ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައިބާ ކްރައިމްއާއި ގުޅުން ހުރި އަމަލުތަކަކީ ކުށެއްކަމަށް ކަނޑައެޅުމުގެ ބިލުގައި ހުރި ކަންކަން ސާފެއް ނުވޭ: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ސައިބާ ކްރައިމްއާއި ގުޅުން ހުރި އަމަލުތަކަކީ ކުށެއްކަމުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބަތަށް އިސްލާހު ގެނައުމުގެ ބިލުގައި ހުރި ކަންކަން ސާފުކޮށް ތިލަވާންޖެހޭއިރު، ބިލުގައި ހުރި ނުކުތާތަކުން ވަރަށް ފުޅާކޮށް މާނަ ނެގޭކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ސައިބާ ކްރައިމްއާއި ގުޅުން ހުރި އަމަލުތަކަކީ ކުށެއްކަމުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބަތަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށައަޅުއްވާފައިވާ ބިލާއި ގުޅިގެން ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ މިއީ ވަރަށް ޓެކްނިކަލް ވާހަކަތަކެއްކަމަށާއި، މި ބިލުގެ ސަބަބުން ހާސިލްވާ ކަންކަމާއި، މި ބިލުން ނުކުންނާނެއް ނަތީޖާ އިތުރަށް ސާފުވާން ޖެހޭކަމަށެވެ. އެހެންކަމުން މި ބިލު ދިރާސާކުރުމުގެ މަރުހަލާގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވިފަދައިން ފުޅާ ދާއިރާއެއްގައި މިކަމުގެ ފަންނީ މައުލޫމާތު ހޯދަންޖެހޭކަމަށާއި، މިއީ ވަރަށް ބޭނުންތެރިކަމެއްކަމަށް ވަހީދު ވިދާޅުވިއެވެ.

މިހާރު ފައިސާ ރައްކާކުރަނީ ގޭ އަލަމާރީގައި ނޫންކަމަށާއި، އަދި ޒާތީ މައުލޫމާތުތައްވެސް ރައްކާކުރަނީ މިފަދައިން ނޫންކަމަށް ފާހަގަކުރައްވާ ވަހީދު ވިދާޅުވީ އެންމެ ޒާތީ މައުލޫމާތުތައްވެސް އެހެން އިދާރަތަކާއި މުއައްސަސާތަކުގައި އަދި އިތުރު އެހެން ތަންތާގައިވެސް ހުންނަކަމަށެވެ. އެގޮތުން ހަސްފަތާލުތަކުގައި އާއި އައިޑީ ކާޑު ޔުނިޓު ފާހަގަކުރެއްވިއެވެ. އަދި ތަހުގީގީ އިދާރާތަކަށް ރައްޔިތުންގެ މިފަދަ މައުލޫމާތުތަކަށް އެކްސެސްވެވޭކަމަށް ވިދާޅުވިއެވެ. ފައިސާވެސް ހުންނަނީ ބޭންކުތަކުގައިކަމަށާއި، ރައްޔިތުންނަށް ނޭނގި ބޭންކުތަކުން ފައިސާ ގެއްލޭކަމަށް ފާހަގަކޮށް ވަހީދު ވިދާޅުވީ ކޯޓު އަމުރުގެ ދަށުން ހިފަހައްޓާފައި ހުންނަ ފޯނުތަކުގައިވާ ޒާތީ މައުލޫމާތުވެސް ލީކުވާކަމަށެވެ.

ވަހީދު ވިދާޅުވީ މިއީ ރައްޔިތުންނާއި ގުޅުން ހުރި ބޮޑެތި މައްސަލަކަމަށްވުމުން، މިހާރު މަޖިލީހަށް ހުށައަޅާފައިވާ އޮތް ބިލުގެ ޒަރިއްޔާއިން މިކަހަލަ މައްސަލަތަކަށް ހައްލުލިބެންޖެހޭކަމަށެވެ.

ބިލު ކިޔާލާއިރު، އަޅުގަނޑަށް ފެންނަނީ ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުން މިހެން ގޮސް ފުރަތަމަ ފަސް ޕޮއިންޓެއްގައި ދާދި އެއް ވާހަކަަތަކެއް. ވަރަށް ފުޅާކޮށް މާނަ ނެގޭހެން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ވަރަށް ސާފުކޮށް އެބަޖެހޭ އަޅުގަނޑުމެން މިއިން ކޮންމެ ޕޮއިންޓަކުން ހާސިލްކުރަން މިއުޅެނީ ކޮންކަމެއްކަން ސާފުވާވަރަށް މިކަން ތިލަކޮށް ސާފުވާން.

މި ބިލުގައި ނުކުތާތައް ބަޔާންކޮށްފައިވަނީ ވަރަށް ފުޅާކޮށް މާނަ ނެގޭހެންކަމަށާއި، ނަމަވެސް މިއީ ވަރަށް ތިލަކޮށް ސާފުވާންޖެހޭ ކަންކަންކަމަށް ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެގޮތުން ބިލުގައި ނަހަމަ ގޮތުގައި ޑިވައިސްތައް ބޭނުންކުރުންވެސް އޮތީ ވަރަށް ފުޅާކޮށް މާނަ ނެގޭހެންކަމަށެވެ. އެހެންކަމުން ބިލު ދިރާސާކުރާއިރު، މިކަންކަމަށަ ހައްލު ހޯދަންޖެހޭކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މީހުންގެ އައިޑެންޓިޓީ ވަގަށް ނަގައިގެން ހިންގާ އަމަލުތަކާއި ގުޅޭ ގޮތުންވެސް ވަހީދު ވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން ދާދިފަހުން ބޭއްވި އެމްޑިޕީގެ ރިޔާސީ ޕްރައިމަރީގައި ކެނޑިޑޭޓެއްގެ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވަނިކޮށް، އެ ހަރަކާތް ކެންސެލްވެއްޖެކަމަށް ބުނެ އޭނާގެ ފޯނަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ނަމުގައި މެސެޖެއް އައިކަމަށް ވިދާޅުވިއެވެ. އަދި އީވާގެ ނަމުގައި ވަރަށް ބޭއަދަބީކޮށް ހުރި މެސެޖުތަކެއްވެސް ދައުރުވިކަމަށް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެވެސް ރަސްމީ ޓުވިޓާ އެކައުންޓު ހެކްކޮށް ވަރަށް ބޭއަދަބީކޮށް ބަސްމަގު ހުރި ޓުވީޓުތަކެއްވެސް ކުރެވިގެންދިޔަކަން ފާހަގަކުރެއްވިއެވެ.

ވަހީދު ވިދާޅުވީ އެހެންވީމައި، މީހުންގެ އައިޑެންޓިޓީ ވަގަށް ނަގައިގެން ހިންގާ ކަންކަމަކީ، މިއީ ކޮން ދަރަޖެއެއްގެ ކުށެއްކަން ވަރަށް ސާފުކޮށް މި ބިލުގެ ދިރާސާ މަރުހަލާގައި ކަނޑައަޅަންޖެހޭނެކަމަށެވެ. އަދި ވިޔަފާރި މައުލޫމާތުފަދަ މައުލޫމާތުތައް ކޮޕީރައިޓުކޮށްގެން ހިންގާ އަމަލުތަކަކީވެސް ކޮން ދަރަޖެއެއްގެ ކުށެއްކަން ސާފުވާންޖެހޭކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: