ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ދަތުރު ހަރަދުތަކާއި ގުޅޭ މައުލޫމާތު ހިއްސާނުކުރާތީ ވަހީދުގެ ފާޑުކިޔުން

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ފަރުވާއަށް ހޭދަވީ ފައިސާ ހާމަކުރިންފަދައިން، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ދަތުރު ހަރަދުތައް ހާމަނުކުރެވެންވީ ކީއްވެގެންތޯ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ސުވާލުއުފައްދައިފިއެވެ.

މިދިޔަ ފެބްރުއަރީ މަހު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، އެމަނިކުފާނުގެ އަނބިކަބަލުން ފަޒުނާ އަހުމަދު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ދިވެހި ދައުލަތުން ކުރަންޖެހުނު ހަރަދުތަކުގެ ތަފްސީލު ހާމަކުރުމަށް ރައީސް އޮފީހުން ވަނީ ދެކޮޅު ހަދާފައެވެ.

މި ވާހަކަ ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާކުރައްވާ ވަހީދު ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮމެއް ގޮއްވާލީމައި ބޭރުގައި ހުންނަވައިގެން ފަރުވާއަށް ހޭދަވި ފައިސާގެ މިންވަރު ފިނޭންސް މިނިސްޓްރީއިން ހާމަކުރެއްވިކަމަށެވެ. ހަމަ އެފަދައިން ރައީސްގެ ދަތުރުތަކުގެ ހަރަދު ހާމަނުކުރެވެންވީ ކިއްވެގެންތޯ އޭނާ ވަނީ ސުވާލުއުފައްދާފައެވެ.

ފާއިތުވީ އަހަރުގެ ތެރޭގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ހުރިހާ އިދާރާ ތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ ރަޝިޔާ ޔޫކްރެއިން ހަނގުރާމަ އާއި ގުޅިގެން ތެލާއި އެހެނިހެން ތަކެތީގެ އަގު އުފުލި ދައުލަތުގެ ހަރަދުތައް އިތުރުވަމުންދާތީ ފިޔަވަޅުތަކެއް އަޅާ، އެ ފިޔަވަޅުތައް ތަންފީޒް ކުރުމަށް އަންގާފައެވެ.

އެގޮތުން ރާއްޖެއިން ބޭރަށް ދައުލަތުން ހަރަދުކޮށްގެން ކުރާ ދަތުރުތަކުގައިވެސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

ރާއްޖޭގެ އިގްތިސާދީ ހާލާތު ދަށްވެ، ބޮޑެތި ހަރަދުތައް މަޑުޖައްސާލުމަށް ސަރުކާރުން ނިންމާފައި ވީ ނަމަވެސް ދައުލަތުގެ އެކި އިދާރާތްތަކަށް ސިޔާސީ ފަރާތްތައް އައްޔަނު ކުރުމާއި ވަޒީރުންނާއި، އެ އިދާރާއެއްގެ އިސް ވެރިން ކުރާ ދަތުރުތަކަށް އެއްވެސް މަޑުޖެހުމެއް ނާދެއެވެ. އަދި ސަރުކާރުން އަންނަނީ މިފަދަ ހަރަދުތައް ހާމަކުރުމަށް ދެކޮޅު ހަދަމުންނެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރަށްވުރެ މިއަހަރުގެ ތެރޭގައި ސަރުކާރުގެ ދަތުރު ހަރަދުތައް ވަނީ އިތުރުވެފައެވެ. އެގޮތުން ވަނަ އަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހުގެ ނިޔަަލަށް ސަރުކާރުން ދަތުރު ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 28.4 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް މި އަހަރުގެ މާޗު 16 އާއި ހިސާބަށް ސަރުކާރުން ދަތުރު ކުރުމަށް ހޭދަކޮށްފައިވާ އަދަދުތައްވަނީ 46.5 އިންސައްތައިން އިތުރުވެފައެވެ. މި އަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަރަދުކޮށްފަވަނީ 41.6 މިލިއަން ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: