ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރައިދޫ ބައި އިލެކްޝަނުގައި ވޯޓުލުމުގެ ވަގުތު އިތުރުކުރީ، އެމްޑީޕީ އިންތިހާބުން ބަލިވެދާނެތީ: ޝިޔާމް

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓުލުމުގެ ވަގުތު އިތުރުކުރީ، އިންތިހާބު އެމްޑީޕީއަށް ކާމިޔާބުނުވެދާނެތީ ޖަރީމާ ހިންގުމަށްކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ތުހުމަތުކުރައްވައިފިއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:00 އިން ހަވީރު 04:00 އަކަށެވެ. މިހާރު ވަގުތު އިތުރުކޮށްފައިވާއިރު، ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓުލުން 5 އަކާއި ހަމައަށް ކުރިއަށް ގެންދަން ނިންމީ ޕީޕީއެމްއާއި އެއްވެސް މަޝްވަރާއެއް ނުކޮށްކަމަށެވެ.

ޝިޔާމް ތުހުމަތުކުރައްވާފައިވާ ގޮތުގައި މިއީ ސީދާ ވޯޓުން ސަރުކާރު ބަލިވާނެކަން އެނގޭތީ ޖަރީމާ ހިންގަން ކުރިކަމެކެވެ.

ޝިޔާމް ވިދާޅުވެފައިވަނީ ގަނޑި އިތުރުކުރަން ނިންމި ނިންމުން ޕީޕީއެމްއިން ބަލައި ނުގަންނަންކަމަށެވެ.

ކ. ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނުގައި ތިން ބޭފުޅަކު ވާދަކުރައްވައެވެ.

އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވަނީ، ދާއިރާގެ މެމްބަރަކަށް ހުންނެވި ރިޒާގެ ކޮއްކޮ ހުސެއިން ރިޒާ އެވެ. އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވަނީ، ޕާޓީގެ ދާއިރާގެ ރައީސެއްގެ މަގާމު އަދާކުރަމުން އައި އިބްރާހިމް ޝާޒެވެ. އެމްއެންޕީގެ ޓިކެޓުގައި ވާދަ ކުރައްވަނީ، އަލީ އާރިފެވެ.

މިއީ މަޖިލީހުގެ 19 ވަނަ ދައުރަށް ބައި އިލެކްޝަނެއް ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން ބޭއްވީ ކޮމަންޑޫ ދާއިރާގެ މެމްބަރަކަށް ހުންނެވި ހުސެއިން ވަހީދު އަވަހާރަވުމުން އެ ދައިރާގެ ބައި އިލެކްޝަނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: