރޭޝަން ހެޑް އޮފީސް ދޮށުގައި މިއަދު މުޒާހަރާކޮށްފިއެވެ.

ފެނަކައިން އެތައް ބަޔަަކަށް ދޭންޖެހޭ ފައިސާ އުޅެނީ ބިލިއަނަކަށް ވުރެ މަތީގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އާއްމު ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީގެން އެކަމުގެ ޝަކުވާ މީގެ ކުރިންވެސް ފެނަކައިގެ މައްޗަށް ކޮށްފައިވެއެވެ.

ފެނަކައިން ކުންފުނި ތަކަށް ލާރި ނުދޭ މައްސަލަ ހޫނުވެ އެވާހަކަ މަޖިލީހުގައި މެމްބަރުން ވެސް ވަނީ ދައްކާފައެވެ. އެގޮތުން ބައެއް މެމްބަރުން ބުނި ގޮތުގައި ފެނަކައިން މަސައްކަތް ކުރުވާފައި ފައިސާ ނުދީ 8 މަސް ނުވަތަ އެއަށް ވުރެ ގިނަ ދުވަސް ވެފައި އެބަހުއްޓެވެ. އެކި ކުންފުނިތައް ލައްވާ އެކި މަސައްކަތް ކުރުވުމަށްފަހު ނުވަތަ އެ ހިދުމަތް ނުދޭ ކަމަށް ބުނެ ފެނަކައިން ފައިސާ ނުދީގެން އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށް އެކި ބަސްތައް ލިޔެފައިވާ ބެނާތަކާ އެކު ފެނަކައިގެ މައި އޮފީސް ހުންނަ ޕޯޓް ކޮމްޕްލެކްސް ދޮރުމަތީގައި މިއަދު ހެނދުނު ބަޔަކު ވަނީ އަޑު އުފުލާ އިހްތިޖާޖްކޮށްފައެވެ. އެތަނުން އެއް ބެނާގައި ފެނަކައިން ބަޔަކަށް މިލިއަނުން ފައިސާ ދޭންޖެހޭ ކަމަށް ލިޔެފައިވެއެވެ. ނަމަވެސް ފެނަކައިން ވަނީ އެމީހުންގެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ފެނަކައިގެ ތެރޭގައި ހުރި މައްސަަލަ ތަކުގެ ވާހަކަ އަކީ ދޭތެރެ ދޭތެރެއިން އަޑު އިވޭ ވާހަކައެކެވެ. ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ ރަށްރަށުން ދޭތެރެ ދޭތެރެއިން ގިނަ އިރުތަކެއް ވަންދެން ކަރަންޓު ކެނޑޭ މައްސަލަ އަކީ އާއްމު ކޮށް ދިމާވާ ކަމެކެވެ. އަދި އިންޖީނުގެތަކަށް ބޭނުންވާ ޑީސަލް ހުސްވެ ޑީސަލް ނުލިބި ގިނަ ދުވަސްތަކެއް ވާ ކަމުގެ އަޑުތައްވެސް ދޭތެރެ ދޭތެރެއިން އިވެއެވެ.

މީގެ އިތުރުން ފެނަކައިގެ ހިންގުން ބޮއްސުންލާފައިވާ ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވެސް ވަނީ ވިދާޅުވެފައެވެ.

ލ ގަމުން ޑީސަލް ހުސްވެގެން ކަރަންޓް ކެނޑިފައިވާ ކަމަށް ނޫހަކުން ގެނެސްދިން އާޓިކަލްއަކާ ގުޅިގެން އަމްރު ވިދާޅުވެފައިވަނީ ފެނަކައިގެ ހިންގުން ދޯދިޔާވެ ބޮއްސުން ލާފައިވާ ކަމަށާއި ފެނަކައިގެ ހުރިހާ އެސެޓެއް ވިއްކި ނަމަވެސް ކުންފުނި ވަނީ ދަރަނި ނުދެއްކޭ ވަރަށް ދަރާފައި ކަމަށެވެ.

އަމްރު ވިދާޅުވެފައިވަނީ އެ މައްސަލައަށް އެއްވެސް ހައްލެއް އެއްވެސް މުއައްސަސާ އަކުން ނުލިބިފައިވާ ކަމަށެވެ. އަދި ފެނަކައިގެ އެމްޑީ ސައީދު ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކެއް ހިންގަމުންދާ ކަމަށް ފެނަކައިގެ ކުރީގެ ޑީއެމްޑީ އިބްރާހިމް ވަހީދު (އިބްރޭ) ވަނީ ވިދާޅުވެފައެވެ.

ސައީދު ފެނަކަ އެމްޑީގެ މަގާމުގައި ހުރެ ހިންގަމުން ގެންދާ ކޮރަޕްޝަންގެ ގިނަ ކަންކަން ވަނީ އޭސީސީއަށް ވެސް ހުށަހަޅާފައެވެ. ނަމަވެސް އެމައްސަލަތަކުގެ ތަހްގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: