ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިން އާއްމު ފަރާތްތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުން އެދި ކުއްލި މައްސަލައެއް ހުށަހަޅައިފި

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަނުން އާއްމު ފަރާތްތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އާދަމް ޝަރީފްގެ ކުއްލި މައްސަލައިގައި ފެނަކައިން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ފަހު މާލެއާއި ރަށްރަށުގެ ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް 2.8 ބިލިއަނަށްވުރެ ގިނަ ފައިސާ ދަރާފައިވާއިރު، އެފައިސާ ނުލިބި ގިނަ ދުވަސް ވުމުގެ ސަަބަބުން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް މާލީ ދަތިތަކާއި ކުރިމަތިވެ މުވައްޒަފުންނަށް ވަނީ މުސާރަ ނުދެވިއެވެ. އަދި ކުލިދެއްކުމަށް ދަތިވެ ބައެއް ވިޔަފާރިތައް ހުއްޓި ބައެއް ކުންފުނިތައް ބަނގުރޫޓްވާ ހިސާބަށް ވަނީ ގޮސްފައި ވާކަން ވަނީ ފާހަގަކޮށްފައެވެ.

ފެނަކައިން ސަޕްލައިޔަރުންނަށް ދޭންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އެކަމުގެ ޝަކުވާތައް ތަކުރާރުކޮށް ކުރުމުންވެސް ފައިސާ ނުލިބުމުން ބައެއް ފަރާތްތަކުން ފެނަކަ  މައި އޮފީސް ކުރިމަތީގައި މުޒާހަރާ ކުރާ ހިސާބަށް ފެނަކައިގެ ހާލަތު ގޯސްވެ ފެނަކައާއި މެދު ކުދި ވިޔަފާރިތަކާ ކުންފުނިތަކާ އާއްމު ރައްޔިތުން އިތުބާރު ގެއްލިފައިވާ ހިނދު، ފެނަކައިން އެތަށް ބަޔަކަށް ދަރާ ކުންފުނި ބަނގުރޫޓްވާ ހިސާބަށް ގޮސްފައިވާއިރުވެސް އެކަމަށް ރިއާޔަތް ކުރުމެއްނެތި ސިޔާސީ ކަންކަމަށާއި އިންތިހާބުތަކަށް ނުފޫޒުފޯރުވުމަށް  ފެނަކައިން އެތައް ހަރަދެއް ދަނީ ކުރަމުންނެވެ.

އެކަމުގެ ސަބަބުން ކުންފުނި ހިންގުމަށާއި ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ކޮރަޕްޝަންގެ އެތައް ކަމެއް ހިނގަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ރިޕޯޓް ކޮށްފައިވާތީ ފެނަކައިން ކުދިވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ލަސްނުކޮށް އެފަރާތްތަކަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ފެނަކައިގެ ދަރަނި ބޮޑުވުމަށް މެދުވެރިވި ސަބަބުތަކާއި އެކަންކަމަަށް ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަތުމަށް ފެނަކައިގެ މެނޭޖްމަންޓާއި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރެވޭނެ ޕްލޭން އެކުލަވާލައި ކުންފުނި ބަނގުރޫޓްވެ ދިޔަ ނުދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް އާދަމް ޝަރީފްގެ ގަރާރުގައި ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: