ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކޮށްދިނުމަށް އެދި ހުށައެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަދަދު - ޝާބިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކޮށްދިނުމަށް އެދި ހުށައެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

އެމްޑީޕީގެ ރަސްމީ ޓުވީޓާ ހޭންޑްލް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރިޔާސީ ޕްރައިމަރީ ބާތިލުކޮށްދިނުމަށާއި، އަލުން ބާއްވައިދިނުމަށް މި ޕާޓީގެ މައްޗަށް ހުށަހެޅި މައްސަލައިގައި ދަޢުވާކުރުމަށް އެކަށީގެންވާ މަސްލަހަތާއި ހައިސިއްޔަތު، ދަޢުވާ ހުށަހެޅި ފަރާތުގެ ނެތްކަމަށް ކަނޑައަޅުއްވައި، ކުރިއަށް ގެންދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމަވައިފިކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވީ އެމްޑީޕީގެ އިސް ލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވައިގެން ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހެވެ. ޕްރައިމަރީގައި ރައީސް ސޯލިހަށް 61 އިންސައްތަ، 24،572 ވޯޓު ލިބިވަޑައިގެންނެވި އެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓު 39 އިންސައްތައެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރި އިންތިހާބަށް ފަހު ޕާޓީގެ އެތެރޭގެ މައްސަލަތައް ވަނީ ބޮޑުވެފަ އެވެ. އަދި އޭގެ ކުރިން ވެސް ރައީސް ނަޝީދު އިންތިހާބުގެ ސައްހަކަމާއި މެދު ސުވާލު އުފައްދައި ހުށަހެޅުއްވި އެންމެ ބޮޑު ޝަކުވާއަކީ ދަފްތަރުން ގިނަ އަދަދެއްގެ ބަޔަކު ވަކިކޮށްފައިވާ މައްސަލަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އެއީ ނަތީޖާއަށް ނުފޫޒު ފޯރުވައި ބަދަލު ކުރުމަށް ރައީސް ސޯލިހު ކުރިޔާލައި ހިންގެވި އަމަލެއް ކަމަށެވެ.

މިއީ އެމްޑީޕީގެ “އަސްލު” މެމްބަރުން ދަފްތަރުން އުނިކޮށް ކުރިޔަށް ގެންދިޔަ އިންތިހާބެއްކަމަށް ބުނެ ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ވަކި ސިޔާސީ ފިކުރެއްގެ ގޮތުގަ އެވެ. އަދި އެ މައްސަލައިގެ ތެރެއިން ކޯޓުގައި ކުރިޔަށް ދަނީ އަމިއްލަ ފަރުދަކު ހުށަހަޅާފައިވާ މައްސަލަ އެކެވެ. ދައުވާ ހުށަހެޅި ފަރާތުގެ ގާނޫނީ ވަކީލަކީ ކުރީގެ ބަނޑާރަ ނައިބު ދިޔާނާ ސައީދެވެ.

މި މައްސަލައިގައި އެމްޑީޕީން ޖަވާބުދާރީވެ އާއި، އަދި ދައުވާ ހުށަހެޅިކަން މީޑިއާތަކުން ރިޕޯޓު ކުރުމުން ވެސް ބުނެފައި ވަނީ އަމްޖަދަކީ އެމްޑީޕީގެ މެމްބަރެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ނުބެލޭނެކަމަށް ޝަރީއަތުގައި އެ ޕާޓީން ބުންޏެވެ. އެމްޑީޕީގެ ބަސް ސާބިތުކުރުމަށް ހުށަހެޅީ އަމްޖަދު ޕާޓީގެ ދަފްތަރުގައި އޮތީ އިދާރީ ކުށެއްގެ ސަބަބުންކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއެކެވެ.

ދިޔާނާ ވިދާޅުވީ އަމްޖަދަކީ ޕާޓީގެ މެމްބަރެއް ނޫންކަމަށް ބުނެ އީސީން ސިޓީ ފޮނުވާފައި ވަނީ އޭނާ ކޯޓަށް ދައުވާ ހުށަހެޅިތާ ހަފްތާއެއް ފަހުން ކަމަށެވެ. އަދި އަމްޖަދުގެ ނަން އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައި އޮތީ އިދާރީ ކުށަކުންކަން ކޮމިޝަނަށް ވެސް އެނގި އެކަން ފެންމަތިވީ ދައުވާއަށް ފަހު ތޯ ދިޔާނާ ސުވާލު އުފެއްދަވާދައިވެއެވެ.

މައްސަލައިގައި އެމްޑީޕީގެ ވަކީލަކީ އަހުމަދު އަބްދުﷲ އަފީފެވެ. އޭނާއަކީ ރިޔާސީ ޕްރައިމެރީއަށް ނެގި އިންތިހާބު ކޮމިޓީގެ މެމްބަރެއް ވެސް މެ އެވެ. ދިޔާނާއަށް ރައްދު ދެއްވައި އަހުމަދު ވިދާޅުވީ އަމްޖަދަކީ އެއްވެސް އިރެއްގައި އެމްޑީޕީގެ މެމްބަރެއް ނޫންކަމަށް ބުނެފައި ނުވާނެކަމަށާއި ޕާޓީ އުފެދިގެން އައުމަށް ފަހު މެމްބަރެއްގެ ގޮތުގައި ހުރުމަށް ފަހު އޭނާއަކީ 2008 ގައި އަމިއްލައަށް އެދިގެން ޕާޓީން ވަކިވި މީހެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: