ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތަށް ފައިސާ ނުދެއްކުނަސް ފެނަކައަށް ސީއެސްއާރު ދަށުން ކެމްޕެއިނަށް ހަރަދުކުރެވޭ: ވަހީދު

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފިއެވެ.

ފެނަކައިން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 2.8 ބިލިއަން ރުފިޔާ އަށް އަރާފައިވާކަމަށް ބުނެ އޮންލައިން މީޑިއާއެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާކުރައްވާ ވަހީދު ވިދާޅުވީ ފެނަކައިން އިންޖީނުތަކަށް އަޅާ ތެލަށް ފައިސާ ނުދައްކާކަމަށެވެ. އަދި ހަދާ އިންޖީނުގެތަކުގެ މަސައްކަތަށްވެސް ފައިސާ ނުދައްކާކަމަށާއި، ނަމަވެސް ސީއެސްއާރު ދަށުން ކެމްޕޭނަށް އެތައް މިލިއަނެއް ހަރަދުކުރާކަމަށެވެ.

މީގެ އިތުރުން ވަކި ގޮތަކަށް ނޫސްތަކުގެ އާޓިކަލްތައް އަޅުއްވަންވެސް ފެނަކައި މިލިއަނުން ހަރަދުކުރާކަމަށް ވަހީދު ވަނީ ތުހުމަތުކުރައްވާފައެވެ.

ފެނަކައިން އެތައް ބަޔަަކަށް ދޭންޖެހޭ ފައިސާ އުޅެނީ ބިލިއަނަކަށް ވުރެ މަތީގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އާއްމު ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީގެން އެކަމުގެ ޝަކުވާ މީގެ ކުރިންވެސް ފެނަކައިގެ މައްޗަށް ކޮށްފައިވެއެވެ. އަދި މިކަމާއި ގުޅިގެން ދާދި ފަހުން ފެނަކަ އޮފީސް ދޮރުމަތީގައި މުޒާހަރާވެސްކޮށްފައިވެއެވެ. އެއީ އަމިއްލަ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ނުދޭތީއެވެ.

ފެނަކައިން ކުންފުނި ތަކަށް ލާރި ނުދޭ މައްސަލަ ހޫނުވެ އެވާހަކަ މަޖިލީހުގައި މެމްބަރުން ވެސް ވަނީ ދައްކާފައެވެ. އެގޮތުން ބައެއް މެމްބަރުން ބުނި ގޮތުގައި ފެނަކައިން މަސައްކަތް ކުރުވާފައި ފައިސާ ނުދީ 8 މަސް ނުވަތަ އެއަށް ވުރެ ގިނަ ދުވަސް ވެފައި އެބަހުއްޓެވެ. އެކި ކުންފުނިތައް ލައްވާ އެކި މަސައްކަތް ކުރުވުމަށްފަހު ނުވަތަ އެ ހިދުމަތް ނުދޭ ކަމަށް ބުނެ ފެނަކައިން ފައިސާ ނުދީގެން އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށް އެކި ބަސްތައް ލިޔެފައިވާ ބެނާތަކާ އެކު ފެނަކައިގެ މައި އޮފީސް ހުންނަ ޕޯޓް ކޮމްޕްލެކްސް ދޮރުމަތީގައި މިއަދު ހެނދުނު ބަޔަކު ވަނީ އަޑު އުފުލާ އިހްތިޖާޖްކޮށްފައެވެ. އެތަނުން އެއް ބެނާގައި ފެނަކައިން ބަޔަކަށް މިލިއަނުން ފައިސާ ދޭންޖެހޭ ކަމަށް ލިޔެފައިވެއެވެ.

ނަމަވެސް ފެނަކައިން ވަނީ އެމީހުންގެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: