ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

18 އަހަރުވަންދެން އެމްޑީޕީން މަސައްކަތް ކުރީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭކަށް ނޫން : އީވާ

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

18 އަހަރު ދުވަސް ވަންދެން އެމްޑީޕީ އިން މަސައްކަތް ކުރީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ދެވަނަ ދައުރެއް ހޯދައިދޭން ނޫން ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި އީވާ ވިދާޅުވީ 18 އަހަރު ވަންދެން އެމްޑީޕީން މަސައްކަތް ކުރި އެންމެ އަސާސީ ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަމަށެވެ.

މިއަދު މަޖިލީހުގައި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދުގެ ސަން ޓްރެވަލްސް ކުންފުނިން ހިލްޓަން އަށް ދޭންޖެހޭ ފައިސާގެ މައްސަލަ މަޑުޖައްސާލި ވާހަކަ ދައުރު ނޫހުގައި ޝާއިޢު ކުރުމާއެކު އެނޫހުގެ ނޫސްވެރިންނަށް އިންޒާރު ދިން މައްސަލައިގައި އީވާ ވިދާޅުވީ ދެކެވެނީ ކޮރަޕްޝަނާއި ނޫސްވެރިކަން ދިވެހި ރާއްޖޭގައި މިހާރު ހުރި ބިރުވެރި ކަމުގެ ވާހަކަ ކަމަށެވެ.

އަޅުގަނޑަށް ހައްތާވެސް ހީވަނީ މި ގައުމަށާއި ރައްޔިތުންނަށް އަދިވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ދެވަނަ ދައުރަކަށް ވުރެ އަޅުގަނޑަށް ހީވަނީ ހަމަ ހައްތާވެސް ބޭނުންވަނީ ހަމަ ނޫސްވެރިކަމުގެ މިނިވަން ކަމޭ.

އީވާ ވިދާޅުވީ އެމްޑީޕީ ވެރިކަމެއް އޮވެ ބައިިނަލްއަގްވާމީ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް ކުރިއެރުން ނުލިބުނު އިރު، ޕްރެސް ފްރީޑަމްގައި ރާއްޖެ ސޮއްސާލާފައިވާ ކަމަށެެވެ. ނޫސްވެރިން ހިމާޔަތް ކުރުމަކީ ހަމައެކަނި ޖަލަށް ނުލުން ކަމަށާއި ނޫސްވެރިންނަށް ލިބޭ އިންޒާރު ނުބެލުނީމާ ކަންތައްވާ ގޮތް މާޒީގައި ފެނިފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ އަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ފެކްޝަންގެ މެމްބަރެކެވެ. ފިކުރެއްގެ ދިރުމުން ގެންދަނީ މިސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އެގޮތުން އެ ފެކްޝަންގެ މެމްބަރުން ފާހަގަ ކުރާ ގޮތުގައި މިސަރުކާރު ވެރިކަމަށް އައުމަށް އެންމެ ގަދައަށް ދެއްވީ ވަގަށް ނަގާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކަށް އިންސާފު ހޯދައިދޭނެ ވާހަކައެވެ. ނަމަވެސް ވެރިކަމަށް 4 އަހަރު ފުރި 5 ވަނަ އަހަރު ނިމެން ދާއިރުވެސް އެފަދަ މަރުތަކަށް އިންސާފު ލިބިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: