ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއިރަކު ވެރިކަމުގައި ހުންނަ ކޮންމެ މީހަކީވެސް ރޮޒައިނާއަށް ހެޔޮލަފާ މީހެއް: ވަހީދު

އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ).
ޝެއާރކޮށްލާ ކަހަލަދޯ؟

އެއިރެއްގައި ވެރިކަމުގައި ހުންނަ ކޮންމެ ވެރިއަކީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއަށް އެންމެ ހެޔޮލަފާ މީހާ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވަހީދު ވިދާޅުވީ ވެރިކަމުން އެމީހަކު ފޭބުމަށްފަހު ނުވަތަ ވެރިކަން ހަމަ ގެއްލުމުން އެވަރުގެ ނުބައި މީހެއް ނުހުންނަ ކަމަށެވެ.

ވަހީދު ރޮޒެއިނާ އާއި ދިމާލަށް ވެރިމީހާ ވަރުގެ ހެޔޮލަފާ މީހެއް ނެތް ކަމަށް ބުނެފައިވަނީ ސާލިހު ހެޔޮލަފާ ވެރިންނަކީ ގިނަގިނައިން ލިބޭނެ ބައެއް ނޫން ކަމަށް ރޮޒެއިނާ ބުނެފައިވާ ހަބަރެއް ޓްވީޓް ކުރެއްވުމަށް ފަހުގައެވެ.

ރޮޒެއިނާ ވިދާޅުވެފައިވަނީ ހެޔޮލަފާ ވެރިއެއް ލިބުމުން އެކަން ބަލައިގަންނަން ޖެހޭނެއެވެ.

ތ ހިރިލަންދޫގައި އެމްޑީޕީގެ ފަރާތުން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ރޮޒެއިނާ ވިދާޅުވެފައިވަނީ ނަސީބަކީ މާގިނައިން އަތުގައި ހިފާ އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން ނަސީބު އަތުގައި ހިފުމުން ކަންކަން ހާސިލްކުރުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށްވެސް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކުޑަ، ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ރަށްތައް ތަރައްގީކުރުމަކީ ކުޑަ ރަށްރަށަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށާއި ހިރިލަންދޫ އަކީ އެ ސިޔާސަތުގެ ފައިދާ ކުރި އެއް ރަށް ކަަމަށް ރޮޒައިނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ރަށުގެ ރައްޔިތުންގެ މޫނުމަތިން އެކަމުގެ އުފާވެރިކަން ފެންނަމުންދާ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ލީޑަރުންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ލީޑަރަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިހަށް ވުރެ ވިސްނުންތެރިކަމާއެކު މަސައްކަތްކުރައްވާ، ހިކުމަތްތެރި ލީޑަރެއް ދިވެހިންނަށް ނުލިބޭނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ރޮޒައިނާ ވިދާޅުވީ ރައީސް އަކީ ރަނގަޅު ނަމޫނާއެއް ކަމަށާއި އެފަދަ ބޭފުޅެއް މަދުން ނޫނީ ނުފެންނާނެ ކަމަށެވެ. ރޮޒައިނާ ވިދާޅުވީ ރައީސްގެ އަރިހުން އޭނާ ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ވެސް ދަސްވެގެން ގޮސްފައިވާ ކަަމަށެވެ.

ރޮޒެއިނާ އަކީ އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާގެ އިތުރުން ރައީސް ސާލިހް އާއި މިސަރުކާރު ދިފާއުކޮށް ތަފާތު އެކި މުނާސަބަތު ތަކުގައި ޝުއޫރު ފާޅުކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: