ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ޕީއެންސީގެ ނައިބްރައީސް އާދަމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. އާދަމް ޝަރީފް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސްކުރުމަށް 15 މެމްބަރަކު ފެންނަ ކަމަށް ވޯޓްދިން އިރު މައްސަލައަށް ބަހުސްކުރުމަށް ނުފެންނަ ކަމަށް 18 މެމްބަރުން ވަނީ ވޯޓް ދީފައެވެ.

ފެނަކައިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އާއްމު ފަރުދުންގެ ވިޔަފާރިތައް ހިމެނޭހެން މުއާމަލާތްތައް ހިންގުމަށްފަހު 2.8 ބިލިއަނަށްވުރެ ގިނަ ފައިސާ ނުދީ ދަރާފައިވާ ކަމަށް އާދަމް ޝަރީފްގެ ގަރާރުގައިވެއެވެ.

އާދަމް ޝަރީފް ވިދާޅުވީ ފެނަކައިން ކުންފުނިތަކަށް ފައިސާ ދައްކާފައިނުވާތީ ބައެއް ކުންފުނި ބަނގުރޫޓްވެ ކުލި ނުދެއްކި މުވައްޒަފުންގެ މުސާރަ ނުދެއްކިފައިވާ ކަމަށެވެ. އަދި އެކަންކަމަށް ބެލުމެއްނެތި އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް ފެނަކައިން އެތައް ހަރަދެއް ކުރަމުންދާ ކަމަށާއި ފެނަކައިގެ ތެރޭގައި އެތައް ކޮރަޕްޝަންގެ އަމަލެއް ހިނގަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅިފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ފެނަކައިން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ލަސްނުކޮށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ފެނަކައިގެ ދަރަނި ބޮޑުވުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް އިންޓަރނަލް އޮޑިޓެއް ހެދުމަށް އާދަމް ޝަރީފްގެ ގަރާރުގައި ވަނީ ސަރުކާރަށް ގޮވާލާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: