ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ހޯޕް ކޮންފަރެންސް 2023” ގައި ދިވެހި ބަސް ބޭނުންކޮށްފައި ނުވާތީ ވައްޑެގެ ކަންބޮޑުވުން!

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔަ ޕީޕީއެމް/ޕީއެންސީ އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ “ހޯޕް ކޮންފަރެންސް 2023” ގައި ދިވެހި ބަސް ބޭނުންކޮށްފައި ނުވާތީ އުގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އިދިކޮޅުން އިއްޔަ ކުރިއަށް ގެންދިޔަ ކޮންފަރެންސް އިދިކޮޅުގެ އިސް ސަފުގައި ތިއްބެވި ފަރާތްތަކުން ފާހަގަކުރަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އިދިކޮޅުން ކުރިއަށްގެންދާ އެންމެ ބޮޑު އަދި އެންމެ މުހިންމު ހަރަކާތުގެ ގޮތުގައެވެ. އެގޮތުން މި ކޮންފަރެންސްގައި 1000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ.

މި ކޮންފަރެންސް މިހާރު ނިމިފައިވާއިރު، ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހި ބަހަށް އިސްކަން ދިނުމަކީ ގާނޫނީ ގޮތުން ޒިންމާއެއްކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުން އެކަނި ޝާމިލްވާ ހަރަކާތެއްކަމަށް ފާހަގަކޮށް ވަހީދު ސުވާލުއުފައްދާފައިވަނީ ނަމަވެސް މި ކޮންފަރެންސްގައި ދިވެހި ބަސް ބޭނުންކޮށްފައިނުވާތީއެވެ.

ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ހޯޕް ކޮންފަރެންސްގައި ވާހަކަދައްކަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ވަހީދު ހިއްސާކޮށްފައިވާއިރު، އަބްދުލްރަހީމްގެ ފަހަތުގައިވާ ޕޯސްޓަރުގައި ކޮންފަރެންސްގެ ނަން އަދި އެހެން ބައެއް މައުލޫމާތުތައްވެސް ލިޔެފައިވަނީ އިނގިރޭސިންނެވެ. އަދި އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށްފަހު މި ޕޯސްޓަރުގައި ގޮވާލާފައިވާއިރު، އެ ވާހަކަތައްވެސް ލިޔެފައިވަނީ އިނގިރޭސިންކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: