ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާޑުކިޔުންތައް އަމާޒުވެ އެކަމުން ސަލާމަތް ނުވެ އުޅެންވެއްޖެނަމަ ރައްޔިތުންނަށް ހިދުމަތް ކުރާނެ ވަގުތެއް ނޯންނާނެ: ރައީސް ސާލިހް

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހް
ޝެއާރކޮށްލާ ކަހަލަދޯ؟

ފާޑުކިޔުންތައް އަމާޒުވި ނަމަވެސް އޭގެތެރެއަށް ގެނބި އޭގެން ނުނިކުމެވި އުޅެން ޖެހިއްޖެނަމަ ރައްޔިތުންނަށް ހިދުމަތް ކުރާނެ ވަގުތެއް ނޯންނާނެ ކަމަށް ރައީސް  އިބްރާޙިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ރައީސް ސާލިހް މާފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކައިގައި އެރަށުގެ ރައްޔިތުން  2018 ގެ  ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކޯލިޝަނަށް ގުރައިދޫ ދާއިރާއިން 50 ޕަސެންޓަށްވުރެ މަތިން ވޯޓް ދިންކަން ފާހަގަކުރެއްވިއެވެ.

އެއީ ތިބޭފުޅުން، ބޭނުންވި އުއްމީދުތަކެއް. ތިބޭފުޅުން މި ދާއިރާއަށް ގެންނަން ބޭނުންވި ބަދަލުތަކެއްގެ އުއްމީދުގައި. މިއަދު މިތާހުރެ އަޅުގަނޑު ވާހަކަ ދައްކާއިރު، އަޅުގަނޑަށް ދަންނަވަން ކެރޭ އެވީ ވައުދުތަކުގެ ތެރެއިން ގިނަކަންތައްތަކެއް ނިމި އަނެއްބައި ކަންތައްތަކުގެ މަސައްކަތް ކުރިއަށްދާ ވާހަކަ. އަދި އޭގެ އިތުރުން އިރާދަކުރެއްވިއްޔާ މި ދައުރު މި 5 އަހަރު، ނިމޭއިރު އަޅުގަނޑުމެން މިދާއިރާގެ މާފުއްޓަށް ގުޅިއަށް އަދި ގުރައިދޫ އަށް ވީ ވައުދުތައް ފުއްދާ އިރާދަކުރެއްވިއްޔާ ނިންމައިދޭނަން.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ މެމްބަރުން ވައުދުތަކެއް ވި ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.  އެގޮތުން ގުރައިދޫ ދާއިރާގައި ކަން ދިމާކުރި ގޮތުން އެފަހަރު އަގުލަބިއްޔަތު ލިބުނީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ނޫން ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ. ނަމަވެސް އެ އިންތިހާބުގައިވެސް އެމްޑީޕީގެ ކެންޑިޑޭޓް ވީ ވައުދުތައް ސަރުކާރުން ދަނީ ފުއްދަމުން ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ. އަދި ކައުންސިލް އިންތިހާބުގައި ކައުންސިލަރުން ވީ ވައުދުތައްވެސް އެއީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތަކުގެ ގޮތުގައި ދެކި އެވައުދުތައް ފުއްދައިދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހް ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓް ދޭއިރު މި ވޭތުވެދިޔަ 4 އަހަރު ތެރޭގައި ކުރެވިފައި ހުރި ކަންތައްތަކާއި ދޭތެރޭ ވިސްނާލަން ޖެހޭ ކަމަށެވެ. އެގޮތުން އޭގެ ކުރިއާއި މިދިޔަ ހަތަރު އަހަރާއި ދޭތެރޭގައި ރައްޔިތުންނަށް، ދާއިރާއަށް ކުރެވިފައި ހުރި ކޮންކަމެއްތޯ ވިސްނާލުން މުހިއްމު ކަމަށް ރައީސް ވިދާޅުވިއެވެ.

މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަލައިލައިފިނަމަވެސް ފެނިގެންދާނީ ތަފާތު ކުރުމެއްނެތި އަސާސީ ހިދުމަތްތަކުން މަހުރޫމްވެފައިވާ ގިނަ ރަށްރަށުގައި ގާއިމްކުރެވިފައިވާ މަންޒަރު ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އެންމެ ބޮޑު މަސައްކަތަކަށް  ގާނޫނުތައް ހެދުން ކަމަށާއި ނަމަވެސް އެއަށްވުރެ ބޮޑު ޒިންމާ އެއް އެ މެމްބަރުގެ ކޮނޑުގައި އެޅިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ މަސްއޫލިއްޔަތަކީ ރައްޔިތުންނާ ވީހާވެސް ކައިރިން މަސައްކަތް ކުރުމާއި ރައްޔިތުންގެ އަޑު އެހުމާއި ރައްޔިތުން އެދޭ އެދުންތައް ފުއްދުމަށްޓަކައި އޭރަކު އޮންނަ ސަރުކާރަކާ އެކުގައި މަސައްކަތް ކުރުން ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.

ރައީސް ސާލިހް ވިދާޅުވީ އެމްޑީޕީގެ ފަރާތުން ގުރައިދޫ ދާއިރާ އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް ޝާޒް އަކީ ސަރުކާރާއެކު ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރާނެ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އެންމެހައި ރައްޔިތުންގެ ވޯޓް މިފަހަރު ޝާޒް އަށްދީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީ އިން ކާމިޔާބު ކުރުމަކީ އެމަނިކުފާނުގެ ވަރަށްބޮޑު އެދުމެއް ކަމަށެވެ.

2018 ވަނަ އަހަރު ރާއްޖޭގެ ރައީސް ކަމަށް ރައީސް ސާލިހް އިންތިހާބު ކުރިކަމަށާއި އެދުވަހުން ފެށިގެންްވެސް އެމަނިކުފާނުގެ ޒިންމާ އަކަށް ހެދީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުން ކަމަށް ވިދާޅުވިއެވެ.

ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ދުރަށްޖެހި ހަމައެކަނި ރައީސް ސާލިހްގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުން. އަޅުގަނޑާއެކުގައި ކެބިނެޓްގައި ތިއްބެވި ކޮންމެ ބޭފުޅެއްވެސް މަސައްކަތް ކުރައްވަމުންގެންދެވީ އެވިސްނުމުގައި އެ އަމާޒަށް. އެހެންކަމުން މިއަދު އޭގެ 4 އަހަރު ފަހުން އަޅުގަނޑަށް އައިސް މިހެން ހުރެ ވާހަކަ ދައްކާއިރުގައި މީނދަ ރަށެއްގެ ފެނާއި ނަރުދަމާ ނިމިފައި މީނދަ ރަށެއްގެ ބަނދަރު ނިމިފައި މީނދަ ރަށެއްގެ ކަރަންޓްގެ ހިދުމަތް ދެވިފައި މިހެންގޮސް މީނދަ ރަށެއްގައި ފުޓްބޯޅަ ދަނޑު އެޅިފައި. ވޮލީކޯޓް އެޅިފައި. ގުނާ އަދަދު ނުކުރެވޭ ވަރަށް މިދެންނެވިހެން ކުރިއާ އަޅާ ބަލާއިރު. މަސައްކަތް ކުރެވިފައި. މިއީ އެ ސިޔާސީ ހަލަބޮލިކަމުން ދުރުވެ ހުރެ އަޅުގަނޑުމެންގެ ވިސްނުން ވީވައުދުތައް ފުއްދުމަށްޓަކައި ފޯކަސްކޮށްގެން މަސައްކަތް ކުރުމުން ކުރެވުނު ކަމެއް.

ރައީސް ސާލިހް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެމަނިކުފާނުގެ އަމާޒަކީ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން ރައްޔިތުންގެ އަޑު އަހައި ރައްޔިތުން ބުނާ ކަންތައްތައް މެނިފެސްޓޯއެއްގައި ހިމަނައި އެކަންތައް ފުއްދުމަށްޓަކައި ރައްޔިތުންނާ އެކީގައި ކުރިއަށް ދިއުމަކީ ކުރިއަށް އޮތް ތަނުގައި ކަން ކުރާނެ ގޮތް ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: